ހުޅުމާލޭގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ހުޅުމާލޭ ފުރަތަަމަ ފިޔަވަހީގެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށާއި، އޭގެތެރެއިން 4 މީހަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ، މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ފަހުން ހިއްސާކުރަމުން ގެންދާނެކަމަށެވެ.
![]()
