ޖަޕާނުގެ ވައިގެ ސަރަހައްދާ ދިމާލަށް އުތުރު ކޮރެޔާއިން މިސައިލެއް ފޮނުވައިފި 

އުތުރު ކޮރެޔާއިން ޖަޕާނުގެ ވައިގެ ވައިގެ ސަރަހައްދުގެ ތެރެއަށް މިސައިލެއް ފޮނުވައިފިއެވެ. ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި އުތުރު ކޮރެޔާއިން ވަނީ މި މިސައިލްގެ އިތުރުން ފަސް މިސައިލް ލޯންޗްކޮށްފައެވެ. އެ ގައުމުން ބުނެފައިވާ ގޮތުގައި މިއީ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ގައުމުން އަލަށް ނިއުކްލިޔާ ހަތިޔާރު ޓެސްޓުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީ ތަކުގެ ތެރޭގައި ކުރެވުނު ކަމެކެވެ.  ޖަޕާނާއި ދެކުނު ކޮރެޔާގެ ކޯސްޓް ގާޑުން ވަނީ މި މިސައިލް ޓެސްޓުތަކާ ގުޅިގެން އެ […]

ފުޓުބޯޅަ މެޗެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި 130 މީހުން މަރުވެއްޖެ 

އިއްޔެ އިންޑޮނޭޝިޔާގެ އީސްޓް ޖާވާ ޕްރޮވިންސްގެ ކަންޖުރަހަމް ސްޓޭޑިޔަމްގައި ބޭއްވުނު ފުޓުބޯޅަ މެޗެއްގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި 130 މީހުން މަރުވެއްޖެއެވެ.  މި ފުޓުބޯޅަ މެޗަކީ އަރެމާ މަލަންގްއާއި އީސްޓް ޖާވާގެ ކްލަބެއް ކަމަށްވާ ޕާސެބާޔާ ސުރާބަޔާ އާ ދެމެގު ކުޅެވުނު މެޗެކެވެ. މި މެޗުގައި ޕާސެބާޔާ ސުރާބަޔާ ވަނީ 3-2 އަކުން މެޗު ކާމިޔާބުކޮށްފައެވެ.  މެޗު ނިމުމާއެކު މެޗު ބަލަން ތިބި ސަޕޯޓަރުން ވަނީ ދަނޑުމަށްޗަށް އަރައި ހަމަނުޖެހުން ހިންގަން ފަށާފައެވެ. މިކަން ހުއްޓުވުމަށްޓަކައި ފުލުހުން […]

އިގެރޭސި ރާނީ އަވަހާރަވެއްޖެ 

އިއްޔެގެ ވަގުތެއްގައި އިނގެރޭސިވިލާތުގެ ރާނީ އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީއިރު އުމުރުފުޅަކީ 96 އެކެވެ. ރާނީ އަވަހާރަވެފައިވަނީ ސްކޮޓްލޭންޑްގެ ބެލްމޮރަލް ގަނޑުވަރުގައި ފަރުވާދެމުން ދަނިކޮށެވެ.  އެކަމަނާގެ ސިއްހީ ހާލަތު ވަރަސް ބޮޑަށް ދަށަށްގޮސްފައިވާކަން ޑޮކްޓަރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ރާނީގެ ސިއްހީ ހާލަތު ދަށަށް ދަމުން ދާކަން ޑޮކްޓަރުން ހާމަކުރުމާއި ގުޅިގެން ޝާހީ އާއިލާގެ މެމްބަރުން ވަނީ ރާނީ އަރިހަށް ބެލްމޮރެލް އަށް ޒިޔާރަތްކުރައްވާފައެވެ.  މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާނީ އުޅުއްވަނީ އާލާސްކަންފުޅާއެވެ. އަދި އެކަމަނާ […]

އެމެރިކާގެ އަސްކަރީ މަތިންދަބޯޓުތަކެއް ޗައިނާގެ ވައިގެ ސަރަހައްދަށް އެތެރެވުމުން އެކަމާ އެގައުމުން ނުރުހުން ފާޅުކޯށްފި 

ޓައިވާންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހު ނޭންސީ ޕެލޫސީ ޓައިވާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން އެމެރިކާއާއި ޗައިނާ އާ ދެމެދު ވަނީ ނުތަނަވަސްކަން ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ.  މިގޮތުން މިދިޔަ ހަފްތާގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ޗައިނާގެ ވައިގެ ސަރަހައްދަށް އެތެރެވުމާ ގުޅިގެން ޗައިނާއިން ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. މި މަތިންދާބޯޓުތައް ޗައިނާގެ ސަރަހައްދަށް ޖެހިޖެހިގެން ދެ ދުވަހު އެތެރެވާން މަސައްކަތް ކޮށްފައިވާކަމަށް ވެސް ޓައިވާންގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. ޗައިނާގެ ވައިގެ […]

ޖޯޑަންގެ އަމީރު ސައުދީގެ ރަޖްވާ އަލް ސައިފްއާއި ކައިވެނި ބައްލަވައިގަންނަވަން ތައްޔާރުވެ އެކަން އިއުލާނު ކުރައްވައިފި

ޖޯޑަންގެ އަމީރު، ހުސެން ބިން އަބްދުﷲ ސައުދީގެ ރައްޔިތެއް ކަމަށްވާ ރަޖްވާ ޚާލިދް އަލް ސައިފް އާއި އެންގޭޖްވިކަން އިއްޔެ ރަސްމީކޮށް އިއުލާނުކުރައްވައިފއެވެ. ރޮޔަލް ހަޝްމައިޓް ކޯޓް އޮފް ޖޯޑަން އިން ވަނީ މިކަން އިއުލާނުކޮށް ދެ ކަނބަލުންނަށް މަރުޚަބާ ކިޔައި އޮފިޝަލް ޓްވިޓާ އެކައުންޓްގައި ޓްވީޓެއް ކުރައްވާފައެވެ.  އެންގޭޖްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އަންހެން ކުއްޖާގެ ގޭގައެވެ. އެއީ ސައުދީގެ ވެރި ރަށުގައެވެ. އަންހެން ކުއްޖާގެ އާއިލާގެ އިތުރުން މި ރަސްމިއްޔާތުގައި ޖޯޑަންގެ ރަސްގެފާނު އަބްދުﷲ އާއި […]

ރަޝިޔާއިން ފަލަސްތީނުގެ ސެކިއުރިޓީގެ ބާރުތަކާ ގުޅުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް އެ ގައުމުން ހާމަކޮށްފި 

މޮސްކޯގެ ޑިފެންސް މިނިސްޓްރީން މިއަދު ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ވަނީ ފަލަސްތީނުގެ ސެކިއުރިޓީ ބާރުތަކާއި އެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ އަސްކަރީ އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމާމެދު މަޝްވަރާކޮށްފައެވެ.  މިކަމާ ގުޅިގެއް އިތުރު ތަފްސީލެއް އެ ގައުމުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.  ރަޝިޔާއާއި ޔޫކްރޭނާއި ދެމެދު ކުރެވެމުންދާ ހަނގުރާމައާ ގުޅިގެން ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ރަސްމީ ދަތުރުފުޅެއްގައި ޔޫކްރޭނަށް މާދަމާ ޒިޔާރަތް ކުރައްވަން ވަނީ ތާވަލްކުރައްވާފައެވެ. […]

އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ސީރިޔާގެ ތިން ސިފައިން މަރުވެއްޖެ 

ސީރިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ދިން މިސައިލް ހަމަލާއެއްގައި އެ ގައުމުގެ ތިން ސިފައިން މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެއްޖެއެވެ. އެސްއޭއެންއޭ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މިސައިލް ހަމަލާތައް ދީފައިވަނީ ރޭގެ 8:50 ހާއިރުއެވެ. މި ހަމަލާ ދިފައިވަނީ ސީރިޔާގެ ވެރިރަށް ދަމާސްކަސްއަށާއި ޓާޓޮސްގެ ސަހަރަކަށެވެ. ސީރިޔާ ސިފައިން ވަނީ އިޒްރޭލުގެ މިސައިލް ހަމަލާތަކާއި ކުރިމަތިލާފައެވެ. މަރުވި ސިފައިން މަރުވެފައިވަނީ މި ކުރިމަތިލުންތަކުގެ ތެރެއިންނެވެ. މި ހަމަލާގައި ސިރިޔާގެ ބައެއް ސިފައިން […]

ޗައިނާއިން ހަމަލާއެއް ދީފި ނަމަ ރައްކާތެރިވެވޭނެ ގޮތް ދެނެގަތުމަށްޓަކައި ޑްރިލް އެއް ޓައިވާނުގައި ބާއްވައިފި 

ޓައިވާނުގެ ސިފައިން ވަނީ މީގެ ދެ ދުވަސް ކުރިން ލައިވް ފަޔާ އާރޓިލެރީ ޑްރިލްއެއް ބާއްވާފައެވެ. މި ޑްރިލް ބެއްވުމުގެ މަގްސަދަކީ ޗައިނާއިން އެ ގައުމަށް ހަމަލާއެއް ދީފިނަމަ އެއިން ރައްކާތެރިވާން ދަސްކުރުން ކަމަށް އެ ގައުމުން ބުނެފައިވެއެވެ.  ޓައިވާންގެ އަށްވަނަ އާމީކޯޕްސްގެ ތަރުޖަމާނު ލޫ ވޮއެޖީ ބުނެފައިވާ ގޮތުގައި މި ޑްރިލް ފެށިފައިވަނީ މިދިޔަ އަންގާރަ ދުވަހު މެންދަމުގެ ވަގުތެއްގައެވެ. އަދި އެހާ ގިނަ ވަގުތު މިކަމަށް ހޭދަ ނުކޮށް ގަޑިއެއްގެ އިރު ތެރޭގައި ޑްރިލް […]

ރަޝިޔާގެ ހައިޕާސޮނިކް މިސައިލް ލެބޯޓްރީގެ ޑިރެކްޓާ ހައްޔަރުކޮށްފި 

މިދިޔަ ހުކުރު ދުވަހު ރަޝިޔާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ މިސައިލް ލެބްގެ ޑިރެކްޓާ، އެންޑްރެއި ޝިޕްލިޔުކް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަސްކަރީ ސިއްރުތައް ނުހިފެއްޓުމާއި ގައުމަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތާ އެކުގައެވެ.  ހައިޕާސޮނިކް މިސައިލަކީ އަޑު ދަތުރުކުރާ ސްޕީޑުގެ ނުވަ ގުނަ ބާރަށް ދަތުރުކުރާ މިސައިލެކެވެ. ރަޝިޔާގެ ރައީސް، ވްލަޑްމީރް ޕުޓިން ވަނީ މީގެ ކުރިން މި މިސައިލްތަކަށް ތައުރީފްކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައިވާ މި މިސައިލްތަކުގެ ސަބަބުން ރަޝިޔާގެ އަސްކަރީ ބާރު […]

ކްލައިމެޓް ޗޭންޖް ޕްރޮޖެކްޓުތަކުގައި ޗައިނާއިން އެމެރިކާއަށް އެއްބާރުލުން ނުދޭން ނިންމައިފި 

ފާއިތުވި ހުކުރު ދުވަހު ޗައިނާއިން ބުނެފައިވާ ގޮތުގައި އެގައުމުން އެމެރިކާއާއެކު ހައްލުކުރުމަށް މަސައްކަތް ކުރަމުން އައިސްފައިވާ ގިނަ  އަދަދެއްގެ މައްސަލަތައް ހައްލު ކުރުމަށް ކުރާ މަސަތްކަތުގައި އިތުރަށް ޗައިނާއިން އެއްބާރުލުމެއް ނުދޭނެއެވެ.  ޗައިނާއިން އެއްބާރުލުން ނުދޭނެކަމަށް ބުނެފައިވާ ކަންކަމުގެ ތެރޭގައި ކްލައިމެޓް ޗޭންޖް ހައްލުކުރުމަށްޓަކައި ކުރެވެމުން ދިޔަ މަސައްކަތްތައްވެސް ހިމެނެއެވެ. މި ނިންމުން ޗައިނާއިން ނިންމާފައިވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްގެ މެންބަރެއް ކަމަށްވާ ނޭންސީ ޕެލޯސީ ތައިވާނަށް ކުރި ދަތުރުފުޅާ ގުޅިގެންނެވެ. ޗައިނާގެ ފޮރީން މިނިސްޓްރީން […]