ކްލައިމެޓް ޗޭންޖް ޕްރޮޖެކްޓުތަކުގައި ޗައިނާއިން އެމެރިކާއަށް އެއްބާރުލުން ނުދޭން ނިންމައިފި 

Loading

Facebook
Twitter
WhatsApp

ފާއިތުވި ހުކުރު ދުވަހު ޗައިނާއިން ބުނެފައިވާ ގޮތުގައި އެގައުމުން އެމެރިކާއާއެކު ހައްލުކުރުމަށް މަސައްކަތް ކުރަމުން އައިސްފައިވާ ގިނަ

 އަދަދެއްގެ މައްސަލަތައް ހައްލު ކުރުމަށް ކުރާ މަސަތްކަތުގައި އިތުރަށް ޗައިނާއިން އެއްބާރުލުމެއް ނުދޭނެއެވެ.  ޗައިނާއިން އެއްބާރުލުން ނުދޭނެކަމަށް ބުނެފައިވާ ކަންކަމުގެ ތެރޭގައި ކްލައިމެޓް ޗޭންޖް ހައްލުކުރުމަށްޓަކައި ކުރެވެމުން ދިޔަ މަސައްކަތްތައްވެސް ހިމެނެއެވެ. މި ނިންމުން ޗައިނާއިން ނިންމާފައިވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްގެ މެންބަރެއް ކަމަށްވާ ނޭންސީ ޕެލޯސީ ތައިވާނަށް ކުރި ދަތުރުފުޅާ ގުޅިގެންނެވެ.

ޗައިނާގެ ފޮރީން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ފިޔަވަޅުތައް އަޅާފައިވަނީ ޗައިނާގެ އެދުންތަކާ ހިލާފަށް ނޭންސީ ޕެލޯސީ ތައިވާނަށް ކުރި ދަތުރުފުޅުގެ ސަބަބުންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔެ ހޫނުވުން ކުޑަކުރުމަށްޓަކާ ދެކެވެމުން ދިޔަ ވާހަކަތަކާއި ރެފިއުޖީންގެ މައްސަލަ ފަދަ މުހުންމު އެތަކެއް މައްސަލަތަކެއް ހައްލުކުރުމަށްޓަކާ ދެކެވެމުން ދިޔަ ވާހަކަތަކަށް ހުއްޓުމެއް އަންނާނެއެވެ. 

ޕެލޯސީއަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި ތައިވާނަށް ދަތުރުކުރި އެމެއެރިކާގެ އެންމެ މަތީ  އޮފިޝަލެވެ. ޗަިނާއިން ދެކޭ ގޮތުގައި ޕެލޯސީގެ މި ދަތުރުފުޅަކީ އެމެރިކާއިން ޗައިނާއަށް ފާޅުގައި ކުރިމަތިލުމެވެ. ބެއިޖިންގްއިން ދެކޭ ގޮތުގައި ތައިވާނަކީ ބާޢީން ހިފައިގެން އުޅޭ ޗައިނާގެ ހައްގު ބިމެކެވެ. ޗައިނާއާ ތައިވާން އަޅުވާލުމަށްޓަކައި ބާރުގެ ބޭނުން ނުކުރާނެ ކަމަށް ޗައިނާއިން އަދި ބުނެފައެއް ނުވެއެވެ. 

ފާއިތުވި ހުކުރު ދުވަހު ޗައިނާއިން ވަނީ ބޮޑެތި  އަސްކަރީ ތަމްރީނުތަކެއް ތައިވާން ސަރަހައްދުގައި ކުރިޔަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން ޗައިނާއިންވަނީ ނޭންސީ ޕެލޯސީ އާ އޭނާގެ އާއިލާގެ މެމްބަރުންނަށް އަދަބު ތަކެއްވެސް ކަނޑައަޅާފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް