ގައުމުގައި ތިބި ބާރުގަދަ މީހުން ޖެހެނީ ގާނޫނަށް ތަބައަ ކުރުވަން: ޢިމްރާން ޚާން

Loading

Facebook
Twitter
WhatsApp

ގައުމުގައި ތިބި ބާރުގަދަ މީހުން ގާނޫނަށް ތަބައަ ކުރުވަން ޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ކަރާޗީ ނިއުކްލިއަރަ ޕަވަރ ޕްލާންޓް ދޭއް، މިއަދު ވާޗުއަލްކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވީ، ގައުމުގެ މަތީ ފަންތިން ކޮރަޕްޝަން ނައްތާލުން ނުހުއްޓުވޭހާ ހިނދަކު ކޮރަޕްޝަންގެ މައްޗަށް ބާރު ނުހިންގޭނޭކަމަށެވެ.

”ބާރުގަދަ މީސް މީހުން ގާނޫނަށް ތަބައަ ކުރުވަން އެބަޖެހޭ.“ ބޮޑު ވަޒީރު ވިދާޅުވިއެވެ.

ނިއުކްލިއަރ ޕްލާންޓް ހުޅުއްވައި ދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢިމްރާން ޚާން ވިދާޅުވީ އެތަން ހުޅުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި އެތަނުން 11 ސަތޭކަ މެގަވޯޓުގެ ކަރަންޓު ލިބޭނޭކަމަށް ވިދާޅުވިއެވެ.

ޢިމްރާން ވިދާޅުވިގޮތުގައި ސާފު ހަކަތަ ގައުމަށް އިންތިހާއަށް ބޭނުމެވެ. އަދި އަލަށް މި ހުޅުވުނު ނިއުކްލިއަރ ޕްލާންޓުގެ ސަބަބުން ގައުމުގައި ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އިންތިހާއަށް ފަސޭހަވެގެންދާނެއެވެ.

ޢިމްރާނުގެ ވާހަކަފުޅުގައި ޗައިނާއާ އެކު ހުރިހާ ދާއިރާއަކުން ޕާކިސްތާނާއި ގުޅުން ބަދަހިވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ޕާކިސްތާނަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ޗައިނާ ޕާކިސްތާނާއެކުގައި ވާކަމަށް ވިދާޅުވިއެވެ. “ އެކަމަށްޓަކައި ފަޚުރުވެރިވަން. ޗައިނާގެ ތަރައްގީން ޕާކިސްތާނަށް ގިނަގުނަ ކަންތައްތައް ދަސްވަމުން އެބަދޭ.“ އޭނާ ވިދާޅުވިއެވެ. ”ފަގީރުކަން ނައްތާލުމަށް ޗައިނާ ކުރި ހަނގުރާމަ ކާމިޔަބު ކޮށްފި. ޕާކިސްތާނު ވެސް އެކަން ދަސްކުރަންޖެހޭ.“

ޢިމްރާން ޕާކިސްތާނުގެ ބޮޑު ވަޒީރުކަމަށް ވަޑައިގަތީ އެ ގައުމުގައި ކުރީން ވެރިކަން ކުރެއްވި ބުއްޓޫ އާއިލާއާއި ނަވާޒު ޝަރީފުގެ އާއިލާއާއި އެ އާއިލާތަކާ ގުޅުން ހުރި މީސްމީހުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅުއްވާނެކަމަށާއި ގައުމުން ކޮރަޕްޝަން ނައްތާލައްވާނޭކަމުގެ ވައުދާއެކުގައެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް