ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ދިނުމަށް ގޮވާލައި ބަންގްލަދޭޝްގެ ރައްޔިތުން މުޒާހަރާކުރަނީ

ބަންގްލަދޭޝްގެ ސަރުކާރާ އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ތާއިދުކުރާ މީހުން އެ ގައުމުގައި މުޒާހަރާކުރަން ފަށައިފިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަގުތައް މައްޗަށް އެއްވެ، އެ ގައުމުގެ ބޮޑުވަޒީރު ހަސީނާ މަގާމުން އިސްތިއުފާ ދިނުމަށާއި އައު އިންތިހާބެއް ބޭއްވުމަށް ގޮވާލާފައެވެ.  މުޒާހަރާގެ ބައިވެރިން ވަނީ އިއްޔެ އެގައުމުގެ ވެރި ރަށުގެ ގޮލާޕްބާގް ސްޕޯޓްސް ގްރައުންޑަށް އެއްވެ މުޒާހަރާކޮށްފައެވެ. މި މުޒާހަރާ ފެށިފައި ވަނީ ބީއެންޕީގެ ހެޑްކުއާޓާސްއަށް މިދިޔަ އަންގާރަދުވަހު ސިފައިން ވަދެ […]

ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި ފަލަސްތީނުން އިޒްރޭލު ބަލިކޮށްފި

ފީފާ ވޯލްޑްކަޕްގެ ކުއާޓާފައިނަލްގެ ކުޅުން މިއަދު ފެށިގެން ދާނެއެވެ. މުބާރާތުގެ އެންމެ ފޯރިގަދަ މެޗުތައް ކުރިޔަށް އޮތީއެވެ. ނަމަވެސް އެއް ގައުމަކުން މިވަނީ މުޅި ވޯލްޑްކަޕް ފަތަހަކޮށްފައެވެ. ބައެއް މީހުން ސިފަކުރަމުންދާ ގޮތުގައި މިފަހަރުގެ ފީފާ ވޯލްޑްކަޕްގައި ބައިވެރިވެފައިވާ ”33 ވަނަ ގައުމަކީ“ ފަލަސްތީނެވެ.  މިއީ އަރަބި ގައުމެއްގައި ވޯލްޑްކަޕް ބޭއްވުނު ފުރަތަމަ ފަހަރެވެ. ނޮވެމްބަރު 26 ވަނަ ދުވަހު ޓުނީސިޔާ އާއި އޮސްޓރޭލިޔާ އާ ދެމެދު ކުޅެވުނު މެޗުގައި ފަލަސްތީނުގެ ދިދަ ސްޓޭޑިޔަމްއިން ފެނިފައިވެއެވެ. މީގެ […]

މެލޭޝިއަން ރިންގިޓްގެ އަގު ދަށްވެ ސިންގަޕޯރ ޑޮލަރުގެ އަގު މައްޗަށް 

ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި މެލޭޝިއަން ރިންގިޓްގެ އަގު އިމްތިހާއަށް ދަށްވެގެން ދާނެކަމަށް އިލްމުވެރިން ވަނީ ލަފާކޮށްފައެވެ. އިލްމުވެރިން ބުނެފައިވާ ގޮތުގައި 1$ އަކީ 5 މެލޭޝިއަން ރިންގިޓް ހާ ވަރަށް ދަށްވާނެކަމަށް ލަފާ ކުރެވެއެވެ. އެއީ ފަހުގެ ތާރީހެއްގައި އެ ފައިސާގެ އަގު އެންމެ ބޮޑު ދަށަށްގޮސްފައިވާ މިންވަރަށް ވުރެ ވެސް ދަށް މިންވަރެކެވެ.  މެލޭޝިއަން ރިންގިޓްގެ އަގު ދަށްވާނެ އެންމެ ބޮޑު ސަބަބެއްކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އެމެރިކާގެ ފައިސާގެ އަގު […]

މާސާ އަމީނީގެ މަރުގެ މައްސަލައިގައި އީރާނުން އެމެރިކާ ކުށްވެރިކޮށްފި 

އީރާނުގެ ޖޮއިންޓް އިންޓެލިޖެންސް ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި މާސާ އަމީނީގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ދެ ނޫސްވެރިންނަކީ އެމެރިކާއިން ތަމްރީނުކޮށްފައިވާ ދެމީހުންނެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައެވެ.  އެމެރިކާ އާއި އަލްބޭނިޔާއާ ދެމެދު މިކަމާ ގުޅިގެން ޔޫއެންއެސްސީ މީޓިންގްއެއް އަންނަ ބުދަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި އީރާނުގެ ނޯބެލް ޕީސް ޕްރައިޒް ވިނާއެއް ކަމުގައިވާ ޝީރީން ޢާބާދީ އާއި އެ ގައުމުގެ ފިލްމުކުޅުންތެރިއެއް ކަމަށްވާ […]

ވޯލްޑް ކަޕް ބަލަން ގަތަރް އަށް ފައިމަގުގައި ދާން އުޅުނު މީހެއް ހައްޔަރުކޮށްފި 

ވޯލްޑް ކަޕް ފެށެންވާއިރަށް ގަތަރަށް ދިޔުމަށް ފައިމަގުގައި ދަތުރު ކުރަމުން ދިޔަ ސްޕޭންގެ މެޑްރިޑަށް ނިސްބަތްވާ ސާންޓެއޭގޯ ސާންޗެޒް ހައްޔަރުކޯށްފިއެވެ. އޭނާގެ މަންމަ ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އީރާނުންނެވެ.  ނޮވެމްބަރ 20 ވަނަ ދުވަހު ފެށޭ ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށްޓަކައި ސާންޓެއޭގޯ މި ދަތުރު ފަށާފައިވަނީ މީގެ ދެތިން މަސް ކުރިންނެވެ. އޭނާގެ މި ދަތުރާ ބެހޭ ހުރިހާ ކަމެއް އޭނާ ދިޔައީ އިންސްޓާގްރާމްގައި ޕޯސްޓްކުރަމުންނެވެ. ވަކި ހިސާބަކުން އޭނާ ގެއްލުނުކަން މީހުންނަށް […]

އިންޑިޔާގެ ބައެއް ސަރަހައްދުތަކަށް ފަތުރުވެރިން ދަތުރުނުކުރމަށް އެމެރިކާއިން އިންޒާރުދީފި 

މި މަހު ފަސްވަނަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރެފައިވާ ޓްރެވެލް އެޑްވައުޒަރީގައި ވަނީ ފަތުރުވެރިން އިންޑިޔާގެ ބައެއް ހިސާބުތަކަށް ދަތުރުނުކުރުމަށް އިންޒާރުދީފައެވެ. އެއީ އެ ސަރަހައްދުތަކުގައި ޓެރަރިޒަމް އާއި މި ނޫންވެސް އެހެނިހެން ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް އެމެރިކާއިން ހާމަކުރެއެވެ. ދަތުރުކުރުން އެންމެ ނުރައްކާރެތި ކަމަށް މި ޓްރެވެލް އެޑްވައިޒެރީގައި އިންޑިޔާގެ 17 އަވަށެއް ފާހަގަކޮށްފައިވެއެވެ. އެ ގައުމަށް ދަތުރު ނުކުރުމަށް އަންގަން މެދުވެރިވި ސަބަބު […]

ރަޝިޔާގެ މިސައިލްތަކުން ސަލާމަތްވުމަށް ޔޫކްރޭނުން އިންޑިޔާގެ އުފެއްދުމަކަށް ކަޅިއަޅަނީ 

ރަޝިޔާއިން މިހާތަނަށް 100 އަށްވުރެ ގިނަ ކްރޫޒް މިސައިލް ހަމަލާތައް ޔޫކްރޭނަށް ދީފައިވެއެވެ. އަދި މި ހަމަލާތަކުގައި އެ ގައުމުގެ ބޮޑެތި އެތައް ކާރުހާނާތަކާއި ހަކަތަ އުފައްދާ ޕަވާޕްލާންޓުތައް ވަނީ ހަލާކުކޮށްލާފައެވެ. މިސައިލްގެ ”ވާރޭ ވެހުން“ އަވަހަށް ނިމޭކަށްނެތެވެ. އެހެންކަމުން އެ ގައުމުން ދަނީ ދިފާއީ ވަސީލަތްތައް ވަރުގަދަ ކުރުމުގެ ގޮތުން އިންޑިޔާގެ އުފެއްދުމެއް ކަމަށްވާ ސާފޭސް ޓު އެއާ މިސައިލް ބޭނުންކުރުމާމެދު މަޝްވަރާކުރަންފަށާފައެވެ. ފާއިތުވި ދުވަސްތަލުގެ ތެރޭގައި ޔޫކްރޭނުން ރަޝިޔާގެ ބައެއް މިސައިލް ހަމަލާތަކާއި ޖެޓުތައް ކާމިޔާބުކަމާއެކު […]

ކޯފް ސިރަޕް ބޭނުން ކުރުމުން ކުޑަކުދިންތަކެއް މަރުވުމާ ގުޅިގެން އިންޑީޔާއިން އެ ސިރަޕް އުފެއްދުން ހުއްޓާލައިފި 

ދާދި ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ މެއިޑެން ފާމަސިއުޓިކަލްސްއިން އުފައްދާފައިވާ ކޯފް ސިރަޕެއް ބޭނުން ކުރުން ވަނީ އެތައް ކުޑަކުދިންނެއްގެ މަރާއި ގުޅިފައެވެ. އެފްރިކާއަށް ނިސްބަތްވާ 69 ކުދިންގެ މަރު މި ސިރަޕް ބޭނުންކުރުމާއި ގުޅިފައިވާކަމަށް ޑަބްލިއުއެޗްއޯއިން ނެރުނު ރިޕޯޓެއްގައި ހާމަކުރުމާ ގުޅިގެން އިންޑިޔާއިން ވަނީ މެއިޑެން ފާމަސިއުޓިކަލްގެ މި ބޭސް އުފެއްދުން މެދުކަނޑާލާފައެވެ.  އިންޑިޔާގެ ހަޔްރާނާ ސްޓޭޓްގެ ހެލްޓް މިނިސްޓަރ، އަނީލް ވިޖް އެ ގައުމުގެ […]

އޮސްޓެރޭލިޔާއިން ޔޫކްރޭން ސިފައިންނަށް ތަމްރީން ދިނުމަށް ތައްޔާރުވަނީ 

 އޮސްޓްރޭލިޔާއިން ޔޫކްރޭނަށް އެހީވުމުގެ ގޮތުން އެ ގައުމުގެ ސިފައިންނަށް އަސްކަރީ ތަމްރީން ދިނުމާމެދު މަޝްވަރާތައް ކުރަމުންދާކަމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު، އެންޓޮނީ އަލްބަނީޒް ވިދާޅުވެއްޖެއެވެ.  މިކަމާ ގުޅިގެން އިއްޔެ އެންޓޮނީ ވަނީ ޔޫކެރޭންގެ ރައީސް، ވްލަޑްމީރް ޒެލެންސްކީއާއި ވާހަކަފުޅުދައްކަވާ މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް އަސްކަރީ ތަމްރީނު ދިނުމަށް ނިންމަވާފައިވަނީ ކޮން ގޮތަކަށްކަމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އެ ގައުމުގެ ބައެއް މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އޮސްޓރޭލިޔާ ސިފައިން ޔުކްރޭނަށް ގޮސް މި ތަމްރީނުތައް ހިންގާ ގޮތަށް ވާހަކަތައް ދެކެވިފައިވެއެވެ. […]

 ޕާޓީތަކަށް މެމްބަރުން ވެއްދުމަށް ބޭނުންކުރާ ފޯމަށް ބަދަލުތަކެއް ގެންނަނީ

ސިޔާސީ ޕާޓިތަކަށް މީހުން ވެއްދުމަށް ބޭނުންކުރާ ފޯމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މިކަން މިހެން ކުރުމަށް ނިންމާފައިވަނީ ޕާޓީތަކަށް މީހުން ވަގަށް ވެއްދުން ހުއްޓުވުމަށް ކަމަށްވެސް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.  މިގޮތުން މި ފޯމަށް ގެނައުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ބަދަލަކީ ފޯމު ފުރާއިރު ފޯމު ފުރާމީހާގެ މަންމަގެ މައުލޫމާތު ފޯމުގައި ޖަހަން ޖެހުން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވިއެވެ. މި މައުލޫމާތު ފޯމުގައި […]