ސައުދީ އަރަބިއާގެ 23 މިސްކިތެއް ވަގުތީ ގޮތުން ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

ސައުދީ އަރަބިޔާގެ ހަ ސަރަހައްދެއްގެ 23 މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. އެ މިސްކިތްތައް ބަންދުކުރީ ނަމާދަށް ދިޔަ ބައެއް މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ޔަގީން ވުމާ ގުޅިގެންނެވެ.

ސައުދީ އަރަބިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ބުނިގޮތުގައި ނަމާދު ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން މިސްކިތްތައް ބަންދު ކުރީ އެ މިސްކިތްތަކަށް ނަމާދަށް ދިޔަ ބައެއް މީސްމީހުންގެ ކިބައިގައި ކޮރޯނާ ވައިރަސްގެ އަސަރު ހުރިކަން ޔަގީން ވެފައިވާތީ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓްރީން ބުނިގޮތުގައި ކުރީން ބަންދުކުރި ހާހަކަށްވުރެ ގިނަ މިސްކިތް އަލުން ހުޅުވާފައި ވަނީ ސެނެޓައިޒްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހުގައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ފާއިތުވެދިޔަ 91 ދުވަހުގެތެރޭގައި ކޮރޯނާ ވައިރަހުން ސަލާމަތްވާން ކަމަށް ބުނެ ސައުދީ އަރަބިޔާގެ 1091 މިސްކިތް ބަންދުކޮށްފައިވެއެވެ.

ސައުދީ އަރަބިޔާގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ މިދިޔަ އަހަރާއި މިއަހަރުގެ ހައްޖާއި އުމުރާ އާންމުކޮށް ގައުމުތަކަށް ހުޅުވާލައިގެން ނުބޭއްވުމަށް ސައުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް