އިންޑިއާގެ ފިލްމީ ތަރި އަނގަގަދަ މިތުރު ކަންގަނާއަށް މުސްލިމުންގެ ނުރުހުމާއި ފާޑުކިއުން އަމާޒުވެއްޖެ

Loading

Facebook
Twitter
WhatsApp

އިޒުރޭލުން ފަލަސްތީނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ހިމާޔަތުގައި ވާހަކަދެއްކުމުން، ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު އަނގަގަދަ މިތުރު ކަންގާނާއަށް ގިނަބައެއްގެ ފާޑުކިއުމާއި ނުރުހުމާއި ރުޅިވެރިކަން އިންތިހާއަށް އަމާޒުވެއްއެވެ. އަދި އޭނާއަކީ ޓެރަރިސްޓު ހަމަލާތަކަށް ހިތްވަރުދޭ ހަރުކަށި ވިސްނުމުގެ އަންހެނެއްކަން މުޅި ދުނިޔެއަށް އިތުރަށް ހާމަވެގެން ހިނގައްޖެއެވެ.

ކަންގަނާ ޓްވިޓާގައި ބޭނުން ކުރަމުން އައި ހަރުކަށި އަދި ނަފުރަތުން ފުރިގެންވާ ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ދާއިމީކޮށް އޭނާ ވަނީ މި މަހު ޓުވިޓާއިން ބޭރުކޮށްލާފައެވެ. އެ ހިތާމައާއި ހިތްދަތިކަމުގައި ހުރެ އޭނާ އިޒުރޭލުން މުސްލިމުންނަށް ދޭ ހަމަލާތަކަކީ ހަމަ ދޭންޖެހޭ ހަމަލާތަކެއްކަމަށް ބުނެ ވާހަކަދެއްކުމުން ދުނިޔޭގެ އެތައް މިލިއަން މުސްލިމުންނާއި މުސްލިމުންގެ ހައްގުގައި ތިބި އެތައް މިލިއަން ބަޔަކު މިހާރު ވަނީ ކަންގަނާއަށް ނަފުރަތުކުރަން ފަށާފައެވެ.

ކަންގަނާއަކީ އޭނާ ހިތަށް އެރި ކޮންމެ އެއްޗެއް ފިލްމީ ތަރިންނަށާއި ސިޔާސީ މީހުންނަށް ގޮވައި ހަމަނުޖެހުން އުފެދޭ ގޮތަށް ވާހަކަދައްކަމުންދާ، ހައްދު ފަހަނަޅާފައިވާ ހިންދޫންނަށް ތާއިދުކުރާ އަންހެނެކެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކަންގަނާ ބޭނުންވަނީ ހައްދުފަހަނަޅާފައިވާ ހިންދޫންގެ މެދުގައި އެންމެ މަގުބޫލު ތަރިއަކަށް ވުމަށެވެ. އެ މަގުސަދު ހާސިލުކުރަން ޖެހެނީ މުސްލިމުންނާ ދިމާކުރުމެވެ.

ކަންގަނާ ފަހަކަށް އައިސް ކުޅުނު ގިނަ ފިލްމުތައް ނާކާމިޔާބު ވުމުގެ އިތުރަށް އޭނާ ޓުވިޓާއިން ބޭރުކޮށްލުމާއި ދާދިފަހުން އޭނާ ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މިދުވަސްކޮޅު އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

 

Loading

One Response

  1. ކަންގަނާ އަކީބޮލީވުޑަށް ވެސްހުރިބަލާވެރިކަމެށް ކަންނާއަކީ ހަށިވިއްކާ ބުލޫފިޅްމު ކުޅެ.އުޅޭފަށްކާ ރަންޑީއެއް އޭނަކިތަށްމެ ވަރަކަށް މުސްލިމުންނަށް އަމާ ޒުކޮށް ކޮއްމެ އެށްޗެށް ކިޔަސް ހިންދޫންގެ ފަރާތުން މާބޮޑު ތާއިދެށް އޮތްމީހެށް ނޫން ކަންގަނާއަކީ ރަންޑީ ބާޒާގެ ތަޅުދަނޑިއެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް