އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ސީރިޔާގެ ތިން ސިފައިން މަރުވެއްޖެ 

Loading

Facebook
Twitter
WhatsApp

ސީރިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ދިން މިސައިލް ހަމަލާއެއްގައި އެ ގައުމުގެ ތިން ސިފައިން މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެއްޖެއެވެ.

އެސްއޭއެންއޭ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މިސައިލް ހަމަލާތައް ދީފައިވަނީ ރޭގެ 8:50 ހާއިރުއެވެ. މި ހަމަލާ ދިފައިވަނީ ސީރިޔާގެ ވެރިރަށް ދަމާސްކަސްއަށާއި ޓާޓޮސްގެ ސަހަރަކަށެވެ. ސީރިޔާ ސިފައިން ވަނީ އިޒްރޭލުގެ މިސައިލް ހަމަލާތަކާއި ކުރިމަތިލާފައެވެ. މަރުވި ސިފައިން މަރުވެފައިވަނީ މި ކުރިމަތިލުންތަކުގެ ތެރެއިންނެވެ.

މި ހަމަލާގައި ސިރިޔާގެ ބައެއް ސިފައިން މަރުވެ އެތައް ބަޔަކަށް އަނިޔާވުމުގެ އިތުރުން އަސްކަރީ ބައެއް އުޅަނދުތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. އިޒްރޭލުން ވަނީ މިކަމާ ގުޅިގެން ކޮމެންޓެއް ދޭން އިންކާރުކޮށްފައެވެ. 

ސީރިޔާގެ ސިވިލް ހަނގުރާމަ ފެށިފައިވަނީ 2011 ވަނަ އަހަރުއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އިޒްރޭލުން ވަނީ މި ހަނގުރާމާގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. މި ހަމަލާތައް ދެމުން ގެންދާކަމަށް އިޒްރޭލުން އިންކާރުކުރެއެވެ. އަދި މިކަމާ ގުޅިގެން ކޮމެންޓެއްވެސް މިހާތަނަށް އެ ގައުމުގެ ސަރުކާރުން ދީފައެއް ނުވެއެވެ.

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް