މިސް ޔުނިވާސް 2021: މެކްސިކޯގެ އެންޑްރިއާ މެޒާ

Loading

Facebook
Twitter
WhatsApp

”މިސް ޔުނިވާސް 2021″ގެ ޝަރަފުވެރި ތާޖު މެކްސިކޯގެ ޒުވާން އެންޑްރިއާ މެޒް 26އ ހޯދައިފިއެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން މިދިޔަ އަހަރު ”މިސް ޔުނިވާސް 2020“ ނުބާއްވައެވެ.

އެންމެ ފަހުން 2019ގައި ބޭއްވި މިސް ޔުނިވާސްގެ މަގާމު ލިބުނީ ދެކުނު އެފުރިކާގެ ޒޮޒިބިނި ޓުންޒީއަށެވެ. އޭގެ ކުރިން ކަޅު ނަސްލުގެ އަންހެނަކަށް މިސް ޔުނިވާސްގެ މަގާމެއް ނުލިބެއެވެ.

އެމެރިކާގެ ފްލޮރިޑާގައި ބޭއްވި މުބާރާތުން ދުނިޔޭގެ ރީތީގެ ރާނީގެ މަގާމު އެންޑްރިއާ މެޒް ހޯދީ 73 ގައުމުގެ ރީތީގެ ރާނީންނާ ވާދަކޮށްގެންނެވެ. ދެވަނައާއި ތިންވަނަ ހޯދީ ބްރެޒިލްއާއި ޕެރޫގެ ރީތީގެ ރާނީންނެވެ. މުބާރާތަށް އިންސާފު ކުރީ އަށް އަންހެން މެންބަރުން ހިމެނޭ ފަނޑިޔާރުންގެ ޓީމަކުންނެވެ.

މިސް ޔުނިވާސްގެ 69 ވަނަ މުބާރާތް ބޭއްވީ ސެމިނޯލް ހާޑް ރޮކް ހޮޓެލްގައި މި މަހު 16 ވަނަ ދުވަހުގެ ރެއެވެ.

މިސް ޔުނިވާސްއަކަށް ހޮވުނު މެޒާގެ ނަން އިއުލާން ކުރުމުން ލިބުނު އުފަލުން އޭނާ ފެންކަޅިވިއެވެ. އަދި އުފަލާއި ހައިރާންކަމެއްގައި ހުރެ ވާދަވެރިންކާއި ކަރާއި ކަރުޖައްސައި ސަލާމް ކުރިއެވެ.

މެކްސިކޯގެ ޗިހުއާހުއާ ސިޓީގެ ރައްޔިތެއް ކަމުގައިވާ އެންޑްރިއާ މެޒާއަކީ މޮޑެލްކުރާ އަދި މޭކަޕް އާޓިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ޒުވާނެކެވެ. އޭނާ ވަނީ ސޮފްޓްވެއަރ އިންޖިނިއަރިންއިން ޑިގްރީއެއް ހާސިލުކޮށްފައެވެ.

މެޒާ ހާމަކުރި ގޮތުގައި މިސް ޔުނިވާސްގެ ތާޖު ލިބުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުންކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފަޚުރުވެރިކަމާއެކު ދުނިޔެއަށް ޚިދުމަތް ކުރަން ބޭނުންކަމުގައި އޭނާ ހާމަކޮށްފައިވެއެވެ.

އޭނާއަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އަދި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ޒުވާނެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް