ބުރުގާ އަޅައިގެން ހުރި އަންހެނަކާމެދު ތަފާތު ކުރުމުގެ ސަބަބުން ކުންފުންޏެއް 50000 ޔޫރޯއިން ޖޫރިމަނާކޮށްފި

Loading

Facebook
Twitter
WhatsApp

ބުރުގާ އަޅައިގެން ހުރި މުސްލިމް އަންހެނަކާ ދޭތެރޭ ބްރަސެލްސް ޓްރާންސްޕޯޓް ކުންފުންޏަކުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ބްރަސެލްސްގެ ލޭބާރ ކޯޓުން ވަނީ އެ ކުންފުނި 50000 ޔޫރޯގެ އަދަދަކުން ޖޫރިމަނާކޮށްފައެވެ. ކޯޓުން މި ހުކުމް އިއްވާފައިވަނީ އެ އަންހެން މީހާއަށް ލިބެންޖެހޭ ހައްގުތައް އޭނާއަކީ އަންހެނަކަށް ވެފައި ބުރުގާ އަޅައިގެން އުޅޭ މުސްލިމެއް ކަމުގައިވާތީ ބްރަސެލްސް އިންޓަރ ކޮމިއުނަލް ޓްރާންސްޕޯޓް ކުންފުނިން އޭނާއަށް ނުދީ ހިފަހައްޓަން މަސައްކަތް ކޮށްފައިވާތީއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ބްރަސެލްސްގެ އެން.ޖީ.އޯއެއް ކަމުގައިވާ ޔުނިޓީ އާއި ހިއުމަން ރައިޓްސް ލީގް (އެލް.ޑީ. އެޗް) ގުޅިގެންނެވެ. އެ އަންހެންމީހާގެ ކިބައިގައި ވަޒީފާއަށް ބޭނުންވާ ހުނަރުތަކާއި ޝަރުޠުތައް ފުރިހަމަވެފައި ހުއްޓަސް އެ ކުންފުނިން ވަނީ އޭނާއަށް ވަޒީފާ ދިނުމަށް އިންކާރުކޮށްފައެވެ. ދެފަހަރު މަތިންވެސް މިކަން މިގޮތަށް ހިންގާފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ. ނަމަވެސް ކޯޓު އަމުރުގެ ދަށުން އެމީހާއަށް ކަނޑައެޅިފައިވާ އަދަދަށް ފައިސާ ދިނުމަށް ވަނީ އެ ކުންފުނީގެ މައްޗަށް މިހާރު މަޖުބޫރުކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް