އިޒުރޭލަކީ ގައުމެއް ނޫން، ޓެރަރިޒަމްގެ ޖަގަހައެއް!: އީރާނުގެ ލީޑަރ އާޔަތުއްލާ ޚާމަނާއީ

Loading

Facebook
Twitter
WhatsApp

އިޒުރޭލަކީ ގައުމެއް ނޫންކަމަށާއި ޓެރަރިޒަމްގެ ޖަގަހެއް ކަމުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްލާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އަލް ޤުދުސް ރެލީއާ މުޚާޠަބު ކުރައްވައި އާޔަތުއްލާ ޚާމަނާއީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިޒުރޭލަކީ ފަލަސްތީނާއި އެހެނިހެން މުސްލިމް ގައުމުތަކާ ދެކޮޅަށް ޓެރަރިޒަމް ހިންގާ ޖަގަހެއް ކަމަށެވެ. އޭނާގެ ވާހަކަފުޅުގައި މުސްލިމު ގައުމުތަކުން ފަލަސްތީނު ހިމާޔަތް ކުރުމަށް ވެސް ގޮވާލެއްވިއެވެ.

އާޔަތުއްލާ ޚާމަނާއީގެ ވާހަކަފުޅުގައި އިޒުރޭލު ބަލިކަށިވެ އެ ގައުމުގެ ނިމުން ގާތްވެފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ފަލަސްތީނުގެ މުސްލިމުންނާއި އަރަބީންގެ ބިންތައް ފޭރިގަނެގެން ތިބެ، ފަލަސްތީނާއި އަރަބީންނާ ދެކޮޅަށް އިޒުރޭލުން މެދުކެނޑުމެއް ނެތި ލޭއޮހޮރުވަމުންދާ އިރުވެސް ބައެއް އަރަބި ގައުމުތަކުން ގައުމު ތަރައްގީ ކުރުމުގެ ނަމުގައި ދަނީ އިޒުރޭލާ ގުޅުން ބަދަހިކުރަމުންނެވެ.

މިދިޔަ ހަފުތާގައި ވެސް އިޒުރޭލުގެ ސިފައިން ވަނީ ބޫޓާއެކު މަސްޖިދުލް އަޤްޞާއަށްވަދެ ހަމަނުޖެހުންތައް ހިންގާފައެވެ. އެ ހާދިސާގައި މުސްލިމުގެ 163 މީހުންނަށް އަނިޔާވުމުގެ އިތުރަށް އިޒުރޭލު ފުލުހުންގެ 6 މީހަކަށް ވެސް ގެއްލުން ލިބިފައިވެއެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިޒުރޭލުގެ ފުލުހުންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިޒުރޭލުގެ ފުލުހުން ދަނީ ކަރުނަ ގޭހާއި ރަބަރު ވަޒަންޖަހައި މުސްލިމުންނަށް އަނިޔާ ކުރަމުންނެވެ.

ފަލަސްތީނުގެ ހައްގުގައި އިޒުރޭލާ ދެކޮޅަށް އެންމެ ބޮޑަށް މިހާރު ހަރަކާތްތެރިވަމުންދަނީ އީރާނުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް