ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ވަކީލުންގެ ޓީމެއް ތައްޔާރުވަނީ

367

ސަރުކާރުގެ ކުންފުނި ތަކުގެ ނުފޫޒަކާ ނުލައި ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް މަސައްކަތް ކުރުމަށް ގާނޫނީ ވަކީލުންގެ ޓީމެއް ތައްޔާރުވާން ފަށައިފިއެވެ. މި ޓީމުގައި ބައިވެރި ވުމުގެ ޝައުގުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގާނޫނީ ވަކީލުން ދަނީ ފާޅުކުރަމުންނެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުމަށް މީސްމީޑިޔާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި ފަލަސްތީނާ ބެހޭގޮތުން މީހުން ޝެޔާ ކުރާ ޕޯސްޓުތައް ފެތުރުން ހުއްޓުވުމަށް މީސްމީޑިޔާގެ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން ވުޖޫދަށް އައި ކުޑަ ޖަމިއްޔާއެއް ކަމުގައިވާ “ލޯ ފޯ ޕަލަސްތީން”ގެ އަމާޒަކީ އެ ސަރަހައްދުގައި ދިރިއުޅޭ ގާނޫނީ ވަކީލުން އިޒްރޭލުގެ ހަރުކަށި ގާނޫނުތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އެމީހުންނަށް އެހީތެރިވުމެވެ.

އެ ޖަމިއްޔާއިން މިކަން އިއުލާނުކޮށްފައިވަނީ އިޒްރޭލުން ވަގުތީގޮތުން ޣައްޒާއަށް ބޮންއެޅުން ހުއްޓާލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އުފާ ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.

މިދިޔަ ހުކުރު ދުވަހު އިޒްރޭލުން ފަލަސްތީނަށް ބޮން އެޅުން ހުއްޓާލުމާ ގުޅިގެން އަވައްޓެރި ޖޯޑަންގައި އެއްލައްކައަށްވުރެ ގިނަ ރައްޔިތުން އެއްވެ ފަލަސްތީނުގެ ދިދަ ވިހުރުވައި އުފާ ފާޅުކުރިއެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ