ދިވެހިން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭނީ ކިހިނެއް؟

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަކީ މުޅި މުސްލިމް އުންމަތުންވެސް ކުށްވެރި ކުރާ އަމަލުތަކެކެވެ. މި މައްސަލައަކީ ދުނިޔޭގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުންވެސް ބަލަމުންދާ އެންމެ ޒަމާންވީ އެއް މައްސަލައެވެ. މިހާ ދުވަސްވީއިރުވެސް މި މައްސަލައަށް ހައްލެއް ފެނިފައެއް ނުވެއެވެ. ބައެއް ގައުމުތަކުން ފަލަސްތީނު ރައްޔިތުންނަށް އެހީ ވުމުގެ ގޮތުން އެމީހުންގެ ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ފަލަސްތީނު ރައްޔިތުން އުޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ފަލަސްތީނަށް އެހީ ވުމުގެ ގޮތުން ކޮށްދިނީ […]

ބައިޑެން އިޒްރޭލަށް ތާއީދުކުރައްވަމުން ގެންދަވާތީ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ހަމަނުޖެހުން އިތުރުވެއްޖެ

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކަށް ތާއީދުކޮށް ފަލަސްތީނު ރައްޔިތުންގެ އާދޭސްތަކަށް ބީރުކަންފަތެއް ދެއްވަމުންގެންދަވާތީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އިޒްރޭލުން މަސްޖިދުލް އަގުސާއަށް ހަމަލާދީ، ޝޭޚް ޒައްރާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ގެތަށް ފޭރިގަތުމުގެ އިތުރުން ޣައްޒާއަށްބޮން އަޅައި އެތައް ބަޔެއްގެ ފުރާނަ ދުއްވާލަމުންދާއިރު ވެސް އެމެރިކާއިން އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެމެރިކާގެ ރައީސް ނިސްބަތްވާ ޑިމޮކްރެޓިކް ޕާރޓީން ވެސް ދަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ. މިގޮތުން ޑިމޮކްރެޓިކް […]

ފަލަސްތީނުން އިޒްރޭލަށް ދިން ހިމާޔަތުގެ ހިތި ނަތީޖާ

އިޒްރޭލު ސިފައިންގެ އަނިޔާ 1948 ވަނަ އަހަރުން ފެށިގެން ލިބެމުންދާ ފަލަސްތީނު ރައްޔިތުންގެ ވާހަކަ އަކީ އަހަރުމެން މުސްލިމުންގެ ކަންފަތްތަކަށް އައު ވާހަކައެއް ނޫނެވެ. ނަމަވެސް މިވާހަކަތަކަކީ ހަގީގަތުގައި ކިހާބޮޑު ވާހަކަތަކެއް ކަމާމެދު ވިސްނާލެވުނީ ކިތައް ފަހަރު ހެއްޔެވެ؟ މިކަމާމެދު ވިސްނާލުމަށްޓަކައި ،އެންމެފުރަމަ ފަލަސްތީން މުސްލިމުންނަށް މުހިންމުވީ ކޮން ސަބަބަކަށްޓަކައި ކަން ބަލާލަމާތޯއެވެ. ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަޤަޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އެއީ ކީރިތި ރަސޫލާ އިސްރާއިން މިޢުރާޖަށް އަރާވަޑައިގެންނެވި ރޭ ހުރިހައި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނާ […]

އެމެރިކާގެ ސްކޫލެއްގައި ދަރިވަރަކު ތިން މީހެއްގެ ގަޔަށް ބަޑިޖަހައިފި

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އިޑަހޯގެ ރިގްބީ މިޑްލް ސްކޫލްގެ ދަރިވަރަކު ސްކޫލު ތެރޭގައި ބަޑި ޖަހައި ތިންމީހަކުޒަހަމް ކޮށްލައިފިއެވެ. ބަޑި ޖެހި ދަރިވަރުގެ ނަން އެމެރިކާގެ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަކީ ގުރޭޑު 6އެއްގެ ކުއްޖެކެވެ. ލަފާ ކުރެވޭ ގޮތުގައި އެކުއްޖާގެ އުމުރުން ވާނީ 11 ނުވަތަ 12 އަހަރެވެ. ޝެރިފް، ސްޓީވް އެންޑާރސަން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވެފައިވާ ގޮތުގައި އެކުއްޖާ އެދުވަހު ސްކޫލަށް ދިޔުމަށްފަހު ފޮތް ދަބަހުން […]

ބުރުގާ އަޅައިގެން ހުރި އަންހެނަކާމެދު ތަފާތު ކުރުމުގެ ސަބަބުން ކުންފުންޏެއް 50000 ޔޫރޯއިން ޖޫރިމަނާކޮށްފި

ބުރުގާ އަޅައިގެން ހުރި މުސްލިމް އަންހެނަކާ ދޭތެރޭ ބްރަސެލްސް ޓްރާންސްޕޯޓް ކުންފުންޏަކުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ބްރަސެލްސްގެ ލޭބާރ ކޯޓުން ވަނީ އެ ކުންފުނި 50000 ޔޫރޯގެ އަދަދަކުން ޖޫރިމަނާކޮށްފައެވެ. ކޯޓުން މި ހުކުމް އިއްވާފައިވަނީ އެ އަންހެން މީހާއަށް ލިބެންޖެހޭ ހައްގުތައް އޭނާއަކީ އަންހެނަކަށް ވެފައި ބުރުގާ އަޅައިގެން އުޅޭ މުސްލިމެއް ކަމުގައިވާތީ ބްރަސެލްސް އިންޓަރ ކޮމިއުނަލް ޓްރާންސްޕޯޓް ކުންފުނިން އޭނާއަށް ނުދީ ހިފަހައްޓަން މަސައްކަތް ކޮށްފައިވާތީއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ބްރަސެލްސްގެ އެން.ޖީ.އޯއެއް […]

ގުދުސް މިނިވަންވުން ވަރަށް ގާތްވެއްޖެ ކަމަށް ހިޒްބުއްލާހިގެ އޮފިޝަލަކު ވިދާޅުވެއްޖެ

ސެކަންޑް އިންޓަރނެޝަނަލް ކޮންގްރެސް އޮފް ދަ ހޯލީ ގުދްސްގައި ހިޒްބުއްލާހި ތަމްސީލުކޮށް ވާހަކަފުޅު ދައްކަވަމުން ޠެހްރާން ޢަބްދުއްލާހި ސާފީ އައްދީން ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތަޖުރިބާތަކަށް ބަލާއިރު ފަލަސްތީން މިނިވަންވުން ވަރަށް ގާތް ވެއްޖެ ކަމަށާއި އެކަން ކުރެވޭނީ ހަތިޔާރާއި ބާރުގެ ބޭނުން ކޮށްގެންނެވެ. އަދި ޒައެނިސްޓުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ބާރުގެ ބޭނުންކުރަން މިއަދު ޖެހިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ޒައެނިސްޓުންނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުން މުހިންމުކަމުގައިވެސް އޭނާ ވަނީ […]

އިނގިރޭސިވިލާތުގެ ޔަހޫދީން ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައިފި

އިޒްރޭލަކީ ޔަހޫދީ ގައުމެއް ނޫންކަމަށާއި އެއީ ޒައެނިސްޓުންތަކެއް ކަމުގައި އިނގިރޭސިވިލާތުގެ ޔަހޫދީން މީސްމީޑިޔާގައި އާންމުކޮށްފައިވާ ބަޔާނެއްގައި ލިޔެފައިވެއެވެ. ހުރިހާ ޔަހޫދީންނަކީ ޒައެނިސްޓުން ނޫންކަމަށާއި އަދި އިޒްރޭލަކީ ޔަހޫދީ ގައުމެއް ނޫންކަމަށް މި ބަޔާނުގައި ލިޔެފައިވެއެވެ. އަދި ޒައެނިސްޓުންގެ ތެރޭގައި ގިނައިން ހިމެނޭނީ ނަސާރާއިން ކަމުގައިވެސް މި ބަޔާނުގައި ހާމަކޮށްފައިވެއެވެ. އިޒްރޭލު އުފެއްދުމުގެ މަސައްކަތް 1940 ވަނަ އަހަރު ފެށުނު އިރު ޔޫރަޕުގެ ގިނަ ޔަހޫދީންއެކަމަށް ތާއީދުކޮށްފައެއް ނުވެއެވެ. މި ކަމަށް ތާއީދު ކޮށްފައިވަނީ ޔަހޫދީންގެ ތެރެއިން އެންމެ […]

ބެލްޖިއަމްގެ ސަރުކާރު އޮފިސްތަކާއި ކޮލެޖުތައް ހެކަރުންގެ ޝިކާރައަކަށް ވެއްޖެ

ބެލްޖިއަމްގެ ބޮޑު ސަރަހައްދަކަށް އިންޓަނެޓްގެ ޚިދުމަތް ދެމުން އަންނަ ކުންފުނިން އެމީހުންގެ ސިސްޓަމް ކޮންމެވެސް ބަޔަކު ހެކްކޮށްފައިވާ ކަމަށް އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ. ބެލްނެޓް ނަމަކަށް ކިޔާ މި ކުންފުނިން މިކަމާއި ގުޅިގެން ނެރިފައިވާ ބަޔާނުގައި ހެކަރުންގެ މި ހަމަލާގައި އެމީހުންގެ ނެޓްވޯކާއި އިންޓަނެޓުގެ ޚިދުމަތްތަކަށް ބުރޫއަރާފައިވާކަން ހާމަކޮށްފައި ވެއެވެ. މި މައްސަލަ ދިމާވުމާއެކު އެކަން ހައްލު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށާއި ތަޖުރިބާކާރުންގެ އެހީގައި މި ހަމަލާ ދިން ހެކަރުން އަތުލައި ގަތުމުގެ […]

ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ސްޕެއިންގައި 5 އާގު ބޯޓު ކަރަންޓީނުކޮށްފި

އިއްޔެގެ ވަގުތެއްގައި ސްޕެނިޝް ޕޯރޓްސްއިން ފަސް އާގު ބޯޓެއް ކަރަންޓީނު ކުރުމަށް އިއުލާންކޮށްފިއެވެ. މި އިއުލާނު ކޮށްފައިވަނީ އެ ބޯޓުތަކުގައި ތިބި ފަޅުވެރިންގެ ތެރެއިން 26 މީހުން ކޯވިޑް 19އަށް ފައްސިވުމާ ގުޅިގެންނެވެ. ކަރަންޓީނުކުރެވުނު ފުރަތަމަ ބޯޓު ވަނީ މިދިޔަ ހަފުތާގައި ގަލިސިއާގެ ވީގޯ ޕޯޓްއަށް ލަފާފައެވެ. ޕްރޮމެތިއުސް ލީޑަރ ނަމަކަށް ކިޔާ މި އާގު ބޯޓުން ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ އެތަނުން 2 މީހެއްގެ ހާލު ގޯސްވުމުގެ ސަބަބުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކުރަންވެސް […]

ފަލަސްތީން: ކެންޑިޑޭޓަކަށް ދިން ހަމަލާ ހަމާސް ޖަމާއަތުން ކުށްވެރިކޮށްފި

ފަލަސްތީނުގެ ސިޔާސީ އެކްޓިވިސްޓެއް އަދި އިންތިހާބުގައި ބައިވެރިވވެވަޑައިގަތުމަށް ނިންމަވާފައިވާ ކެންޑިޑޭޓެއް ކަމަށްވާ ނިޒާރް ބަނާޓް ދިރިއުޅޭ ގެކޮޅަށް ވަނީ ދާދިފަހުން ހަމަލާއެއް ދީފައެވެ. މި ހަމަލާގައި ހެބްރޯންގެ ޑުރާ ނަމަކަށްކިޔާ ސަރަހައްދުގައި ހުރި އޭނާގެ ގެޔަށް ވަނީ ބަޑިޖަހާފައެވެ. ބަޑިޖަހަން ތިބި މީހުންގެ ތެރޭގައި ފަލަސްތީނިއަން އޮތޯރިޓީގެ ސިފައިންވެސް ތިބިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާ ގުޅިގެން ހަމާސް ޖަމާއަތުން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ އަމަލު ކުށްވެރިކޮށް ސަރުކާރުން މިފަދަ އަމަލެއް އެއްވެސް […]