ޖޯޑަންގެ އަމީރު ސައުދީގެ ރަޖްވާ އަލް ސައިފްއާއި ކައިވެނި ބައްލަވައިގަންނަވަން ތައްޔާރުވެ އެކަން އިއުލާނު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ޖޯޑަންގެ އަމީރު، ހުސެން ބިން އަބްދުﷲ ސައުދީގެ ރައްޔިތެއް ކަމަށްވާ ރަޖްވާ ޚާލިދް އަލް ސައިފް އާއި އެންގޭޖްވިކަން އިއްޔެ ރަސްމީކޮށް އިއުލާނުކުރައްވައިފއެވެ. ރޮޔަލް ހަޝްމައިޓް ކޯޓް އޮފް ޖޯޑަން އިން ވަނީ މިކަން އިއުލާނުކޮށް ދެ ކަނބަލުންނަށް މަރުޚަބާ ކިޔައި އޮފިޝަލް ޓްވިޓާ އެކައުންޓްގައި ޓްވީޓެއް ކުރައްވާފައެވެ. 

އެންގޭޖްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އަންހެން ކުއްޖާގެ ގޭގައެވެ. އެއީ ސައުދީގެ ވެރި ރަށުގައެވެ. އަންހެން ކުއްޖާގެ އާއިލާގެ އިތުރުން މި ރަސްމިއްޔާތުގައި ޖޯޑަންގެ ރަސްގެފާނު އަބްދުﷲ އާއި ރާނީ، ރައިނާ ބައިވެރިވެވަޑައިގެންނެވިއެވެ. 

ރަސްގެފާނާއި ރާނީގެ އިތުރުން ޝާހީ ދަރިކޮޅުގެ އާއިލާގެ އެހެން ބޭފުޅުންވެސް މި ހަފްލާގައި ބައިވެރިވެލެއްވިއެވެ. 

އުމުރުން 28 އަހަރުގެ ޕްރިންސް ހުސެން އަކީ ބްރިޓިޝް މިލިޓެރީ އެކެޑެމީއިން ތައުލީމް ހާސިލް ކުރެއްވި ބޭފުޅެކެވެ. ބްރިޓިޝް މިލިޓެރީ އެކެޑެމީގެ އިތުރުން އެމެރިކާގެ ޖޯޖްޓައުން ޔުނިވާސިޓީއިން އިންޓަނެޝަނަލް ހިސްޓްރީގެ ޑިގްރީއެއް އަމީރު ވަނީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޖޯޑަންގެ ސިފައިންގެ ކެޕްޓަން ރޭންކް ހާސިލް ކުރައްވާފައެވެ. ޕްރިންސް ހުސެން އަށް ރަސްމީކޮށް އަމީރުގެ ލަގަބް ދެއްވާފައިވަނީ ރޮޔަލް ޑިކްރީއެއްގެ ދަށުން 2009 ވަނަ އަހަރުއެވެ. 

1994 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އުފަންވި ރަޖްވާ އަލް ސައިފް އަކީ ސައުދީގެ ރިޔާދްއަށް ނިސްބަތްވާ ރައްޔިތެކެވެ. އޭނާގެ ބައްޕައަކީ ސައުދީގެ ވިޔަފާރިވެރިޔެއް ކަމަށްވާ ޚާލިދް ބިން މުސައިދް އަލް ސައިފްއެވެ. އަދި މަންމައަކީ އައްޒާ ބިންތި ނާއިފް އަލް ސުދައިރީއެވެ. ރަޖްވާ އަކީ އެ ދެމަފިރިންނަށް ލިބުނު ހަތަރު ދަރިންގެ ތެރެއިން އެންމެ ހަގު އަންހެން ކުއްޖައެވެ. ރަޖްވާ މަތީ ސާނަވީ ތައުލީމް ހާސިލް ކުރައްވާފައިވަނީ ސައުދީގައެވެ. އަދި ޑިގްރީ ހާސިލް ކުރައްވާފައިވަނީ ނިއުޔޯކްގެ ސައިރަކިއުސްގެ ސްކޫލްއިފް އާކިޓެކްޗާއިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް