އިންޑިއާގައި އެއްދުވަހުގެތެރޭގައި އެއްލައްކަ 85 ހާސް މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެ.

Loading

Facebook
Twitter
WhatsApp

ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމުކަމަށްވާ އިންޑިއާގެ 185000އަށް ވުރެ ގިނަ މީހުންނަށް އެއްދުވަހުގެ ތެރޭގައި ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ.

އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮރޯނާ ވައިރަސް ފެތުރެމުންދަނީ މަހާރާޝްޓްރާ ސްޓޭޓުގައެވެ. އަންގާރަ ދުވަހު އެކަނިވެސް އެ ސްޓޭޓުގެ 60،212 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައި ވެއެވެ. އެހެންވެ މިއަދުން ފެށިގެން 15 ދުވަސް ވާނދެން ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ހަރުކަށިފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ކިޔަވައިދޭ ތަންތަނާއި އަޅުކަންކުރާ ތަންތަނާއި އުފާ ފާޅުކުރަންދާ ތަންތަނާއި ވިޔަފާރިކުރަން ހަދާފައި ހުރި ބޮޑެތި މޯލްތައް ބަންދު ކުރެވޭނެއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ ތިހާޅު ޖަލުގައި ތިބި މީހުންގެ ތެރެއިން 52 ގައިދީންނަށް ކޮރޯނާ ވައިރަސް ޖެހުމާ ގުޅިގެން ޖަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކުރެވިފައެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ގިނަ ގައުމުކަމަށްވާ އިންޑިއާގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ނުވެ ފެތުރެމުން ދިއުމުގެ ސަބަބުން މުޅިދުނިޔެއިން ކޮރޯނާ ވައިރަސް ޖެހިފައި ތިބި މީހުން ދެވަނައަށް އެންމެ ގިނަ ގައުމަކަށް މިހާރު ވެފައި ވަނީ އިންޑިއާއެވެ. ބުދަ ދުވަހުގެ ހެނދުނު 10ގެ ޚަބަރުތަކަށް ބަލާއިރު އިންޑިއާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު އުޅެނީ 13,873,825 ގައެވެ. އަދި އެބަލީގައި 172،085 މީހުން މަރުވެފައި ވެއެވެ.

މުޅިދުނިޔެއިން ކޮރޯނާ ވައިރަސް އެންމެ ގިނަބަޔަކަށް ޖެހުނީ އަދި އެ ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އެމެރިކާއިންނެވެ. މިއަދު ހެނދުނުގެ ހިސާބުތަކަށްބަލާއިރު އެމެރިކާގެ 31،345،315 މީހުންނަށް ބަލި ޖެހި، 563،440 މީހުން މަރުވެފައި ވެއެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާގައެވެ. ޗައިނާއިން ވަނީ އެބަލި ކޮންޓްރޯލްކޮށް ގައުމު އާދައިގެ ހާލަތަކަށް ގެނެސްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް