ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުނު އެރިކްސަންއަށް އިހުތިރާމް އަދާކުރަން މިރޭ ވަގުތުކޮޅެއް ހޭދަކުރާނެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭ ޑެންމާކާއި ބެލްޖިއަމް މެޗުގެ ތެރޭގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަންއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ވަގުތު ކޮޅެއް ހޭދަކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެ ވަގުތު ކޮޅު ގެނައުމަށް ހަމަޖައްސާފައި ވަނީ 9.00ގައި ފަށާ މެޗުގެ 10 ވަނަ މިނިޓުގެ ތެރޭގައެވެ. އެ ވަގުތުކޮޅު ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ބެލުން ތެރިންވެސް ބައިވެރިވާނެއެވެ. މެޗު ކުޅޭނީ ކޯޕަންހޭގަންގައެވެ. ފިންލޭންޑާއި ޑެންމާކު މިމަހު 12 ވަނަ ދުވަހުގެރޭ ބައްދަކުރި މެޗުގެ 43 ވަނަ […]

މިރޭގެ ގަދަ މެޗަކަށް ވާނީ 12 ޖަހާއިރު ފަށާ އިޓަލީ- ސްވިޒަލޭންޑް މެޗު

ޔޫރޯ ފުޓް ބޯޅަ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ ތިން މެޗަށް ބަލާއިރު ގަދަ މެޗަކަށް ވާނީ މެންދަމު 12.00ގައި ކުޅޭ އިޓަލީއާއި ސްވިޒަލޭންޑުގެ މެޗެވެ. މެޗު ކުޅޭނީ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. އިޓަލީ ވަނީ މުބާރާތް ހުޅުވަން ކުޅުނު ފުރަތަމަ މެޗުގައި ތުރުކީ ކޮޅަށް ތިން ލަނޑު ޖަހައި މޮޅުވެ، ތިން ޕޮއިންޓު ހޯދާފައެވެ. ސްވިޒަލޭންޑް ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާ ވާދަކޮށް 1-1 އިން އެއްވަރުވެ ލިބިފައިވަނީ އެއް ޕޮއިންޓެވެ. ޔޫރޯގައި މިއަދު ހަވީރު […]

ޔޫރޯގައި މިރޭ ފްރާންސް- ޖާމަން: ފައިނަލެއް ފަދަ ވަރުގަދަ މެޗެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ މެންދަމު 12.00ގައި ކުޅޭ ފުޓްބޯޅަ މެޗަކީ ފުޓްބޯޅަ ދިރާސާ ކުރާ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މުބާރާތުގެ ފައިނަލް މެޗު ފަދަ ވަރުގަދަ މެޗެކެވެ. ޖަރުމަންވިލާތުގެ މިއުނިކުގެ އެލިއަންޒް އެރީނާގައި ކުޅޭ މެޗަށް ދެ ޓީމުން ވެސް ވަނީ ރަނގަޅަށް ތައްޔާރުވެފައެވެ. ދެ ޓީމުގެ 15 ހާހެއްހާ ބެލުންތެރިންނަށް ސްޓޭޑިއަމަށް ކުޅިބަލަން ވަނުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރަށު ޓީމު ރަށަށް ގަދަވާނެއޭ ބުނާ އުސޫލުން މެޗު ޖަރުމަނުގައި ކުޅުމުން އެ […]

މެމްބަރު ރަޝީދު އަންނި އަށް: މީހާ ބޮޑުވެގެން ނުވާނެ ދިވެހި ގައުމަށްވުރެ.

އެމްޑީޕީގެ ރައީސް ނަޝީދު ދެން މިރާއްޖޭގެ އިސްމަގާމަކަށް ގެންނަން ދިވެހިރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ”ރާއްޖޭގެ ރައްޔިތުންނަށް ހެއުއެދިގެން ހެއު މީސްވެގެން ރަނގަޅަކަށް ކަމެއްކުރަންޏާ އަޅުގަނޑުމެން ވެސް ރައީސް ނަޝީދަށް ތާއީދުކުރަން. އެކަމަކު (ނަޝީދުގެ) ވިސްނުންފުޅު ބަދަލު ކުރަން ޖެހޭނެ. ރަނގަޅު ނިޔަތުގައި ކަންކަން ކުރަންޖެހޭނެ.“ އަޙުމަދު ރަޝީދު ވިދާޅުވިއެވެ. ”ފާޅުގައި (ރައީސް ނަޝީދު) ވަރަށް ބޮޑެތި ނުބައިކަންތައްތަކަށް ތާއީދުކުރައްވާފައި ހުންނެވީ. […]

ފްރެންޗު އޯޕަންގެ ޗެމްޕިއަންކަން ނޮވެކް ޖޮކޮވިޗު ހޯދައި ދުނިޔެ ހައިރާންކޮށްލައިފި

ފްރެންޗު އޯޕަންގެ ޗެމްޕިއަންކަން ނޮވެކް ޖޮކޮވިޗު ހޯދައި ދުނިޔެ ހައިރާންކޮށްލައިފިއެވެ. ފަރަންސޭސިވިލާތުގެ ޕެރިހުގައި އާދީއްތަ ދުވަހުގެ މެންދުރުފަހުން ކުޅުނު ފްރެންޗު އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ދެ ސެޓު ސްޓެފާނޮސް ސްޓިސިޕަސް 6-7 އަދި 6-2 އިން ހޯދާފައިވަނިކޮށް ޖޮކޮވިޗު ޗެމްޕިއަންކަން ހޯދީ ފަހު ތިން ސެޓު ކާމިޔަބުކޮށްގެންނެވެ. ފަހު ތިން ސެޓު އޭނާ ކާމިޔާބުކުރީ 6-3، 6-2، އަދި 6-4 އިންނެވެ. މީގެ ކުރިން ވެސް އެއްފަހަރު ފްރެންޗު އޯޕަން ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗު ފްރެންޗު […]

މިއަދުގެ ގަދަ މެޗަކަށް ވާނީ އިންގްލޭންޑް- ކްރޯޝިއާ މެޗު، ފަށާނީ 6.00ގައި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ތިން މެޗު ކުޅެން ހަމަޖެހިފައިވާއިރު އޭގެ ތެރެއިން ފޯރިގަދަ މެޗަކަށް ވާނީ އިންގްލޭންޑާއި ކޮރޯޝިއާ ބައްދަލު ކުރާ މެޗެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 6.00 ގައި އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިނގިރޭސި ޓީކަމީ މުބާރާތުގައި ވާދަކުރާ 24 ޓީމުގެތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއްޓީމެވެ. އޭގެ އިތުރަށް މެޗު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމުން އެޓީމަށް ކުޅެން ފަސޭހަވާނެއެވެ. ޓީމުގައި ގިނައީ ޒުވާން ކުޅުންތެރީންނެވެ. […]

މިއަދާއި މިރޭ ޔޫރޯގެ ތިން މެޗު، ފޯރީ ގަދަވާނީ ދަންވަރު ކުޅޭ ބެލްޖިއަމް- ރަޝިއާ މެޗު

ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ހުކުރު ދުވަހުގެ ރޭ ފެށި ޔޫރޯ ފުޓު ބޯޅަ މުބާރާތަގައި މިއަދާއި މިރޭ ތިން މެޗު ކުޅެން ހަމަޖެހިފައިވެއެވެ. ހަވީރު 6.00 ގައި ފަށާ މެޗުގައި ވާދަ ކުރާނީ ވޭލްސްއާއި ސްވިޒަލޭންޑެވެ. މިރޭގެ ދެވަނަ މެޗު ފަށާނީ 9.30 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ޑެންމާކާއި ފިންލޭންޑެވެ. އަދި މެންދަމު 12.00ގައި ފަށާ ފޯރިގަދަ މެޗުގައި ވާދަކުރާނީ ރަޝިއާއާއި ބެލްޖިއަމްއެވެ. މުބާރާތުގެ ކަންތައް ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ބެލްޖިއަމްއަކީ މުބާރާތުގައި […]

ނަޝީދަށާއި އީވާއަށް އޯކޭ ޒާހިރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

”މި ނުލަފާ އަންހެން މީހާ ކޮންމެ ކަމެއް މިހެން ކުރަމުންދާއިރު މަޑުން ތިބެންވެއްޖެއްޔާ ގައުމު އިސާހިތަކު ފަސާދަވެގެން ނެތި ހަލާކުވެގެން ހިނގައިދާނެ“. ޒާހިރު: އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ޢަމަލުފުޅުތަކާއި އެމަނިކުފަނުގެ ގާތްތިމާގެ ކޮއްކޮ އީވާ ޢަބުދުއްލާގެ ވިޔާނުދާ ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެން އެންމެން ހަލާކުވެގެން ދާކަމުގައި އެމްޑީޕީ އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި އަދި މިހާރުވެސް އެމްޑީޕީގެ ހާރޑްކޯ ސަޕޯޓަރ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ވިދާޅުވެއްޖެއެވެ. ”އެހެންވީމާ އެމީހުންގެ ޢަމަލުތަކުގެ ސަބަބުން މުޅި ގައުމު […]

ޔޫރަޕްގެ ގައުމުތަކުގެ ފުޓުބޯޅަ މުބާރާތް ފަށާމެޗުގައި މިރޭ ކުޅޭނީ ތުރުކީއާއި އިޓަލީ

ވޯލްޑްކަޕް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ މަގުބޫލު ފުޓްބޯޅަ މުބާރާތަކީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބާއްވާ ފުޓުބޯޅަ މުބާރާތެވެ. ޔޫރޯ 2021 މިރޭ ފަށާއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ތުރުކީއާއި އިޓަލީއެވެ. މިރޭ މާލޭގަޑިން 12.00 ގައި ފަށާ މެޗު ކުޅެނީ އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. އިޓަލީއަކީ ޔޫރަޕްގެ އަދި ދުނިޔޭގެ ވެސް ފުޓުބޯޅައިގެ ވަރުގަދަ ބާރަކަށްވާއިރު ތުރުކީ ފާހަގަކުރެވެނީ ޔޫރަޕުގެ އާދައިގެ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް ތުރުކީއަކީ ހައިރާން ކުރުވާ ފަދަ ނަތީޖާ ނެރޭ […]

އިންޑިއާއިން ކޮރޯނާވައިރަސް ޖެހިގެން މީހުން މަރުވުމުގެ ދުނިޔޭގެ ރެކޯޑެއް: އެއްދުވަހުން 6148 މީހުން މަރުވެއްޖެ

އިންޑިއާއިން ކޮރޯނާވައިރަސް ޖެހިގެން ބުދަދުވަހު 6148 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ސިއްހީ ދާއިރާތަކުން ހާމަކޮށްފިއެވެ. މިއީ ކޮރޯނާވައިރަސް ދުނިޔޭގައި ފެތުރެން ފެށިފަހުން ގައުމަކުން އެއްދުވަހުގެ ތެރޭގައި މީހުން މަރުވުމުގެ ދުނިޔޭގެ ރެކޯޑެވެ. މީގެ ކުރިން އެންމެ ގިނަ މީހުން އެއްދުވަހުގެތެރޭގައި މަރުވެފައިވަނީ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުގައެވެ. އެ ދުވަހު އެމެރިކާއިން މަރުވީ 5،444 މީހުންނެވެ. އިންޑިއާގައި ކޮރޯނާވައިރަސް ޖެހިގެން މަރުވާ މީހުންގެ ރެކޯޑު އަދަދަކަށް އިތުރުވެގެން ދިޔަކަން ހާމަވީ ބިހާރު ސްޓޭޓުގައި މަރުވާ މީހުންގެ […]