އިޒްރޭލުން ޣައްޒާއަށް ބޮން އެޅުން ވަގުތީ ގޮތުން ހުއްޓާލަން އެއްބަސްވެއްޖެ

Loading

Facebook
Twitter
WhatsApp

ފާއިތުވި ދެ ހަފުތާގެ ތެރޭގައި އިޒްރޭލުން ވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޓެރަރިސްޓު އެތައް ހަމަލާއެއް ދީފައެވެ. މިގޮތުން އިޒްރޭލުން ޣައްޒާއަށް ފާއިތުވި 11 ދުވަހުގެ ތެރޭގައި ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 232 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 65 ކުޑަކުދިން ހިމެނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލާއި ދެކޮޅަށް މުޒާހަރާތައް ބާއްވައި އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ފެށުމާއި ގުޅިގެން އިޒްރޭލުން ވަނީ ޣައްޒާއަށް ބޮން އެޅުން މެދުކަނޑާލަން އެއްބަސްވެފައެވެ.

ޖީ.އެމް.ޓީ ގަޑިން މިއަދުގެ މެންދުރު ދެއެއްގެ ފަހުން އެއްވެސް ބޮމުގެ ހަމަލާއެއް އިޒްރޭލާއި ހަމާސްއިން ބަދަލު ނުކުރާނެ ކަމަށް ދެފަރާތުންވަނީ އެއްބަސްވެފައެވެ. މިއީ ވަގުތީ ހައްލެކެވެ. ނަމަވެސް މިކަމާ އުފާ ފާޅު ކުރެވޭވަރަށް ވުރެ ފަލަސްތީނު ރައްޔިތުން ތިބީ މާ ބޮޑަށް ވެސް ބިރުންނެވެ. އެހެނީ މިގޮތަށް އިޒްރޭލުން އެއްބަސްވާ ކޮންމެ ފަހަރަކު ހަމަލާ ބަދަލުކުރުން ހުއްޓުމުގެ ކުރިން އެމީހުން ބޮމުގެ ހަމަލާތައް އިތުރު ކުރެއެވެ. ކުރިއަށް އޮތް މަދު ވަގުތުކޮޅުގައި ފަލަސްތީނު ރައްޔިތުންނަށް ގިނަ ހަމަލާތަކެއް އަމާޒުވެގެންދާނެކަމަށް އެމީހުން ދަނީ ބުނަމުންނެވެ. ފާއިތުވި އަހަރު ތަކުގައިވެސް އެމީހުން ވަނީ މިކަން ތަޖުރިބާ ކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް