އެމެރިކާގެ ސްކޫލެއްގައި ދަރިވަރަކު ތިން މީހެއްގެ ގަޔަށް ބަޑިޖަހައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ އިޑަހޯގެ ރިގްބީ މިޑްލް ސްކޫލްގެ ދަރިވަރަކު ސްކޫލު ތެރޭގައި ބަޑި ޖަހައި ތިންމީހަކުޒަހަމް ކޮށްލައިފިއެވެ.

ބަޑި ޖެހި ދަރިވަރުގެ ނަން އެމެރިކާގެ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަކީ ގުރޭޑު 6އެއްގެ ކުއްޖެކެވެ. ލަފާ ކުރެވޭ ގޮތުގައި އެކުއްޖާގެ އުމުރުން ވާނީ 11 ނުވަތަ 12 އަހަރެވެ.

ޝެރިފް، ސްޓީވް އެންޑާރސަން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވެފައިވާ ގޮތުގައި އެކުއްޖާ އެދުވަހު ސްކޫލަށް ދިޔުމަށްފަހު ފޮތް ދަބަހުން ބަޑި ނަގައި ބަޑި ޖަހަން ފެށިއެވެ. އެކުއްޖާ ހުއްޓުވާފައި ވަނީ ސްކޫލުގެ ޓީޗަރެކެވެ.

މި މައްސަލަ މިހާރު ދަނީ ލޯއެންފޯސްމެންޓާއި އެފް.ބީ އައި އިން ތަހުގީގު ކުރަމުންނެވެ. ހަމަލާގައި ތިން މީހަކު ޒަހަމް ވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ކުދިންނާއި ސްކޫލުގެ މުވައްޒިފެކެވެ. މައުލޫމާތު ލިބިފަވާ ގޮތުގައި އެއްވެސް މީހަކަށް މި ހަމަލާގައި ބޮޑެތި ޒަހަމްތަކެއް ލިބިފައެއް ނުވެއެވެ.

އެމެރިކާގައި މިފަދަ ކަންކަން އިތުރުވަމުން ދާތީ އެ ގައުމުގެ ރައީސް ޖޯ ބައިޑެންވެސް ވަނީ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އެގައުމުގައި 43000 މީހުންވަނީ ބަޑީގެ ހަމަލާތަކުގައި މަރުވެފައެވެ. މިދިޔަ ހަފްތާގެ ތެރޭގައިވެސް އެ ގައުމުގެ ބައެއް ސަރަހައްދު ތަކުގައިވަނީ މިފަދަ ހާދިސާތައް ހިނގާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް