އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓި ޕައިލެޓު މަރުވެއްޖެ

އިންޑިއާގެ ވައިގެ ސިފައިންގެ މިގު-21 މަރުކާގެ މަތިންދާ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި ޕައިލެޓު އަބީނަވަން ޗައުދަރީ މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެރޭ މެންދަމުން އަލިވެ އެކެއް ޖެހިއިރެވެ. ބޯޓު ވެއްޓުނީ ޕަންޖާބުގެ މޮގާ ސަރަހައްދުގެ ލަންގިއާނާ ކުރުދުގެ ބަގާޕޫރަނާ އަވަށަށެވެ. ވައިގެ ސިފައިންގެ އޮފިސަރަކު މައުލޫމާތުތިން ގޮތުގައި ބޯޓު ވެއްޓުނީ ތަމްރީނު ދަތުރެއްގައި އުދުހެމުންދަނިކޮށެވެ. ވެއްޓުނު ބޯޓު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ބޯޓު ވެއްޓެން ދިމާވި ސަބަބެއް ބަލަން މިހާރު ވަނީ […]

ގައުމުގައި ތިބި ބާރުގަދަ މީހުން ޖެހެނީ ގާނޫނަށް ތަބައަ ކުރުވަން: ޢިމްރާން ޚާން

ގައުމުގައި ތިބި ބާރުގަދަ މީހުން ގާނޫނަށް ތަބައަ ކުރުވަން ޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ. ކަރާޗީ ނިއުކްލިއަރަ ޕަވަރ ޕްލާންޓް ދޭއް، މިއަދު ވާޗުއަލްކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވީ، ގައުމުގެ މަތީ ފަންތިން ކޮރަޕްޝަން ނައްތާލުން ނުހުއްޓުވޭހާ ހިނދަކު ކޮރަޕްޝަންގެ މައްޗަށް ބާރު ނުހިންގޭނޭކަމަށެވެ. ”ބާރުގަދަ މީސް މީހުން ގާނޫނަށް ތަބައަ ކުރުވަން އެބަޖެހޭ.“ ބޮޑު ވަޒީރު ވިދާޅުވިއެވެ. ނިއުކްލިއަރ […]

އެމެރިކާ ކަންބޮޑު ވަނީ ޔަހޫދީންނާ ދިމާއަށް އެއްޗެކޭ ބުނުމުން، ފަލަސްތީނުގެ ރައްޔިތުން މެރިޔަސް މައްސަލައެއް ނެތް

އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން، އެކަމާ ދެކޮޅަށް ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ދެއްކެވި ވާހަކަފުޅާ މެދު ހިތްހަމަނުޖެހިގެން އެމެރިކާއިން ވަރަށް ބޮޑަށް ފާޑުކިޔައި ތެޅެން ފަށައިފިއެވެ. އެމެރިކާއިން ބުނި ގޮތުގައި ތުރުކީގެ ރައީސް ދެއްކެވި ވާހަކަފުޅަކީ ޔަހޫދީންނާ ދެކޮޅު ބަޔާނެކެވެ. އެމެރިކާގެ ސްޓޭޓު ޑިޕާޓުމަންޓުގެ ތަރުޖަމާނު ދެއްވި ބަޔާނެއްގައި ވިދާޅުވީ ތުރުކީގެ ރައީސް ޔަހޫދީންނާ ދެކޮޅަށް ދެއްވި ބަޔާނާ އެމެރިކާއިން ދެކޮޅު ހަދާ ކަމަށެވެ. ތުރުކީގެ ރައީސާއި އެހެނިހެން ވެރިން […]

ހަރުކަށި ފިކުރު އުފެދުނީ އެމްޑީޕީގެ ސަބަބުން ..؟

ކުރީގެ ރައީސް މައުމޫނަށް ”ގޮޅާބޯ“އޭ ގޮވައި މައުމޫނުގެ އަގުވައްޓައި، ހުރުމަތް ކަނޑާލީ ކޮން ބައެއް؟ ދީނީ ޢިލްމުވެރިންނަށް ޖޯކުޖަހައި އެމީހުންގެ އަގުވައްޓަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ކޮން ބައެއް؟ މާލޭގައި ބާއްވަން އުޅުނު ސާކް ސަމިޓާ ދިމާކޮށް ދަރުބާރުގެ ގޮއްވާލަން އުޅުނީ ކޮން ބައެއް؟ ފުލުހުންނާ ދިމާއަށް ޕެޓްރޯލު ބޮން އުކައި އަލިފާން ބޯޅަ އުކައި ހެދީ ކޮން ބަޔަކު ކުރި މުޒާހަރާތަކެއްގައި؟ ފަނޑިޔާރު ޢަބްދުލާ ގާޒީ ވަގަށް ނަގަން އުޅުނީ …؟ ރާއްޖޭގެ ރަށު […]

އިޒުރޭލުން ހަމަލާދީ ޣައްޒާގެ އިސްލާމީ ޔުނިވަސިޓީގެ އިމާރާތެއް ފުނޑުފުނޑުކޮށްލައިފި

އިޒުރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގައި ޣައްޒާގެ އިސްލާމީ ޔުނިވަސިޓީގެ ޚަލީލު ޢިމާރާތަށް ބޮން އަޅައި އެތަން ފުޑުފުޑުކޮށްލައިފިއެވެ. އަރަބި މީޑިއާއިން ޚަބަރުދޭގޮތުގައި ޣައްޒާގެ އެކިތަންތަނަށް މެދުކެނޑުމެއްނެތި އިޒުރޭލުން އެއްގަމާއި ވައިގެ މަގުން ދަނީ ހަމަލާ ދެމުންނެވެ. އަދި މުސްލިމުންނަށް އަނިޔާވެރި އިޒުރޭލުގެ ބޮޑު ވަޒީރު ބިންޔާމީނު ނަތަންޔާހޫ މެދުކެނޑުމެއްނެތި ވިދާޅުވަމުން ގެންދަވަނީ ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާ ދެމުންދާނޭކަމަށެވެ. ހޯމަދުވަހުގެރޭ މެންދަމުން އަލިވީފަހުން އިޒުރޭލުން ޣައްޒާގެ ހުޅަނގު ސަރަހައްދަށް ދިން ހަމަލާތަކުގައި ހަތަރު ބުރީގެ […]

މިސް ޔުނިވާސް 2021: މެކްސިކޯގެ އެންޑްރިއާ މެޒާ

”މިސް ޔުނިވާސް 2021″ގެ ޝަރަފުވެރި ތާޖު މެކްސިކޯގެ ޒުވާން އެންޑްރިއާ މެޒް 26އ ހޯދައިފިއެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން މިދިޔަ އަހަރު ”މިސް ޔުނިވާސް 2020“ ނުބާއްވައެވެ. އެންމެ ފަހުން 2019ގައި ބޭއްވި މިސް ޔުނިވާސްގެ މަގާމު ލިބުނީ ދެކުނު އެފުރިކާގެ ޒޮޒިބިނި ޓުންޒީއަށެވެ. އޭގެ ކުރިން ކަޅު ނަސްލުގެ އަންހެނަކަށް މިސް ޔުނިވާސްގެ މަގާމެއް ނުލިބެއެވެ. އެމެރިކާގެ ފްލޮރިޑާގައި ބޭއްވި މުބާރާތުން ދުނިޔޭގެ ރީތީގެ ރާނީގެ މަގާމު އެންޑްރިއާ މެޒް ހޯދީ 73 ގައުމުގެ ރީތީގެ […]

ފަލަސްތީނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މާލޭ ސިޓީގެ އައު މޭޔަރު ޑރ. މުޢިއްޒު ކުށްވެރިކުރައްވައިފި

ފަލަސްތީނަށް އިޒުރޭލުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް މާލޭ ސިޓީގެ އައު މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މި ދަނޑިވަޅުގައި ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ދިމާވެފައިވާ ހާލު ހަނދާނަށް ގެންނަވައި ވިދާޅުވިއެވެ. ”ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މާލޭ ސިޓީގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ކުށްވެރިކުރަން.“ މުޢިއްޒު އިތުރަށް ވިދާޅުވިއެވެ. ”އަޅުގަނޑުމެން މާލޭ ސިޓީގެ […]

ކޮރޯނާ ވައިރަހަށް ވެސް ދިރި ހުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާކަމަށް ބީޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ

ކޮރޯނާ ވައިރަހަށް ވެސް ދިރި ހުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާކަމަށް އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަންތާ ޕާޓީގެ އިސް ބޭފުޅެއްކަމުގައިވާ ތުރިވެންދުރަ ސިންގް ވިރާތު ވިދާޅުވެއްޖެއެވެ. ވިރާތު ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަހަކީ އެހެނިހެން މަޚުލޫޤުން ފަދައިން ދުނިޔޭގައި އުޅޭ އެއްޗެކެވެ. އެހެންވެ ކޮރޯނާ ވައިރަހަށް ވެސް ދިރިއުޅުމުގެ ހައްގު ލިބިގެންވެއެވެ. އިންޑިއާގެ އުއްތަރު ކަންޑުގެ ކުރީގެ ޗީފް މިނިސްޓަރ ތުރިވެންދުރަ ސިންގް ވިރާތު ވިދާޅުވި ގޮތުގައި އަޅުގަނޑުމެން އިންސާނުން މަޚުލޫޤުންނަށް ވީފަދައިން ކޮރޯނާ ވައިރަހަކީ […]

އިންޑިއާގެ ފިލްމީ ތަރި އަނގަގަދަ މިތުރު ކަންގަނާއަށް މުސްލިމުންގެ ނުރުހުމާއި ފާޑުކިއުން އަމާޒުވެއްޖެ

އިޒުރޭލުން ފަލަސްތީނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ހިމާޔަތުގައި ވާހަކަދެއްކުމުން، ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު އަނގަގަދަ މިތުރު ކަންގާނާއަށް ގިނަބައެއްގެ ފާޑުކިއުމާއި ނުރުހުމާއި ރުޅިވެރިކަން އިންތިހާއަށް އަމާޒުވެއްއެވެ. އަދި އޭނާއަކީ ޓެރަރިސްޓު ހަމަލާތަކަށް ހިތްވަރުދޭ ހަރުކަށި ވިސްނުމުގެ އަންހެނެއްކަން މުޅި ދުނިޔެއަށް އިތުރަށް ހާމަވެގެން ހިނގައްޖެއެވެ. ކަންގަނާ ޓްވިޓާގައި ބޭނުން ކުރަމުން އައި ހަރުކަށި އަދި ނަފުރަތުން ފުރިގެންވާ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ދާއިމީކޮށް އޭނާ ވަނީ މި މަހު ޓުވިޓާއިން ބޭރުކޮށްލާފައެވެ. އެ ހިތާމައާއި […]

އިންޑިއާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކާ ވައްތަރު 50 ގައުމެއްގައި ފެތުރުމުގެ ބިރު

އިންޑިއާގައި ކޮރޯނާ ވައިރަހުގެ ވަރަށް ނުރައްކާތެރި ވައްތަރެއް ފެތުރެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމުގެ ސަބަބުން އިންޑިއާގައި ދުވާލެއްގެ މައްޗަށް ލައްކައިން ލައްކައިން މީހުންނަށް ބަލި ޖެހި ދުވާލެއްގެ މައްޗަށް ދެހާހުން ތިން ހާހުން ހަތަރު ހާހުން މީހުން ދަނީ މަރުވަމުންނެވެ. އާބާދީގެ ގޮތުން މުޅިދުނިޔެއިން ދެވަނަ ގައުމު އިންޑިއާގައި ކޮރޯނާ ވައިރަސް ހައްދެއްނެތި ފެތުރެމުން ދިއުމުގެ ނަތީޖާއަކަށް ވެފައި ވަނީ މަރުވާ ހިންދޫން އަންދާނުލެވި ކޯރުތަކަށް އުކާލަންޖެހުމެވެ. އަންދާލާނެ އިންތިޒާމެއް ނުކުރެވެއެވެ. އަންދާނެ ދަރު ނުލިބުމެވެ. މުސް […]