ކެބިނެޓަށް ބަދަލުތަކެއް، ފިޝަރީޒަށް ޑރ. ޙުސޭން އެންވަޔަރަންމަންޓަށް ޝިއުނާ

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ، މިއަދު މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ހުޅުމާލެ. 10095 ޑރ. ޙުސައިން ރަޝީދު ޙަސަން އަދި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް، އައްޑޫސިޓީ ހުޅުދޫ، ޓްރައިސްޓަރ، އާމިނަތު ޝައުނާ ޢައްޔަންކުރައްވައިފިއެވެ.

ޑރ. ޙުސޭންއަށް ފިޝަރީޒް މިނިސްޓަރ ކަން ދެއްވުމާ ހަމައަށް ގެންދެވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓްގެ މަޤާމު ފުރުއްވަމުންނެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، އާމިނަތު ޝައުނާ ޢައްޔަން ކުރެވުމާއި ހަމައަށް އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމެވެ.

އާމިނަތު ޝައުނާއަށް މިނިސްޓަރކަން ދެއްވުމުގެ ކުރިން އަދާކުރައްވަމުން ގެންދެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމަށް، މާޅޮސްމަޑުލު ދެކުނުބުރި ކެންދޫ ނިކަމާގެ، އަޙްމަދު ޙަމްދާން މިއަދު ރައީސް ވަނީ ހަމަޖައްސަވާފައެވެ. އަޙްމަދު ޙަމްދާން ކުރިން އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކެބިނެޓުގެ ދެ މަޤާމަކަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީގެ މަޤާމަށް ބޭފުޅުން ޢައްޔަނު ކުރައްވާފައި ވަނީ މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް