ޕާޓީތަކަށް މެމްބަރުން ވެއްދުމަށް ބޭނުންކުރާ ފޯމަށް ބަދަލުތަކެއް ގެންނަނީ

Loading

Facebook
Twitter
WhatsApp

ސިޔާސީ ޕާޓިތަކަށް މީހުން ވެއްދުމަށް ބޭނުންކުރާ ފޯމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މިކަން މިހެން ކުރުމަށް ނިންމާފައިވަނީ ޕާޓީތަކަށް މީހުން ވަގަށް ވެއްދުން ހުއްޓުވުމަށް ކަމަށްވެސް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ. 

މިގޮތުން މި ފޯމަށް ގެނައުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ބަދަލަކީ ފޯމު ފުރާއިރު ފޯމު ފުރާމީހާގެ މަންމަގެ މައުލޫމާތު ފޯމުގައި ޖަހަން ޖެހުން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވިއެވެ. މި މައުލޫމާތު ފޯމުގައި ހިމެނުމުން ވަގަށް ފޯމުފުރާ މީހުންނަށް މިކަން ކުރަން އުނދަގޫވާނެކަމަށް އެ ކޮމިޝަނުން ދެކެއެވެ. 

މީގެ އިތުރުން އާ ފޯމުގެ ޒަރީއާއިން ޕާޓީއަކަށް ވަންނަން ބޭނުންވާ މީހާގެ ފޮޓޯވެސް އާ ފޯމުގައި ހިމަނާން ޖެހޭއިރު ހެކިވެރީންގެ ފިންގަ ޕްރިންޓްވެސް ފޯމުގައި ހިމަނާން ޖެހޭނެއެވެ. އަދި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ޚާއްސަ ޕޯޓަލްއެއް ގާއުމްކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަމުގައި ކޮމިޝަންއިން ހާމަ ކޮށްފައި ވެއެވެ.

ސިޔާސީ ޕާޓީތަކުން ވަގު ފޯމު ހުށަހެޅުން ހުއްޓުވުމެ ގޮތުން ކޮންމެ ވަގު ފޯމަކަށް އެ ފޯމު ހުށަހަޅާ ސިޔާސީ ޕާޓީއެއް 10000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ފުރުސަތުވެސް މި ގާނޫނުގައި ލިބިފައިވެއެވެ.

Loading

2 Responses

  1. ފިންގަރ ޕްރިންޓް ރީޑަރ އެއް ހަމަ ނުގަނެވޭނެތޯއެވެ؟ ބޭނުމެއް ނުހިފޭ ސިޔާސީ އެންމެ މީހަކު ކަނޑާލައިގެން އެ ބަޖެޓް ލިބޭނެ ނޫންތޯއެވެ. ނޫނީ މަޖިލިސް ކޮއްތު ކޮންޓްރޯލް ކޮށްލިޔަސް އޯކޭ ވީއެވެ. ހަމަ ވައްކަން ނުކުރެވޭނެ ގޮތައް އެއްވެސް ކަމެއް ހަމަޖެހިގެން ނުވާނެ ދޮގެއްތޯއެވެ؟

  2. ޕާރޓީ ސިސްޓަމް އުވާލެވޭނެގޮތްތައް ހޯދާފައި އެ ސިސްޓަމް ހަރުދަނާ ކުރަން ވިސްނާބަލަ. އޭރުން ރައްޔިތުން އުފާކުރާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް