އެމެރިކާ ކަންބޮޑު ވަނީ ޔަހޫދީންނާ ދިމާއަށް އެއްޗެކޭ ބުނުމުން، ފަލަސްތީނުގެ ރައްޔިތުން މެރިޔަސް މައްސަލައެއް ނެތް

Loading

Facebook
Twitter
WhatsApp

އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން، އެކަމާ ދެކޮޅަށް ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ދެއްކެވި ވާހަކަފުޅާ މެދު ހިތްހަމަނުޖެހިގެން އެމެރިކާއިން ވަރަށް ބޮޑަށް ފާޑުކިޔައި ތެޅެން ފަށައިފިއެވެ.

އެމެރިކާއިން ބުނި ގޮތުގައި ތުރުކީގެ ރައީސް ދެއްކެވި ވާހަކަފުޅަކީ ޔަހޫދީންނާ ދެކޮޅު ބަޔާނެކެވެ.

އެމެރިކާގެ ސްޓޭޓު ޑިޕާޓުމަންޓުގެ ތަރުޖަމާނު ދެއްވި ބަޔާނެއްގައި ވިދާޅުވީ ތުރުކީގެ ރައީސް ޔަހޫދީންނާ ދެކޮޅަށް ދެއްވި ބަޔާނާ އެމެރިކާއިން ދެކޮޅު ހަދާ ކަމަށެވެ.

ތުރުކީގެ ރައީސާއި އެހެނިހެން ވެރިން ޔަހޫދީންނާ ދެކޮޅަށް ދެއްވާ ބަޔާންތައް ހުއްޓާލެއްވުމަށް އޭނާ އެދިވަޑައިގަތެވެ. އަދި އެފަދަ ބަޔާންތަކުގެ ސަބަބުން ހަމަނުޖެހުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ދާދި ފަހުން ދެއްވި ބަޔާނެއްގައި ވިދާޅުވީ އިޒުރޭލުން ފަލަސްތީނަށް ދެމުން ދަނީ ޓެރަރިސްޓު ހަމަލާތަކެއްކަމަށެވެ. އަދި އެކަމަކީ ޔަހޫދީންގެ އުފެދުމާ ގުޅިފައިވާ ކަމެއްކަމަށް ވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.

ރައީސް އުރުދުޣާން އިޒުރޭލާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. ”އެއީ ގާތިލުންތަކެއް. ފަސް އަހަރާއި ހަ އަހަރުގެ ތުއްތު ކުދީން މަރަމުން އެ ގެންދަނީ. އިޒުރޭލަށް ހަމަޖެހުން ލިބެނީ ފަލަސްތީނު މީހުންގެ ލޭ ބުއިމުން.“

އެމެރިކާއިން އިޒުރޭލަށް އެހީތެރިކަން ފޯރުކޮށްދެމުން ދާތީ ރައީސް އުރުދުޣާން ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެމެރިކާއިން އިޒުރޭލުގެ އަނިޔާވެރިކަމަށް ވަމުންދާ އެހީތެރިކަމުގެ ސަބަބުން ތުރުކީއާއި އެމެރިކާގެ ގުޅުމަށް ބުރޫ އަރާފަނެކަމަށް ވެސް ވިދާޅުވިއެވެ.

A picture shows Israeli air strikes in the Gaza Strip, controlled by the Palestinian Islamist movement Hamas, on May 10, 2021. – Israel launched deadly air strikes on Gaza in response to a barrage of rockets fired by the Islamist movement Hamas amid spiralling violence sparked by unrest at Jerusalem’s Al-Aqsa Mosque compound. (Photo by MAHMUD HAMS / AFP)

އިޒުރޭލުން ފަލަސްތީނަށް ދެމެންގެންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް ތާއިދުކުރައްވައި އެންމެ ބޮޑަށް ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ތުރުކީގެ ރައީސް އުރުދުޣާނެވެ. އަދި ޣައްޒާއަށް އިޒުރޭލުން ދެމުން ގެންދާ ރަހުމުކުޑަ ހަމަލާތައް ހުއްޓުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުން ދެންދަވަނީ ވެސް ރައީސް އުރުދުޣާނެވެ.

ތުރުކީގެ ނޫސްތަކުން ޚަބަރުދޭގޮތުގައި އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވައި މައްސަލައަށް އަވަސް ހައްލެއް ގެނައުމާބެހޭ ގޮތުން އުރުދުޣާން ވަނީ ވަރަށް ގިނަ މުސްލިމު ގައުމުތަކުގެ ވެރިންނަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. އަދި މުސްލިމު ގައުމުތައް ގުޅިގެން އެމައްސަލަ ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި އޭނާގެ ވާހަކަތަކާ މުޅި ދުނިޔެ ދެކޮޅުހެދިޔަސް، އިޒުރޭލުގެ އަނިޔާވެރިކަން އޭނާ ގަބޫލެއް ނުކުރައްވާނެއެވެ.

މޭމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިޒުރޭލުން މިސައިލާއި ބޮން އަޅައިގެން ޣައްޒާއަށް ދިން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 230 މީހުން މަރުވެ 1700 މީހުން ޒަޚަމްވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި 39 އަންހެނުންނާއި 65 ކުޑަކުދީނން ވެސް ހިމެނެއެވެ. އޭގެ އިތުރަށް ޣައްޒާގެ މުހިއްމު އެތައް އިމާރާތެއް އިޒުރޭލުގެ ހަމަލާތަކުގައި ފުނޑުފުނޑުކޮށްލުމުގެ ސަބަބުން 12 ހާހަށް ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ. ކަން މިހެން އޮތް އިރުވެސް އެމެރިކާ ކަން ބޮޑުވަނީ އިޒުރޭލުގެ އަނިޔާވެރި ޔަހޫދީންނާ ދެކޮޅަށް ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން އެއްޗެއް ވިދާޅުވުމުންނެވެ. އިޒުރޭލުގެ އަނިޔާވެރިކަން ހުއްޓުވަން އެމެރިކާ ސަރުކާރުން އެންމެ ލަފުޒެއް ވެސް ނުބުނެއެވެ.

އިޒުރޭލުން ފަލަސްތީނުގެ ކުށެއްނެތް ބަލިކަށި ރައްޔިތުންގެ ލޭ ބޮމުންދާއިރު އެމެރިކާ އޮތީ އިޒުރޭލަށް ހަތިޔާރާއި މާލީ އެހީތެރިކަން ދީގެން އިޒުރޭލުގެ ހިމާޔަތުގައެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް