އިޒްލޭލުގެ މަތިންދާބޯޓް ސިންގަޕޫރަށް ދިޔުމަށް ފުރީ ވެލާނާ އެއަރޕޯޓުން: މެލޭސިއާ އެމްއޯޓީ.

މެލޭސިޔާގެ ސަރުކާރުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލުގެ މަތިންދާބޯޓެއް މި މޭމަހުގެ 19 ވީ ބުދަ ދުވަހު މެންދަމު 2.55 ގައި ވެލާނާ އެއާޕޯޓުން ސިންގަޕޫރުގެ ޕަޔާ ލެބާރއަށް ދިޔުމަށް ފުރާފައިވެއެވެ. އަދި އެ މަތިންދާ ބޯޓް މެލޭސިއާގެ ވައިގެސަރަހައްދަށްވެސް ވަންކަމުގައި ވެސް ބުނެފައިވެއެވެ. މެލޭޝިޔާ ސަރުކާރުން މިކަން އިއުލާނުކޮށްފައިވަނީ އެ ގައުމުގެ ރައްޔިތުންނާއި ފަލަސްތީނަށް އެހީތެރިވާ އެކްޓިވިސްޓުން މެލޭޝިޔާގެ ވައިގެ ސަރަހައްދުގެ ތެރެއިން މި ބޯޓު ދަތުރުކުރުމުގެ ހުއްދަ ދިން މައްސަލައާ ގުޅިގެން އެކަމާއި ދެކޮޅަށް […]

އިންޑިޔާގެ ކޯވިޑް ކޭސްތައް ކޮންޓްރޯލް ނުކުރެވޭތީ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފި

ކޯވިޑް 19 ޖެހިފައިވާ 17537 ބަލިމީހުން ހިމަނައިގެން އިންޑިޔާއިން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މި ބަލީގެ ސަބަބުން ސެކަންޑްރީ އިންފެކްޝަނެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މިގޮތަށް ސެކަންޑްރީ އިންފެކްޝަނެއް އުފެދުނު ބަލި މީހުންގެ ތެރެއިން %60 މީހުން މި ބަލީގައި ވަނީ މަރުވެފައެވެ. ސެކަންޑްރީ އިންފެކްޝަންގެ ސަބަބުން ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވެގެންދެއެވެ. މި ސެކަންޑްރީ އިންފެކްޝަންއަށް ފަރުވާ ދިނުމުގެ ގޮތުން ޑޮކްޓަރުން ބޭނުންކޮށް އުޅެނީ އެންޓިބަޔޮޓިކްސްއެވެ. އަދި އެންޓި ބަޔޮޓިކްސް ބޭނުންކޮށްގެންވެސް […]

އިންޑިޔާގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ދަނޑުވެރިން ބޮޑު މުޒާހަރާއަކަށް

ކޮރޯނާ ވައިރަހުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ގައުމުގެ ދަނޑުވެރިން މި ހަފުތާގެ ބުދަ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ގަސްތުކުރާކަން އިއުލާނުކޮށްފިއެވެ. އެއީ އެމީހުންގެ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާތާ 6 މަސްދުވަސް ހަމަވުން ފާހަގަ ކުރުމަށް ބާއްވާ މުޒާހަރާއެކެވެ. މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ދިއްލީއަށް އެ ގައުމުގެ ދަނޑުވެރިން ވަނީ އެއްވާން ފަށާފައެވެ. ޖޮއިންޓް ކޮމިޓީ އޮފް ފާރމާޒް، އިން އިންޑިޔާގެ ބޮޑުވަޒީރު، މޯދީއަށް ފޮނުވާފައިވާ ރަސްމީ ސިޓީއެއްގައި އެ ގައުމުގެ […]

އަލް އަޤްޞާގައި ދިރިއުޅެމުންދާ ފަލަސްތީނު ރައްޔިތުން ރައީސް ޢައްބާސްއާ ދެކޮޅަށް މުޒާހަރާކޮށްފި

ފާއިތުވީ ދެ ހަފުތާގެ ތެރޭގައި އިޒްރޭލުން ވަނީ ޣައްޒާއަށް ގިނަގުނަ ހަމަލާތައް އަމާޒުކޮށްފައެވެ. އަދި ފަލަސްތީނުގެ ހަމައެކަނި އަސްކަރީ ބާރު ކަމުގައިވާ ހަމާސް ޖަމާއަތުންވެސް ވަނީ އިޒްރޭލުގެ ހަމަލާތަކަށް ރައްދުދީ އިޒްރޭލަށް ރޮކެޓު ހަމަލާތަކެއް އަމާޒުކޮށްފައެވެ. އިޒްރޭލުން ޣައްޒާއަށް ދީފައިވާ ހަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމްވެ އެތައް ބަޔަކު ޝަހީދުވެފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ހަމަލާތައް ކުށްވެރި ކުރުމާ ގުޅިގެން ދެފަރާތުންވެސް ވަނީ ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ. މި ނިންމުން އިއުލާނުކޮށްފައިވަނީ މިދިޔަ […]

ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ވަކީލުންގެ ޓީމެއް ތައްޔާރުވަނީ

ސަރުކާރުގެ ކުންފުނި ތަކުގެ ނުފޫޒަކާ ނުލައި ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް މަސައްކަތް ކުރުމަށް ގާނޫނީ ވަކީލުންގެ ޓީމެއް ތައްޔާރުވާން ފަށައިފިއެވެ. މި ޓީމުގައި ބައިވެރި ވުމުގެ ޝައުގުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގާނޫނީ ވަކީލުން ދަނީ ފާޅުކުރަމުންނެވެ. އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުމަށް މީސްމީޑިޔާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި ފަލަސްތީނާ ބެހޭގޮތުން މީހުން ޝެޔާ ކުރާ ޕޯސްޓުތައް ފެތުރުން ހުއްޓުވުމަށް މީސްމީޑިޔާގެ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު […]

ނޭޕާލުގައި އިންތިޚާބު ނޮވެމްބަރު މަހު ބާއްވަން ނިންމައިފި

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ބިރުވެރިކަން ގައުމުގައި އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ނޭޕާލުގެ ރައީސް ބިޑްޔާ ދޭވީ ބަންޑާރީ، ނޮވެމްބަރު މަހުގައި އިންތިހާބު ބާއްވަން ހަމަޖައްސަވައި އެކަން އިއުލާނު ކުރައްވައިފިއެވެ. ހޮނިހިރު ދުވަހު ދިން ކުއްލި ބަސްދީގަތުމެއްގައި ރައީސް ވަނީ މިކަން އާންމުކޮށް އިއުލާނު ކުރައްވާފައެވެ. ޕާރލިމެންޓުގެ ނިންމުމާ ޚިލާފަށް ރައީސް މިނިންމުން ނިންމަވައި އިއުލާނު ކުރައްވަވާފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު އޮލީގެ ލަފަޔާ އެއްގޮތަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިގޮތުން އިންތިޚާބުގެ ފުރަތަމަ ފިޔަވަހި […]

އިޒްރޭލުން ޣައްޒާއަށް ބޮން އެޅުން ވަގުތީ ގޮތުން ހުއްޓާލަން އެއްބަސްވެއްޖެ

ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިޒްރޭލުން ވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޓެރަރިސްޓު އެތައް ހަމަލާއެއް ދީފައެވެ. މިގޮތުން އިޒްރޭލުން ޣައްޒާއަށް ފާއިތުވި 11 ދުވަހުގެ ތެރޭގައި ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 232 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 65 ކުޑަކުދިން ހިމެނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލާއި ދެކޮޅަށް މުޒާހަރާތައް ބާއްވައި އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ފެށުމާއި ގުޅިގެން އިޒްރޭލުން ވަނީ ޣައްޒާއަށް ބޮން އެޅުން މެދުކަނޑާލަން އެއްބަސްވެފައެވެ. ޖީ.އެމް.ޓީ ގަޑިން […]

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާކިސްތާނުން ޔޫއެންއަށް ގޮވާލައިފި

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިންގަމުންދަނީ ހަމަނުޖެހުންތަކެއް ކަމުގައި ސިފަކޮށްގެން ނުވާނެ ކަމަށް ޕާކިސްތާނުގެ ހިއުމަން ރައިޓްސް މިނިސްޓަރ ޝީރީން މަޒާރީ ވިދާޅުވެއްޖެއެވެ. އަދި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޓެރަރިސްޓު ހަމަލާތައް ހުއްޓުވުމަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް އޭނާ ވަނީ ޔޫ.އެން އަށް ގޮވާލައްވާފައެވެ. ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގަޓަރެސް ކުރައްވާފައިވާ ޓްވީޓަކަށް ރައްދުދެއްވައި ޝީރީން މަޒާރީ ވަނީ ޔޫ.އެންއިން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ […]

އިންޑިޔާގެ ހިންދޫންގެ ގިނަ ބަޔަކު ސަޕޯޓު ކުރަނީ އިޒްރޭލަށް

ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. މިގޮތުން އިންޑިޔާއިންވެސް ވަނީ ފަލަސްތީނާ އެކު އިންޑިޔާ ވާކަމަށް އިއުލާނުކޮށްފައެވެ. ނަމަވެސް އިންޑިޔާގެ ގިނަ ހިންދޫންގެ ތާއީދު ހަގީގަތުގައި ލިބިފައި ވަނީ އިޒްރޭލަށެވެ. މީސްމީޑިޔާގައި އިންޑިޔާގެ ގިނަ ފަރާތްތަކުން ދަނީ ތަފާތު ހޭޝްޓެގްތައް ހަދައި އިޒްރޭލަށް ތާއީދު ކުރާކަމަށް ބުނަމުންނެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު ޓްވިޓާރގައި އެންމެ މަޝްހޫރުވި އެއް ހޭޝްޓެގަކީ ”ފަލަސްތީން ޓެރަރިސްޓުން“ މި ހޭޝްޓެގްއެވެ. […]

ބައިޑެންގެ ސަރުކާރަށް ޝުކުރުއަދާކުރުމަށް ފަހު އިޒްރޭލުން އަނެއްކާވެސް ޣައްޒާއަށް ބޮންއެޅުމާއިގެން ކުރިއަށްދަނީ

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުން ޖެހިޖެހިގެން ތިން ފަހަރު މަތިން ހުއްޓުވައި އިޒްރޭލާ އެއްކޮޅަށް އެމެރިކާގެ ރައީސް، ޖޯ ބައިޑެން އެރުއްވުމުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ރައީސަށް ޝުކުރު ދަންނަވައިފިއެވެ. އިޒްރޭލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތައް ދުވަހުން ދުވަހަށް ދަނީ އިތުރުކުރަމުންނެވެ. އެމީހުން މި ހަމަލާތައް އިތުރު ކުރުމަށް ދައްކާ ބަހަނާއަކީ ހަމާސް ޖަމާއަތުން އިޒްރޭލަށް ރޮކެޓު ހަމާލާ ދިނުމެވެ. ނަމަވެސް ހަމާސް ޖަމާއަތުގެ ރޮކެޓުތަކުން މަރުވި މީހުން، ނިސްބަތުން ވަރަށް މަދެވެ. ހަމާސްގެ […]