އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓި ޕައިލެޓު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ވައިގެ ސިފައިންގެ މިގު-21 މަރުކާގެ މަތިންދާ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި ޕައިލެޓު އަބީނަވަން ޗައުދަރީ މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެރޭ މެންދަމުން އަލިވެ އެކެއް ޖެހިއިރެވެ.

ބޯޓު ވެއްޓުނީ ޕަންޖާބުގެ މޮގާ ސަރަހައްދުގެ ލަންގިއާނާ ކުރުދުގެ ބަގާޕޫރަނާ އަވަށަށެވެ.

ވައިގެ ސިފައިންގެ އޮފިސަރަކު މައުލޫމާތުތިން ގޮތުގައި ބޯޓު ވެއްޓުނީ ތަމްރީނު ދަތުރެއްގައި އުދުހެމުންދަނިކޮށެވެ.

ވެއްޓުނު ބޯޓު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ބޯޓު ވެއްޓެން ދިމާވި ސަބަބެއް ބަލަން މިހާރު ވަނީ ކަމާ ބެހޭ ތަޖުރިބާކާރުންގެ ޓީމަކުން ތަހުގީގެއް ފަށާފައެވެ.

ޚަބަރު ލިބިފައިވަ ގޮތުގައި ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.

އިންޑިއާގެ ވައިގެ ސިފައިން ބޭނުންކުރަމުންދާ މިގު-21 މަރުކާގެ މަތިންދާ ބޯޓުތަކަކީ ފަހަކަށް އައިސް ވަރަށް ގިނަ މައްސަލަތައް ދިމާވެ ނުރައްކާތެރި އެކްސިޑެންޑުތައް ދިމާވަމުންދާ ބޯޓުތަކެކެވެ.

އިންޑިއާގެ ވައިގެ ލަޝްކަރުގައި ހިމެނޭ ގިނަދުވަސްވީ ބޯޓުތައް ބޭނުންނުކޮށް ފަރަންސޭސިވިލާތުގައި އުފައްދާފައިވާ ރަފޭލް މަރުކާގެ ޒަމާނީ ބޯޓުތައް ވައިގެ ލަޝްކަރުގައި ހިމެނުމަށް އިންޑިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް