ކޯފް ސިރަޕް ބޭނުން ކުރުމުން ކުޑަކުދިންތަކެއް މަރުވުމާ ގުޅިގެން އިންޑީޔާއިން އެ ސިރަޕް އުފެއްދުން ހުއްޓާލައިފި 

Loading

Facebook
Twitter
WhatsApp

ދާދި ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ މެއިޑެން ފާމަސިއުޓިކަލްސްއިން އުފައްދާފައިވާ ކޯފް ސިރަޕެއް ބޭނުން ކުރުން ވަނީ އެތައް ކުޑަކުދިންނެއްގެ މަރާއި ގުޅިފައެވެ.

އެފްރިކާއަށް ނިސްބަތްވާ 69 ކުދިންގެ މަރު މި ސިރަޕް ބޭނުންކުރުމާއި ގުޅިފައިވާކަމަށް ޑަބްލިއުއެޗްއޯއިން ނެރުނު ރިޕޯޓެއްގައި ހާމަކުރުމާ ގުޅިގެން އިންޑިޔާއިން ވަނީ މެއިޑެން ފާމަސިއުޓިކަލްގެ މި ބޭސް އުފެއްދުން މެދުކަނޑާލާފައެވެ. 

އިންޑިޔާގެ ހަޔްރާނާ ސްޓޭޓްގެ ހެލްޓް މިނިސްޓަރ، އަނީލް ވިޖް އެ ގައުމުގެ މީޑިޔާތަކަށް ހާމަކޮށްފައިވާ ގޮތުގައި މެއިޑެން ފާމަސިއުޓިކަލްސް ގެ ބޭސް އުފައްދާ ކާރުހާނާ ބަލައި ފާސްކުރި ކުރުމުން ވަނީ ގަވައިދާ ހިލާފް 12 ކަމެއް ފާހަގަ ކުރެވިފައެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މެއިޑެންގެ 4 އުފެއްދުމެއްގެ ލެބް ޓެސްޓް ހެދުމުން އޭގައި ޑައިއެތިލިން ގްލައިކޯލް އާއި އެތިލީން ގްލައިކޯލް އެކުލެވިގެން ވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ދެ މާއްދާ އަކީ ކިޑްނީ ހަލާކުވުމާއި ގުޅިފައިވާ ދެ މާއްދާއެވެ.  

މި ހަތަރު ބޭހަކީ 

1.      ޕްރޯމިތަޒައިން އޯރަލް ސޮލިއުޝަން

2.      ކޮފެކްސް މަލިން ބޭބީ ކޯފް ސިރަޕް

3.      މެކޮފް ބޭބީ ކޮފް ސިރަޕް

4.      މެގްރިޕް އެންޑް ކޯލްޑް ސިރަޕް

އިންޑިޔާ މަޝްހޫރުވެފައިވަނީ މުޅި ދުނިޔެއަށް ބޭސް ސަޕްލައި ކުރުމަށް ބޭސް އުފައްދާ ފާމަސީގެ ގޮތުގައެވެ. މިއީ މިހާތަނަށް މިކަހަލަ ކަމަކާ ގުޅިގެން ދިމާވި އެންމެ ބޮޑު ކާރިސާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް