ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި ފަލަސްތީނުން އިޒްރޭލު ބަލިކޮށްފި

Facebook
Twitter
WhatsApp
B677F110-35EC-4042-BD6E-B59FFAD6DBD5

ފީފާ ވޯލްޑްކަޕްގެ ކުއާޓާފައިނަލްގެ ކުޅުން މިއަދު ފެށިގެން ދާނެއެވެ. މުބާރާތުގެ އެންމެ ފޯރިގަދަ މެޗުތައް ކުރިޔަށް އޮތީއެވެ. ނަމަވެސް އެއް ގައުމަކުން މިވަނީ މުޅި ވޯލްޑްކަޕް ފަތަހަކޮށްފައެވެ. ބައެއް މީހުން ސިފަކުރަމުންދާ ގޮތުގައި މިފަހަރުގެ ފީފާ ވޯލްޑްކަޕްގައި ބައިވެރިވެފައިވާ “33 ވަނަ ގައުމަކީ” ފަލަސްތީނެވެ. 

މިއީ އަރަބި ގައުމެއްގައި ވޯލްޑްކަޕް ބޭއްވުނު ފުރަތަމަ ފަހަރެވެ. ނޮވެމްބަރު 26 ވަނަ ދުވަހު ޓުނީސިޔާ އާއި އޮސްޓރޭލިޔާ އާ ދެމެދު ކުޅެވުނު މެޗުގައި ފަލަސްތީނުގެ ދިދަ ސްޓޭޑިޔަމްއިން ފެނިފައިވެއެވެ. މީގެ އިތުރުން މޮރޮކޯ އާއި ބެލިޖިއަމްގެ މެޗުގައިވެސް ފަލަސްތީނު ދިދަ ވަނީ ވިހުރުވާލާފައެވެ. 

މޮރޮކޯގެ ކުޅުންތެރިން ވަނީ ސްޕޭންއާ ދެކެޅަށް ކުޅުނު މެޗު ކާމިޔާބު ކުރުމަށްފަހު ކުއާޓާ ފައިނަލަށް ދިޔުން ފާހަގަކުރި ކުރުމުގެ ތެރޭގައިވެސް ފަލަސްތީނު ދިދަ ބޭނުންކޮށްފައެވެ.

ވޯލްޑްކަޕް ބަލަން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ގަތަރްއަށް ޖަމާވެފައިވާ އިރު ފަލަސްތީނުގެ ހާލަތުމަތިން ހަނދާން އައުކޮށް އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާ ހުއްޓުމަށް މީހުން ދަނީ ގޮވާލަމުންނެވެ. މި ހިމޭން އަޑުއުފުލުމުގައި ބައިވެރިވަނީ ހަމައެކެނި އަރަބީންނެއްނޫނެވެ. ފަލަސްތީނު ދިދަ ހިފައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ވޯލްޑްކަޕް ބެލުމަށް ސްޓޭޑިޔަމްއަށް ދާމަންޒަރު މީޑިޔާ ތަކުން ވަނީ ދައްކުވާލާފައެވެ.

ދެން އިޒްރޭލަށް އޮތީ ކޮންގޮތެއް ހެއްޔެވެ؟ ގަތަރް އާއި އިޒްރޭލާ ދެމެދު ޑިޕްލޮމެޓިކް އެއްވެސް ގުޅުމެއް ގާއިމްކޮށްފައި ނުވި ނަމަވެސް ފީފާގެ ގަވައިދުތައް އަންގާ ގޮތުގެ މަތީން އެ ގައުމުގެ ނޫސްވެރިންނަށްވެސް ފީފާ ވޯލްޑްކަޕް ބެލުމަށް ގަތަރްއަށް ދިޔުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ނަމަވެސް ވޯލްޑްކަޕްގެ ބެލުންތެރިން ވަނީ އިޒްރޭލު ނޫސްވެރިންނަށް ބީރު ކަންފަތެއް ދީފައެވެ. އިޒްރޭލުން ވަނީ މިކަން ކުށްވެރިކޮށް އެ ގައުމުގެ ނޫސްވެރިންނަށް މެހުމާނުދާރީ އަދާ ކުރުމަށް އެދަފައެވެ. 

ފަލަސްތީނުގެ ނަމަށް އިހްތިރާމްކޮށް އިޒްރޭލުން ދެމުންދާ އަނިޔާތައް ހުއްޓުވުމަށް ގޮވާލައި އެހާ ގިނަ ބަޔަކު އިޒްރޭލު ބޮއިކޮޓް ކުރަމުން ދިޔުމަކީ މިއީ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑްކަޕްގެ ނަތީޖާއަކީ އިޒްރޭލް 0 އަދި ފަލަސްތީން 1 އެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް