ރަޝިޔާގެ މިސައިލްތަކުން ސަލާމަތްވުމަށް ޔޫކްރޭނުން އިންޑިޔާގެ އުފެއްދުމަކަށް ކަޅިއަޅަނީ 

Loading

Facebook
Twitter
WhatsApp

ރަޝިޔާއިން މިހާތަނަށް 100 އަށްވުރެ ގިނަ ކްރޫޒް މިސައިލް ހަމަލާތައް ޔޫކްރޭނަށް ދީފައިވެއެވެ. އަދި މި ހަމަލާތަކުގައި އެ ގައުމުގެ ބޮޑެތި އެތައް ކާރުހާނާތަކާއި ހަކަތަ އުފައްދާ ޕަވާޕްލާންޓުތައް ވަނީ ހަލާކުކޮށްލާފައެވެ. މިސައިލްގެ ”ވާރޭ ވެހުން“ އަވަހަށް ނިމޭކަށްނެތެވެ. އެހެންކަމުން އެ ގައުމުން ދަނީ ދިފާއީ ވަސީލަތްތައް ވަރުގަދަ ކުރުމުގެ ގޮތުން އިންޑިޔާގެ އުފެއްދުމެއް ކަމަށްވާ ސާފޭސް ޓު އެއާ މިސައިލް ބޭނުންކުރުމާމެދު މަޝްވަރާކުރަންފަށާފައެވެ.

ފާއިތުވި ދުވަސްތަލުގެ ތެރޭގައި ޔޫކްރޭނުން ރަޝިޔާގެ ބައެއް މިސައިލް ހަމަލާތަކާއި ޖެޓުތައް ކާމިޔާބުކަމާއެކު ހުއްޓުވާފައިވެއެވެ. ނަމަވެސް ބައެއްފަހަރާ މިސައިލްގެ ބާވަތުން އެ ހުއްޓުވުމަކީ ވަރަށް އުދަގޫކަމަކަށް ވެގެންދާކަމަށް އެ ގައުމުގެ ސިފައިން ހާމަކޮށްފައިވެއެވެ. 

ޔޫކްރޭންގެ ރައީސް، ވްލަޑްމިރް ޒެލެންސްކީ ވަނީ އެންމެ ފަހުން ބޭއްވުނު ޖީ ސެވެން ސަމިޓް ގައި ޔޫރަޕުގެ ގައުމުތަކާއި ނޭޓޯއިން އެ ގައުމަށް އެހީވެ ރަޝިޔަގެ މިސައިލްތަކުން ސަލާމަތްވުމަށް މަގުފަހިކޮށްދިނުމަށް އެދިލައްވާފައެވެ. 

ޔޫކްރޭނުން މިހާރު ބޭނުންކުރަމުން ދަނީ ހަމައެކެނި ބޭރުގެ އެކި ގައުމުތަކުން އެހީގެ ގޮތުގައި ލިބިފައިވާ ހަތިޔާރާ، ވަޒަނާއި މިސައިލެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް