ބައިޑެންގެ ސަރުކާރަށް ޝުކުރުއަދާކުރުމަށް ފަހު އިޒްރޭލުން އަނެއްކާވެސް ޣައްޒާއަށް ބޮންއެޅުމާއިގެން ކުރިއަށްދަނީ

323

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުން ޖެހިޖެހިގެން ތިން ފަހަރު މަތިން ހުއްޓުވައި އިޒްރޭލާ އެއްކޮޅަށް އެމެރިކާގެ ރައީސް، ޖޯ ބައިޑެން އެރުއްވުމުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ރައީސަށް ޝުކުރު ދަންނަވައިފިއެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތައް ދުވަހުން ދުވަހަށް ދަނީ އިތުރުކުރަމުންނެވެ. އެމީހުން މި ހަމަލާތައް އިތުރު ކުރުމަށް ދައްކާ ބަހަނާއަކީ ހަމާސް ޖަމާއަތުން އިޒްރޭލަށް ރޮކެޓު ހަމާލާ ދިނުމެވެ. ނަމަވެސް ހަމާސް ޖަމާއަތުގެ ރޮކެޓުތަކުން މަރުވި މީހުން، ނިސްބަތުން ވަރަށް މަދެވެ. ހަމާސްގެ ރޮކެޓުތަކުން މިހާތަނަށް ޒަހަމްވެފައިވަނީ 50 މީހުންނެވެ. އަދި މަރުވެފައިވަނީ 10 މީހުންނެވެ. އެކަމަކު އިޒްރޭލުން ފަލަސްތީނަށް ދިންހަމަލާތަކުގައި 1400 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމު ވެފައެވެ. އަދި 212 މީހުން ވަނީ ޝަހީދުވެފައެވެ.

ދާދި ފަހުން އިޒްރޭލުން ދިން ބޮމުގެ ހަމަލާއެއްގައި ޣައްޒާގައި ހުރި ހަމައެކަނި ކޯވިޑް ޓެސްޓު ކުރާ މަރުކަޒު ވަނީ ސުންނާފަތި ވެފައެވެ. އެހެންކަމުން މިހާރު ޣައްޒާގެ ރައްޔިތުންނަށް ވެކްސިން ޖެހުމުގެ ހިދުމަތާއި ކޯވިޑަށް ޓެސްޓު ކުރުމުގެ އެއްވެސް ވަސީލަތެއް، އެހީތެރިކަމެއް ނުލިބޭނެއެވެ.

ޔޫ.އެންއިން ވަނީ މި ހަފުތާގެ ތެރޭގައި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ބައިޑެންގެ ސަރުކާރުގެ އެއްބާރުލުން މިކަމަށް ލިބިފައިނުވާތީ ރަސްމީކޮށް ޔޫ.އެންއިން މިކަމާމެދު އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އިސްރާއީލުގެ ޑިފެންސް މިނިސްޓަރ، ބެނީ ގާންޓްސް ވަނީ މިކަމާ ގުޅިގެން ޓްވީޓެއް ކުރައްވައި އެމެރިކާގެ ރައިސް ޖޯ ބައިޑެންއަށް ޝުކުރު އަދާ ކުރައްވާފައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ