އިންޑިޔާގެ ހިންދޫންގެ ގިނަ ބަޔަކު ސަޕޯޓު ކުރަނީ އިޒްރޭލަށް

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. މިގޮތުން އިންޑިޔާއިންވެސް ވަނީ ފަލަސްތީނާ އެކު އިންޑިޔާ ވާކަމަށް އިއުލާނުކޮށްފައެވެ. ނަމަވެސް އިންޑިޔާގެ ގިނަ ހިންދޫންގެ ތާއީދު ހަގީގަތުގައި ލިބިފައި ވަނީ އިޒްރޭލަށެވެ.

މީސްމީޑިޔާގައި އިންޑިޔާގެ ގިނަ ފަރާތްތަކުން ދަނީ ތަފާތު ހޭޝްޓެގްތައް ހަދައި އިޒްރޭލަށް ތާއީދު ކުރާކަމަށް ބުނަމުންނެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު ޓްވިޓާރގައި އެންމެ މަޝްހޫރުވި އެއް ހޭޝްޓެގަކީ ”ފަލަސްތީން ޓެރަރިސްޓުން“ މި ހޭޝްޓެގްއެވެ. އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ ކެބިނެޓުގެ މަތީ މަގާމުތަކުގެ މެމްބަރުންވެސް ވަނީ ޓްވިޓާގައި އިޒްރޭލަށް ތާއީދުކޮށްފައެވެ.

ކަންމިހެން އޮތްނަމަވެސް އިންޑިޔާއަކީ ޒަމާނުއްސުރެ ފަލަސްތީނަށް ތާއީދު ކުރަމުން އައި ގައުމެކެވެ.

އިންޑިޔާ ފާހަގަ ކުރެވެނީ ފަލަސްތީނުގެ ދައުލަތް ގަބޫލުކުރި އަރަބި ނޫން ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ގައުމުގެ ގޮތުގައެވެ. އިންޑިޔާގެ މިނިވަންކަމުގެ ބާނީ، މަހާތަމާ ގާނދީ ވަނީ ފަލަސްތީނަކީ އަރަބިންގެ ތަނެއްކަމަށް 1938 ވަނަ އަހަރު ވިދާޅުވެފައިވެއެވެ. މިހާރުވެސް ޔޫ.އެން ގައި އިންޑިޔާ ދަނީ ފަލަސްތީނަށް ތާއިދުކުރަމުންނެވެ. ނަމަވެސް މިހާރުގެ ބޮޑު ވަޒީރު، މޯދީ އަކީ މުސްލިމުންނާ ދޭތެރޭ ހަރުކަށި ވިސްނުންފުޅުތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ. އެހެން ކަމުން ގިނަ ބަޔަކު ދެކޭ ގޮތުގައި އިންޑިޔާއިން ފަލަސްތީނަށް ތާއީދުކޮށް މިހާރު ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ބަރުދަނެއް ހުރި ވާހަކަތަކެއް ނޫނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް