ރަޝިޔާއިން ފަލަސްތީނުގެ ސެކިއުރިޓީގެ ބާރުތަކާ ގުޅުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް އެ ގައުމުން ހާމަކޮށްފި 

Loading

Facebook
Twitter
WhatsApp

މޮސްކޯގެ ޑިފެންސް މިނިސްޓްރީން މިއަދު ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ވަނީ ފަލަސްތީނުގެ ސެކިއުރިޓީ ބާރުތަކާއި އެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ އަސްކަރީ އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމާމެދު މަޝްވަރާކޮށްފައެވެ. 

މިކަމާ ގުޅިގެއް އިތުރު ތަފްސީލެއް އެ ގައުމުން އަދި ހިއްސާކޮށްފައެއް ނުވެއެވެ. 

ރަޝިޔާއާއި ޔޫކްރޭނާއި ދެމެދު ކުރެވެމުންދާ ހަނގުރާމައާ ގުޅިގެން ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ރަސްމީ ދަތުރުފުޅެއްގައި ޔޫކްރޭނަށް މާދަމާ ޒިޔާރަތް ކުރައްވަން ވަނީ ތާވަލްކުރައްވާފައެވެ. މި ދަތުރުފުޅުގައި ޔޫކްރޭންގެ ރައީސް، ވްލަޑްމީރް ޒެލެންސްކީއާއި ބައްދަލުކުރައްވަވާނެކަމަށް ޔޫއެންއިން ހާމަކޮށްފައިވެއެވެ. ޔޫކްރޭންގެ ރައީސްގެ އިތުރުން ތުރުކީ ވިލާތުގެ ރައީސް ތަސެޕް ތައްޔިބް އުރުދުގާންވެސް މި ބައްދަލުވުމުގައި ބައިވެރިވެލައްވާނެއެވެ. މި ބައްދަލުވުމުގެ އަމާޒަކީ ޔޫކްރޭނަށް ގޮވާމުގެ ބާވަތްތައް އެތެރެކުރެވޭނެ ގޮތްތަކަކާމެދު މަޝްވަރާކުރުން ކަމަށް ވެސް ޔޫއެންއިން ހާމަކޮށްފައިވެއެވެ. 

ރަޝިޔާއާއި ޔޫކްރޭނާ ދެމެދު ކުރެވެމުންދާ ހަނގުރާމާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔޫކްރޭންގެ ޑޮނެޓްސްކް ރީޖަންގައި އާންމުންގެ ދެމީހަކު މަރުވެ އިތުރު ހަތް މީހަކު ވަނީ ޒަހަމްވެފައެވެ. ޑޮނެޓްސްކް ރީޖަންގެ ގަވަނާ ޕައުލޯ ކައުރިލެންކޯ ބުނެފައިވާ ގޮތުގައި މި މީހުން މަރުވެފައިވަނީ ރަޝިޔާއިން އެ ސަހަރަށް ދިން ބޮމުގެ ހަމަލާއެއްގައެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް