މައްކާ އެއްބަސްވުމުގެ ބޭފުޅުންނާއެކު ބޭއްވުނު ބައްދަލުކުރެއްވުން ވަރަށް ކާމިޔާބު

Loading

Facebook
Twitter
WhatsApp


މެދުއިރުމައްޗަށް ދިމާވެފައިވާ ހަނގުރާމަވެރި ހާލަތުން ނިކުމެގަނެވިދާނެ މަގެއް ފެނޭތޯ ކުރަމުން ގެންދާ މަސައްކަތުގައި މައްކާ އެއްބަސްވުމުގެ އިސް ވަފުދެއް ތެހެރާނަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި މަޝްވަރާ ތަކުގައި ފައިސަލާތަކާ ހަމަޔަށް ދެވިފައި ނުވިޔަސް އެ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމުގައި ތެހެރާނުން ހާމަކޮށްފިއެވެ.


މައްކާ އެއްބަސްވުމުގައި ހިމެނޭ 3 ގައުމުގެ އިސްވެރިންތަކެއް ތެހެރާނަށް ވަޑައިގެންނެވީ އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާ ތަކެއް ދެއްވަން ގަސްދު ކުރައްވާކަމަށާއި އެ ހަމަލާތަކުގައި މަދަރ އޮފް އޯލް ބޮމްސް ބޭނުންކުރައްވާނެކަން އެމެރިކާގެ ރައީސް ޓްރަމްޕް އިއުލާން ކުރައްވާފައި ވަނިކޮށް އެ ހަމަލާތަކުން އެކަހެރި ވެވިދާނެ މަގެއް ހޯދުމަށްޓަކައެވެ. ތެހެރާނަށް ވަޑައިގެންނެވި ބޭފުޅުންނަކީ އެ ބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުން ބަލާއިރު އެންމެ ބާރުގަދަ ބޭފުޅުންނެވެ. ސައޫދީ އެރޭބިއާއިން ދިފާއި ވަޒީރު ޚާލިދު ބިން ސަލްމާން އާއި ތުރުކީ އިންޓެލިޖެންސްގެ ވެރިޔާ އިބްރާހިމް ކަލިން އަދި ޕާކިސްތާނުގެ ބާރުގަދަ މިލިޓްރީ ގެ ވެރިޔާ ފީލްޑް މާރޝަލް އާސިމް މުނީރު ތެހެރާނަށް ވަޑައިގެންނެވިއެވެ. އެ ބައްދަލުކުރެއްވުމުގައި އީރާނުން ބައިވެރިވެ ވަޑައިގެންނެވީ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އަދި އީރާނު ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީއެވެ. މައްކާ އެއްބަސްވުމުގެ ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާ ތަކުގައި މި ސަރަހައްދަށް ވަރަށް ހެޔޮ ބަދަލެއް އަތުވެދާނެކަމަށް އުންމީދު ކުރެވެން ފަށައިފި ކަމުގައި ރިޒާއީ ވިދާޅުވިއެވެ. މިސަރަހައްދަށް ފުރިހަމަ ސެކިއުރިޓީ ނިޒާމެއް ގެނެވޭނީ ސަރަހައްދުގެ ގައުމުތައް ގުޅިގެންކަން އެބޭފުޅުންވެސް ގަބޫލުކުރައްވާކަން އެނގިގެން ދިޔަކަމަށާއި އަދި ރިޒާއީގެ ވާހަކަފުޅުގައި އިސްރާއީލުން ދެކުނު ލެބަނަންއާއި ސީރިޔާގެ ދެކުނު ސަރަހައްދުތަކަށް ވެރިވެގަނެގެން ތިބުމާއި ގައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންގެންދާ ލާއިންސާނީ ގަތުލު އާންމު ޚާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ.
ސައޫދީ އެރޭބިއާގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާންއަކީ އެގައުމުގެ ސްޓްރާޓީޖިކް މާސްޓަރމައިންޑް ކަމަށްވީއިރު އެމަނިކުފާނު އީރާނަށް ވަޑައިގަތުމަކީ އާދައިގެ ކަމެއް ނޫންކަމަށް ލަންޑަންގައި ހަރަކާތްތެރިވަމުން ގެންދާ ރިސްކް ކޮންސަލްޓެންސީ މީނާ ގެ އެނަލިސްޓް އެންޑްރިއާށް ކްރެއިގް ބުނެފައިވެއެވެ.
މައްކާ އެއްބަސްވުމުގެ ބޭފުޅުންނާއެކު ތެހެރާންގައި މަޝްވަރާތައް ފެށުމާއެކު މެދުއިރުމަތީގައި އަލުން އިތުރު ހަނގުރާމައެއްގެ ބިރުވެރިކަމުން ދުރުވެ ތިބުމުގެ މައްޗަށް ބާރު އަޅުއްވައި ޔޫ އެން ގެ އާންމު ސެކްރެޓަރީ އެންޓޯނިއޯ ގުޓަރެސް ވަނީވާހަކަފުޅު ދައްކަވާފައެވެ. އެމެރިކާއިން އީރާނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިނުމާއި އޭގެ ބަދަލުގައި އީރާނުން ގަލްފުގެ ގައުމުތަކުގައި އެމެރިކާގެ މިލިޓްރީ ބޭސްތައް ގާއިމް ކޮށްފައިހުރި ގައުމުތަކަށް ރައްދު ހަމަލާދީ ޒަމާންތަކަކަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ދިނުމުގެ ހުރިހާ މަގެއް ބަންދުކުރަން ޖެހިފައިވާ ކަމަށްވެސް ގުޓަރެސް ވިދާޅުވިއެވެ.
ތެހެރާންގެ މަޝްވަރާތައް ކުރިއަށް ދިޔައިރުވެސް ހޫތީ މުޖާހިދުން ގެންދިޔައީ ސައޫދީ އެރޭބިއާގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ސައޫދީ ވަފްދު ތެހެރާނަށް ވަޑައިގަތީ ހޫތީ މުޖާހިދުންގެ ހަމަލާތައް ހުއްޓުވުމަށްޓަކައި އެއް ބިލިއަން އެމެރިކާ ޑޮލަރ ނަގުދު ފައިސާ ހިފައިގެންކަމަށް އިސްރާއީލުގެ ޕްރޮޕަގެންޑާ މީޑިއާތަކުން ބުނެފައި ވެއެވެ.
މިއަހަރު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި އެޕިކް ފިއުރީ ގެ އާފެށުމެއް ނަތަންޔާހޫއާއި ބައިވެރިވެގެން ފަށަން ތައްޔާރުވަމުންދާކަން ދޭހަވާމޭރުމަކުން ރައީސް ޓްރަމްޕް ވަނީ މިދިޔަ ހުކުރު ދުވަހު ވާހަކަދައްކަވާފައެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަސް މުގައްދަސް ވެގެން އުޅެނީ އިރާގުގައިހުރި ފަނާކުރަނިވި ހަތިޔާރު ހޯދަން އެމެރިކާއާއި އަދި ގުޅިފައިވާ ލަޝްކަރުތަކުން 1991 ޖެނުއަރީ 17 ވަނަ ދުވަހު އިރާގާ ދެކޮޅަށް ފެށި ޑެޒާރޓް ސްޓޯރމްގެ ނަން ދީފައިވާ ހަނގުރާމަ ނިންމައި ކުވޭތުގެ ޝާހީ އާއިލާގެ ވެރިކަން ރުޖޫއު ކުރެވުނު ދުވަސްކަމުގައި ވާތީއެވެ.
އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫ ކާމިޔާބު ކުރިޔަ ނުދިނުމަށްޓަކައި އީރާނުން މަސައްކަތްކުރަމުން ގެންދާކަމުގެ މައުލޫމާތު މިދިޔަ އާދީއްތް ދުވަހު ލިބިފއިވާތީ ލަސްނުކޮށް އީރާނަށް ހަމަލާދިނުމަށް އިސްރާއީލުގެ މިލިޓްރީއަށް އެންގިކަމަށް އެ ގައުމުގެ ޗެނަލް 12 އިން ބުނެފައިވެއެވެ. ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް އެ ޗެނަލް އަށް މައުލޫމާތުން ދިން ފަރާތްތަކުން ބުނެފައިވަނީ ބޮޑުވަޒީރުގެ އަމުރަށް އީރާނާދެކޮޅަށް ހަމަލާ ދޭން ފަށަން އައި ޑީ އެފް ގެ ވެރިޔާ އަޔާލް ޒަމީރު އިއްތިރާޒްކުރުމުން ދެބޭފުޅުންގެ މެދުގައި ކޯޅުންތައް އުފެދިގެން ދިޔަކަމަށް ބުނެފައިވެއެވެ. އަދި އީރާނަށް ހަމަލާދިނުމަށް މިލިޓްރީ ޗީފް ޒަމީރު ދެކޮޅުހެދީ ހެޔޮ ލަފާ މީހަކަށް ވެގެން ނޫންކަމަށާއި އިސްރާއީލުގައި ދިފާއު ވެވޭނެގޮތެއްނެތި އީރާނަށް ހަމަލާދީފިނަމަ އިސްރާއީލު ސުންނާފަތިވެ ބިމާ ހަމަވެގެންދާ މަންޒަރު އޭނާގެ ލޮލުގެ ކުރިމާތީގައި ހާމަޔަށް ފެންނަން އޮތީމައެވެ. އަދި އީރާނުން ހަމަލާއެއް ދިނުމުގެ ކުރިން އިސްރާއީލުން ހަމަލާދޭން ފަށައިފިނަމަ އިސްރާއީލް ބިމާހަމަވެގެންދިޔަސް އީރާނުގެ ހަމަލާތައް ހުއްޓުވިދާނެ މަގެއް ނޯންނާކަން އެނގޭތީއެވެ. އިންތިޚާބު ނިމުމަށްފަހު ގާނޫނީގޮތުން ލިބޭ އަމުރަކަށް މިލިޓްރީ ހަރަކާތްތެރިވާނެއެވެ. އެނޫންގޮތެއްގައި އިސްލާއީލްގެ މިލިޓްރީ ހަރަކާތަށް ނިކުތުމަށާއި އޭގެ ސަބަބުން މެދުވެރިވާ ކޮންމެ ހާލަތަކަށް ބޮޑުވަޒީރު ނަތަންޔާހޫ ޒިންމާވެވަޑައިގަންނަވާނެކަމަށް ރަސްމީ ގޮތުން ލިއެ އަމުރުކުރައްވާށެވެ. މިލިޓްރީން އިޖާބަ ދޭނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް