އިގެރޭސި ރާނީ އަވަހާރަވެއްޖެ 

Loading

Facebook
Twitter
WhatsApp

އިއްޔެގެ ވަގުތެއްގައި އިނގެރޭސިވިލާތުގެ ރާނީ އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީއިރު އުމުރުފުޅަކީ 96 އެކެވެ. ރާނީ އަވަހާރަވެފައިވަނީ ސްކޮޓްލޭންޑްގެ ބެލްމޮރަލް ގަނޑުވަރުގައި ފަރުވާދެމުން ދަނިކޮށެވެ. 

އެކަމަނާގެ ސިއްހީ ހާލަތު ވަރަސް ބޮޑަށް ދަށަށްގޮސްފައިވާކަން ޑޮކްޓަރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ރާނީގެ ސިއްހީ ހާލަތު ދަށަށް ދަމުން ދާކަން ޑޮކްޓަރުން ހާމަކުރުމާއި ގުޅިގެން ޝާހީ އާއިލާގެ މެމްބަރުން ވަނީ ރާނީ އަރިހަށް ބެލްމޮރެލް އަށް ޒިޔާރަތްކުރައްވާފައެވެ. 

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާނީ އުޅުއްވަނީ އާލާސްކަންފުޅާއެވެ. އަދި އެކަމަނާ ވަނީ ބައެއް ހަރަކާތްތަކަށް ދިޔުންވެސް މުޅިން މެދުކަނޑާލާފައެވެ. 

އިނގެރޭސިވިލާތުގެ ރާނީ އެލިޒަބިތް ފާހަގަކުރެވެނީ މިހާތަނަށް އެ ގައުމުގެ ވެރިކަން ކުރި ހުރިހާ ރަސްކަލުންގެ ތެރެއިންވެސް އެންމެ ގިނަ އަހަރު ވެރިކަމުގައި ދެމިހުންނެވި ރާނީގެ ގޮތުގައެވެ. 

މިކަމާ ގުޅިގެން އިނގެރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް ގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސްވެރިން ވަނީ ރާނީއަށް ތައުޒިޔާވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް