އިންޑިޔާގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ދަނޑުވެރިން ބޮޑު މުޒާހަރާއަކަށް

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަހުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ގައުމުގެ ދަނޑުވެރިން މި ހަފުތާގެ ބުދަ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ގަސްތުކުރާކަން އިއުލާނުކޮށްފިއެވެ. އެއީ އެމީހުންގެ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާތާ 6 މަސްދުވަސް ހަމަވުން ފާހަގަ ކުރުމަށް ބާއްވާ މުޒާހަރާއެކެވެ.

މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ދިއްލީއަށް އެ ގައުމުގެ ދަނޑުވެރިން ވަނީ އެއްވާން ފަށާފައެވެ.

ޖޮއިންޓް ކޮމިޓީ އޮފް ފާރމާޒް، އިން އިންޑިޔާގެ ބޮޑުވަޒީރު، މޯދީއަށް ފޮނުވާފައިވާ ރަސްމީ ސިޓީއެއްގައި އެ ގައުމުގެ ދަނޑުވެރިންގެ އާދޭސް އަޑުއެއްސެވުމަށް ވަނީއެދިފައެވެ. އަދި އެ މީހުންގެ ހައްގުތައް ދިފާއު ކުރުމަށް ޓަކައި ކިތަންމެ ބޮޑު ނުރައްކަލަކާވެސް ކުރިމަތިލާން ފަސްނުޖެހޭނެ ކަމަށް ވަނީ އިއުލާނުކޮށް ފައެވެ.

އެ ގައުމުގެ ސިއްހީ މާހިރުން ދަނީ މި ޚަބަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިހާތަނަށް 26.75 މިލިޔަނަށްވުރެ ގިނަ މީހުން އެ ގައުމުން ކޯވިޑް 19 އަށް ފައްސިވެފައިވެއެވެ. މިފަދަ ބޮޑު އެއްވުމެއް ބާއްވައިފިނަމަ، އަނެއްކާވެސް މި އަދަދު ވަރަށް ބޮޑުތަން އިތުވެގެން ދާނެކަމަށް އެމީހުން ވަނީ ބުނެފައެވެ.

އިންޑިޔާގައި ކޮރޯނާ ވައިރަހުގެ ކޭސްތައް ދަނީ ދުވަހަކުން ދުވަހަކަށް އިތުރުވަމުންނެވެ. އެ ބަލީގައި އެ ގައުމުން މިހާރު ވަނީ ތިން ލައްކައަށް ވުރެ ގިނަ މީހުން ނިޔާވެފައެވެ. އެތަނުން ތިންބައިކުޅަ އެއްބައި މީހުން މަރުވެފައި ވަނީ މިދިޔަ ތިން ހަފުތާގެ ތެރޭގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް