މިސްޓަރ އިންޑިއާގެ މަގާމު ހޯދާފައިވާ ބޮޑީ ބިލްޑަރ ޖަގްދީޝް ކޮވިޑް-19ގައި މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

މިސްޓަރ އިންޑިއާގެ މަގާމު ހޯދާފައިވާ ބޮޑީ ބިލްޑަރ ޖަގްދީޝް ކޮވިޑް-19ގައި މަރުވެއްޖެއެވެ. އޭނާ ހުކުރު ދުވަހު މަރުވި އިރު އުމުރަކީ 34 އަހަރެވެ.

ޖަގްދީޝްއަށް ކޮރޯނާ ވައިރަސް ޖެހުމުން އެނދުމަތި ކުރީ ގުޖުރާތުގެ އަވަށެއްކަމުގައިވާ ބަރޯޑާގެ ހޮސްޕިޓަލެއްގައެވެ. އޭނާ މަރުވީ އެތަނުން ފަރުވާދެމުން ދަނިކޮށެވެ. މަރުވި އިރު އޭނާގެ ނޭވާލުމުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރުމާ ގުޅިގެން އޭނާ ނޭވާލަމުން ދިޔައީ ވެޓިލޭޓަރ ގެ އެހީގައެވެ. އޭނާ މަރުވީ ވެންޓިލޭޓަރާ ގުޅައިގެން ފަރުވާދެމުންދާތާ ހަތަރުދުވަސް ފަހުންނެވެ.

ޖަގްދީޝްއަކީ މަހާރާޝްޓްރާގެ ރަށްވެއްސެކެވެ. އޭނާ ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ އެތައް މުބާރާތެއްގައި ބައިވެރިވެ ކާމިޔާބިޔާބީތައް ހޯދައި މަޝްހޫރު އަދި މަގުބޫލު ޝަޚުޞިއްޔަތެއްގެ މަގާމު ހޯދާފައެވެ. އޭނާއަށް ވަނީ ފަޚުރުވެރި ގައުމީ އިނާމެއްކަމުގައިވާ ”ބާރަތު ޝްރީ“ގެ ލަގަބުވެސް ލިބިފައެވެ.

ޖަގްދީޝްއަކީ މުމްބާއީގައި ކަސްރަތުގެ މަރުކަޒުތައް ހިންގާ ޒުވާނުންގެ މެދުގައި މަގުބޫލު ޝަޚުޞިއްޔަތެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް