އޮސްޓެރޭލިޔާއިން ޔޫކްރޭން ސިފައިންނަށް ތަމްރީން ދިނުމަށް ތައްޔާރުވަނީ 

Loading

Facebook
Twitter
WhatsApp

 އޮސްޓްރޭލިޔާއިން ޔޫކްރޭނަށް އެހީވުމުގެ ގޮތުން އެ ގައުމުގެ ސިފައިންނަށް އަސްކަރީ ތަމްރީން ދިނުމާމެދު މަޝްވަރާތައް ކުރަމުންދާކަމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު، އެންޓޮނީ އަލްބަނީޒް ވިދާޅުވެއްޖެއެވެ. 

މިކަމާ ގުޅިގެން އިއްޔެ އެންޓޮނީ ވަނީ ޔޫކެރޭންގެ ރައީސް، ވްލަޑްމީރް ޒެލެންސްކީއާއި ވާހަކަފުޅުދައްކަވާ މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް އަސްކަރީ ތަމްރީނު ދިނުމަށް ނިންމަވާފައިވަނީ ކޮން ގޮތަކަށްކަމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އެ ގައުމުގެ ބައެއް މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އޮސްޓރޭލިޔާ ސިފައިން ޔުކްރޭނަށް ގޮސް މި ތަމްރީނުތައް ހިންގާ ގޮތަށް ވާހަކަތައް ދެކެވިފައިވެއެވެ. އަދި އަނެއް ރިޕޯޓުކަތުގައި ބުނާ ގޮތުގައި މި ތަމްރީނު ޕޮރޮގްރާމްތައް ހިންގަން ހަމަޖެހިފައިވަނީ ޔޫކްރޭންގެ ސަރަހައްދަކު ނޫނެވެ. 

އޮސްޓްރޭލިޔާއިން ވަނީ މިހާތަނަށް 314 މިލިއަން ދޮލަރުގެ އެހީތެރިކަން ޔޫކްރޭނަށް ފޯރުކޮށްދީފައެވެ. މީގެތެރެއިން 244 މިލިއަން ޑޮލަރަކީ އަސްކަރީ އެހީތެރިކަމެވެ. 

އެ ގައުމުގެ ބޮޑުވަޒީރު ވަނީ ކުރިޔަށްއޮތްތާވެސް ވެވެން ހުރި ހުރިހާ ގޮތަކުން ޔޫކްރޭނަށް އެހީވަމުން ގެންދާނެކަމަށް ވިދާޅުވެފައެވެ. އޮސްޓްރޭލިޔާ ފާހަގަކޮށްލެވެނީ މި ވަގުތު ޔޫކްރޭނަށް އެހީވަމުންދާ ގައުމުތަކުގެ ތެރެއިން ނެޓޯ އަށް ނިސްބަތް ނުވާ އެންމެ ބޮޑު ގައުމުގެ ގޮތުގައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް