ބެލްޖިއަމްގެ ސަރުކާރު އޮފިސްތަކާއި ކޮލެޖުތައް ހެކަރުންގެ ޝިކާރައަކަށް ވެއްޖެ

Loading

Facebook
Twitter
WhatsApp

ބެލްޖިއަމްގެ ބޮޑު ސަރަހައްދަކަށް އިންޓަނެޓްގެ ޚިދުމަތް ދެމުން އަންނަ ކުންފުނިން އެމީހުންގެ ސިސްޓަމް ކޮންމެވެސް ބަޔަކު ހެކްކޮށްފައިވާ ކަމަށް އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ.

ބެލްނެޓް ނަމަކަށް ކިޔާ މި ކުންފުނިން މިކަމާއި ގުޅިގެން ނެރިފައިވާ ބަޔާނުގައި ހެކަރުންގެ މި ހަމަލާގައި އެމީހުންގެ ނެޓްވޯކާއި އިންޓަނެޓުގެ ޚިދުމަތްތަކަށް ބުރޫއަރާފައިވާކަން ހާމަކޮށްފައި ވެއެވެ. މި މައްސަލަ ދިމާވުމާއެކު އެކަން ހައްލު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށާއި ތަޖުރިބާކާރުންގެ އެހީގައި މި ހަމަލާ ދިން ހެކަރުން އަތުލައި ގަތުމުގެ މަސައްކަތް މިހާރު ފަށާފައި ވާކަމަށް ބެލްނެޓުން ވަނީ މައުލޫމާތު ދީފައެވެ.

ބެލްނެޓަކީ ބެލްޖިއަމްގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ. އެ ކުންފުނި 2000 އަށްވުރެ ގިނަ ކަސްޓަމަރުންނާއެކު ފަށާފައި ވަނީ 1993 ގައެވެ. ކުންފުނީގެ ޑިރެކްޓަރ ޑާރކް ހައެކްސް ވަނީ ހެކަރުންގެ ހަމަލާއާ ގުޅިގެން ދިމާވި އުނދަގޫތަކަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދިފައެވެ. މި ފަދަ ކަމެއް މީގެ ކުރިން ކުންފުންޏަށް ދިމާވެފައެއް ނުވެއެވެ. މި ހަމަލާ ދިން ބަޔަކު އަދި ހޯދިފައި ނެތްނަމަވެސް އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހައެކްސް ވަނީ ބުނެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް