އިނގިރޭސިވިލާތުގެ ޔަހޫދީން ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައިފި

Loading

Facebook
Twitter
WhatsApp

އިޒްރޭލަކީ ޔަހޫދީ ގައުމެއް ނޫންކަމަށާއި އެއީ ޒައެނިސްޓުންތަކެއް ކަމުގައި އިނގިރޭސިވިލާތުގެ ޔަހޫދީން މީސްމީޑިޔާގައި އާންމުކޮށްފައިވާ ބަޔާނެއްގައި ލިޔެފައިވެއެވެ. ހުރިހާ ޔަހޫދީންނަކީ ޒައެނިސްޓުން ނޫންކަމަށާއި އަދި އިޒްރޭލަކީ ޔަހޫދީ ގައުމެއް ނޫންކަމަށް މި ބަޔާނުގައި ލިޔެފައިވެއެވެ. އަދި ޒައެނިސްޓުންގެ ތެރޭގައި ގިނައިން ހިމެނޭނީ ނަސާރާއިން ކަމުގައިވެސް މި ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އިޒްރޭލު އުފެއްދުމުގެ މަސައްކަތް 1940 ވަނަ އަހަރު ފެށުނު އިރު ޔޫރަޕުގެ ގިނަ ޔަހޫދީންއެކަމަށް ތާއީދުކޮށްފައެއް ނުވެއެވެ. މި ކަމަށް ތާއީދު ކޮށްފައިވަނީ ޔަހޫދީންގެ ތެރެއިން އެންމެ %2 މީހުންނެވެ. ޒައެނިޒަމް އަކީ ޔަހޫދީންގެ ދީނުން ބޭރުވެގެންވާ ބައެއް ކަމަށާއި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އަނިޔާތައް ހުއްޓުމަށްވެސް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ދާދިފަހުން ޖެރޫސަލެމްގެ ގްރީކް އޯތޮޑޮކްސް ޕެޓްރިއާރކޭޑްގެ އާރޗިބިޝޮޕް ތިއޮޑޯސިސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް ވީޑިޔޯ މެސެޖެއް މީސްމީޑިޔާގައި އާންމުކުރައްވަވާފައެވެ. އިޒްރޭލުގެ އަނިޔާވެރިކަމުގެ ދަށުން ފަލަސްތީނު ސަލާމަތްކުރުމުގެ މަސައްކަތް ކުރެވެމުން އަންނަތާ މިހާރު އެތައް އަހަރެއްވަނީ ފާއިތުވެފައެވެ. މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އިސްލާމިކް ހިއުމަން ރައިޓްސް ކޮމިޝަނުން (އައި.އެޗް.އާރް.ސީ) ފަލަސްތީނުގެ ދިދަ ކޮންމެ އަހަރަކުވެސް މިނިވަންކަމާއެކު ވިހުރާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މޮޒަމްބީކް، މެލޭޝިޔާ، ނިއުޒީލޭންޑް، ފިންލޭންޑް އަދި ސައުތް އެފްރިކާ ފަދަ ގައުމުތަކުން ވަނީ މިކަމަށް ތާއިދުކޮށް ޝުކުރު އަދާކޮށްފައެވެ.

 

Loading

One Response

  1. ވަކިދީނަކަށް ނުބަލާ އިންސާނަކަށްވީތީ ޙައްގުތަކެއް ލިބެންޖެހޭ މީހުން ވަރަށް ގިނައެވެ. ވީމާ ޔަހޫދީން ގެ ޒައިނިޒަމް އަށް ޔަހޫދީންގެ ގިނަބަޔަކުވެސް މިހާރު އަނިޔާވެރިކަމަށް ޓެރަރިޒަމްއަށް ސަޕޯޓް ނުކުރާތަން މިފެނިގެން ދަނީ. ރަނގަޅު ފާލެއް. ގަޔަށް އަތްނުލާ މައްސަލަތަށް ޙައްލުކުރެވެންޖެހޭ. އެހެނަސް ބާރުގަދަ ފަރާތްތައް އެގޮތަށް ޢަމަލު ނުކުރަނީ އެއީ ހުރިހާވެސް މައްސަލައަކީ. ދެން ބަލިމީހާ ކަމެއް ކޮށްލީމާ އެ އޮތީ ޓެރެރިސްޓް ޢަމަލަށް ވެފައެވެ. ދެރަ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް