ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ސްޕެއިންގައި 5 އާގު ބޯޓު ކަރަންޓީނުކޮށްފި

Loading

Facebook
Twitter
WhatsApp

އިއްޔެގެ ވަގުތެއްގައި ސްޕެނިޝް ޕޯރޓްސްއިން ފަސް އާގު ބޯޓެއް ކަރަންޓީނު ކުރުމަށް އިއުލާންކޮށްފިއެވެ. މި އިއުލާނު ކޮށްފައިވަނީ އެ ބޯޓުތަކުގައި ތިބި ފަޅުވެރިންގެ ތެރެއިން 26 މީހުން ކޯވިޑް 19އަށް ފައްސިވުމާ ގުޅިގެންނެވެ.

ކަރަންޓީނުކުރެވުނު ފުރަތަމަ ބޯޓު ވަނީ މިދިޔަ ހަފުތާގައި ގަލިސިއާގެ ވީގޯ ޕޯޓްއަށް ލަފާފައެވެ. ޕްރޮމެތިއުސް ލީޑަރ ނަމަކަށް ކިޔާ މި އާގު ބޯޓުން ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ އެތަނުން 2 މީހެއްގެ ހާލު ގޯސްވުމުގެ ސަބަބުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކުރަންވެސް ޖެހިފައެވެ. މި ބޯޓުގެ ފަޅުވެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ ދާދި ފަހުން އިންޑިޔާއަށް ދަތުރުކޮށްފައެވެ. އެހެންކަމުން އެ ފަޅުވެރިންގެ ސާމްޕަލް ނަގައި ވަނީ ޓެސްޓު ކުރެވިފައެވެ. އަދި ޓެސްޓުގެ ނަތީޖާއިން އެނގުނު ގޮތުގައި އެމީހުން ވަނީ ކޯވިޑް 19 ގެ އައު ވޭރިއެންޓަށް ފައްސިވެފައެވެ. މި އައު ވޭރިއެންޓަކީ އިންޑިޔާގައި މިހާރު ހަލުވިކޮށް ފެތުރެމުންދާ ބަލިމަޑުކަމުގެ އަސްލެވެ. އެހެންކަމުން މި ނަތީޖާ ލިބުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އެ ބޯޓުގެ ފަޅުވެރިން ކަރަންޓީނުވެ ތިބުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން އެ ބަނދަރުގައި އޮތް ތެޔޮ ޓޭންކަރެއްގައި މަސައްކަތްކުރަމުންދިޔަ ބަޔަކުވެސް ވަނީ ކޯވިޑް-19 ގެ އައު ވޭރިއެންޓަށް ފައްސިވެފައެވެ. މި މީހުންނާ އެކު އެ އުޅަނދުވެސް މިހާރު ވަނީ ސަރުކާރުގެ މޮނިޓަރިންގެ ދަށުގައެވެ.

 

Loading

2 Responses

  1. ވަރަށް ދެރަ މި ކޮވިޑް19 ވެކްސިނުންވެސް މައިތިރި ނުވާތީ. ދެފަހަރު ވެކްސިން ދިން މީހުނަށްވެސް ރާއްޖޭގައިވެސް ބަލި އެބަޖެހޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް