ޖަޕާނުގެ ވައިގެ ސަރަހައްދާ ދިމާލަށް އުތުރު ކޮރެޔާއިން މިސައިލެއް ފޮނުވައިފި 

Facebook
Twitter
WhatsApp
037CF91E-6A24-4D2B-A5F5-DF01A9C08B40

އުތުރު ކޮރެޔާއިން ޖަޕާނުގެ ވައިގެ ވައިގެ ސަރަހައްދުގެ ތެރެއަށް މިސައިލެއް ފޮނުވައިފިއެވެ. ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި އުތުރު ކޮރެޔާއިން ވަނީ މި މިސައިލްގެ އިތުރުން ފަސް މިސައިލް ލޯންޗްކޮށްފައެވެ. އެ ގައުމުން ބުނެފައިވާ ގޮތުގައި މިއީ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ގައުމުން އަލަށް ނިއުކްލިޔާ ހަތިޔާރު ޓެސްޓުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީ ތަކުގެ ތެރޭގައި ކުރެވުނު ކަމެކެވެ. 

ޖަޕާނާއި ދެކުނު ކޮރެޔާގެ ކޯސްޓް ގާޑުން ވަނީ މި މިސައިލް ޓެސްޓުތަކާ ގުޅިގެން އެ ގައަމުގެ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން  މިސައިލް ވައިގައި ދަތުރު ކުރަމުން ދިޔަ ވަގުތުގައި ރައްޔިތުން ބިންގަރާސްތަކުގަޔާއި ގެތަކުގައި މަޑުކުރުމަށާއި ދަތުރުފަތުރު ކުރުން ވަގުތީގޮތުން މެދުކަނޑާލަން ޖަޕާނުގެ ސަރުކާރުން ވަނީ އަންގާފައެވެ. 

މިއީ 2017 ވަނަ އަހަރަށް ފަހު އުތުރު ކޮރެޔާއިން ޖަޕާނާ ދިމާލަށް ދޫކޮށްލި ފުރަތަމަ މިސައިލެވެ. މި އަމަލު ޖަޕާނުން ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ޖަޕާނުގެ ބޮޑުވަޒީރު، ފުމިކޯ ކިޝިޑާ ވަނީ މިފަދަ އަމަލުތައް ކުރިޔަށް ގެންދާނަމަ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރުވެސް ނެރެފައެވެ. 

ޖަޕާނުގެ ވެރި ރަށް ޓޯކިޔޯ އާއި ދެކުނު ކޮރެޔާގެ ވެރި ރަށް ސައުލްގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި މި މިސައިލް ދަތުރުކޮށްފައިވަނީ ގަޑިޔަކު 4500 އާ 4600 ދެމެދުގެ ބާރުމިނުގައި ޖަޕާނުގެ 1000 ކިލޯމީޓަރު މަތިންނެވެ. މިސައިލް ވައިގެ ތެރޭގައި 22 މިނެޓު ވަންދެން ދަތުރުކުރުމަށްފަހު ވެއްޓިފައިވަނީ ޕެސިފިކް އޯޝަންއަށެވެ. 

ޓޯކިޔޯއިން މިސައިލް ހުއްޓުވުމަށް ޓަކައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ޑިފެންސް މިނިސްޓަރު ޔަސުކާޒޫ ހަމަޑާ ވިދާޅުވިއެވެ. ނަމަވެސް ކުރިޔަށް އޮތްތާ މިފަދަ އަމަލުތައް ތަކުރާރުވާނަމަ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށްވަރުކުރުމުގެ ގޮތުން ފިޔަވަޅު އަޅަން މަޖުބޫރުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.    

image.png

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް