އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާކިސްތާނުން ޔޫއެންއަށް ގޮވާލައިފި

Loading

Facebook
Twitter
WhatsApp

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިންގަމުންދަނީ ހަމަނުޖެހުންތަކެއް ކަމުގައި ސިފަކޮށްގެން ނުވާނެ ކަމަށް ޕާކިސްތާނުގެ ހިއުމަން ރައިޓްސް މިނިސްޓަރ ޝީރީން މަޒާރީ ވިދާޅުވެއްޖެއެވެ. އަދި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޓެރަރިސްޓު ހަމަލާތައް ހުއްޓުވުމަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް އޭނާ ވަނީ ޔޫ.އެން އަށް ގޮވާލައްވާފައެވެ.

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގަޓަރެސް ކުރައްވާފައިވާ ޓްވީޓަކަށް ރައްދުދެއްވައި ޝީރީން މަޒާރީ ވަނީ ޔޫ.އެންއިން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޓެރަރިސްޓު ހަމަލާތައް ދިފާއު ނުކުރުމަށް ގޮވާލައްވާފައެވެ. މި ހަމަލާތަކާމެދު ޔޫ.އެން އިން ފިޔަވަޅު ނާޅާނަމަ އެކަން ވެގެން ދާނީ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައިވެސް ޓެރަރިޒަމްގެ އަމަލުތައް ހިންގަން މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ހިތްވަރެއް ކަމުގައިވެސް އޭނާގެ ޓްވީޓުގައި ފާހަގަ ކުރައްވާފައި ވެއެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކަކީ ހަނގުރާމައިގެ ގަވައިދާވެސް ހިލާފު ހަމަލާތަކެއްކަން ދުނިޔޭގެ ގިނަ ލީޑަރުން ދަނީ ފާހަގަ ކުރައްވަމުންނެވެ. އެހެނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކުވެސް ދަނީ ޝަހީދުވަމުންނެވެ.

 

Loading

One Response

  1. އިޒްރޭލް ޒައެނިސްޓް އެއީ ޓެރަރިސްޓް ގުރޫޕެއް. ސަޕޯޓަޑް ބައި އެމެރިކާ، ޖަރުމަން. ޔޫކޭ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް