ނޭޕާލުގައި އިންތިޚާބު ނޮވެމްބަރު މަހު ބާއްވަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ބިރުވެރިކަން ގައުމުގައި އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ނޭޕާލުގެ ރައީސް ބިޑްޔާ ދޭވީ ބަންޑާރީ، ނޮވެމްބަރު މަހުގައި އިންތިހާބު ބާއްވަން ހަމަޖައްސަވައި އެކަން އިއުލާނު ކުރައްވައިފިއެވެ. ހޮނިހިރު ދުވަހު ދިން ކުއްލި ބަސްދީގަތުމެއްގައި ރައީސް ވަނީ މިކަން އާންމުކޮށް އިއުލާނު ކުރައްވާފައެވެ.

ޕާރލިމެންޓުގެ ނިންމުމާ ޚިލާފަށް ރައީސް މިނިންމުން ނިންމަވައި އިއުލާނު ކުރައްވަވާފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު އޮލީގެ ލަފަޔާ އެއްގޮތަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިގޮތުން އިންތިޚާބުގެ ފުރަތަމަ ފިޔަވަހި ކުރިޔަށްދާނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ދެވަނަ މަރުހަލާ ކުރިއަށް ދާނީ އެ މަހުގެ 19 ވަނަ ދުވަހުއެވެ. އެ ގައުމުގެ ސިޔާސީ ޕާޓީތަކުން މިކަމާ ބެހޭގޮތުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް