ގުދުސް މިނިވަންވުން ވަރަށް ގާތްވެއްޖެ ކަމަށް ހިޒްބުއްލާހިގެ އޮފިޝަލަކު ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

ސެކަންޑް އިންޓަރނެޝަނަލް ކޮންގްރެސް އޮފް ދަ ހޯލީ ގުދްސްގައި ހިޒްބުއްލާހި ތަމްސީލުކޮށް ވާހަކަފުޅު ދައްކަވަމުން ޠެހްރާން ޢަބްދުއްލާހި ސާފީ އައްދީން ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތަޖުރިބާތަކަށް ބަލާއިރު ފަލަސްތީން މިނިވަންވުން ވަރަށް ގާތް ވެއްޖެ ކަމަށާއި އެކަން ކުރެވޭނީ ހަތިޔާރާއި ބާރުގެ ބޭނުން ކޮށްގެންނެވެ. އަދި ޒައެނިސްޓުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ބާރުގެ ބޭނުންކުރަން މިއަދު ޖެހިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ޒައެނިސްޓުންނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުން މުހިންމުކަމުގައިވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެމެރިކާއިން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ދިން ހަމަލާއެއްގައި ޝަހީދުވި އިރާނުގެ ޖެނެރަލް، ޤާސިމް ސުލައިމާނީއާއި އިރާގުގެ އަބޫ މަހްދީ އަލް މުހަންދަސް އަކީ ޓެރަރިޒްމާ ދެކޮޅަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ޝަހީދުވެފައިވާ ދެ ބަތަލުން ކަމުގައިވެސް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. ދުޝްމަނުންގެ ފަރާތުން ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ވިޔަސް ގުދްސް މިނިވަންކުރުމަށް ފަލަސްތީނުގެ ރައްޔިތުން ފަސްނުޖެހޭނެ ކަމުގައި ސާފީ އައްދީން ވަނީ ވިދާޅުވެފައެވެ. ނުގުޑާ ފަދަ އަޒުމަކާ އެކު ކުރެވޭ މި މަސައްކަތުން ނިކުންނަ ނަތީޖާ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް