ރައީސް ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލައެއް މަލީހު މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ. ނަޝީދު ދެ މުސާރަ ނަންގަވާކަމަށް ވިދާޅުވެ މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ދެން ފޮރުވައިގެން ނޫޅެވޭނެކަމަށާ މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ. “ ’ދެ މުސާރަ ތަކުރު‘ ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ. […]
8000 ފަރާތެއްގެ ވޯޓްގެ ސިއްރުކަން ގެއްލޭގޮތަށް ރި ރެޖިސްޓަރކޮށްފައިވޭ: ޝަރީފް

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް 8،000 މީހުން ރީރަޖިސްޓްރީކޮށްފައި ވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. މި އިންތިހާބުގެ ރީރަޖިސްޓްރޭޝަނަށް މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް މުއްދަތު ހަމަވިއިރު އެ ކޮމިޝަނަށް 26،750 ފޯމް ވަނީ ހުށަހަޅާފައެވެ. ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރި ރަޖިސްޓްރޭޝަން ނިމުނު […]
ގެސްޓްހައުސް ވިޔަފާރީގައި ބިދޭސިން ހިއްސާވެގެން ހިންގޭގޮތް ހަދައިފި

ގެސްޓުހައުސްތަކުގެ ވިޔަފާރީގައި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވެވޭގޮތަށް ދިވެހި ރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު އިސްލާހްކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓް ކުރި އިސްލާހުގައި ވާގޮތުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހި ރައްޔިތުންނަށާއި، ޕާރޓްނަރޝިޕްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕާޓްނަރޝިޕްތަކަށާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށެވެ. އެގޮތުން، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށާއި ޕާޓްނަރޝިޕްތަކަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި […]
ހުރިހާ ރަށަކަށް ބޭނުންވާނެ އެމްބިއުލާންސް ޖޫންމަހާއި ހަމައަށް ހަމަވާނެ: ނަސީމް

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސް މިއަހަރުގެ ޖޫން މަހާއި ހަމައަށް ހަމަވާނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. މަކުނުދޫ ދާއިރާގެ ރަށްތަކަށް އެމްބިއުލާސް ލިބިފައި ނުވާތީ އެކަމާ ގުޅެގޮތުން އެ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ނަސީމް މިއަދު މަޖިލީހުގައި ވިދާޅުވީ ކުދި ރަށްތަކަށް ބަލަންޖެހޭ ވަރަށް ބެލިފައި ނުވާކަމަށާ ނަމަވެސް މިފަހަރު އެހެން ނުވާނެކަމަށެވެ. “ އަޅުގަނޑުމެން ހާއްސަގޮތެއްގައި މިހާރު މިބަލަނީ […]
ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު 14 އަހަރަށް ޖަލަށް

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 14 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ. ޖިންސީ ގޯނާ ކުރި ކަން ސާބިތުވެ ހުކުމްކޮށްފައިވަނީ އދ. ދިގުރަށު ކަނީރުވިލާ އުމުރުން 50 އަހަރުގެ ހުސައިން ޔަހުޔާގެ މައްޗަށެވެ. އުމުރުން ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖާއާއަށް ޔަހްޔާ އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައި ވަނީ 2014 އާއި 2015 އާ ދެމެދު އެވެ. މި މައްސަލަ 2017ވަނަ އަހަރު އދ. ދިގުރަށު […]
މާފަރުން މުންބާއީ އަށް މޯލްޑިވިއަންގެ ސީދާ ދަތުރުތަށް ފަށަނީ

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުން އިންޑިއާގެ މުމްބާއީއަށް ދަތުރުތައް ފެށުމަށް ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަނުން ނިންމައިފިއެވެ. މޯލްޑިވިއަނުން ބުނީ މާފަރު އެއަރޕޯޓާއި މުންބާއީއާ ދެމެދު ކުރުމަށް ހަމަޖައްސާފައިވާ ދަތުރުތައް ކުރުމަށް އެ އެއަރލައިނުން ތައްޔާރުވެފައި ވާކަމަށާ މި ދަތުރުތައް މިއަންނަމަހު 13 ވަނަ ދުވަހު ފަށާނެކަމަށެވެ. މޯލްޑިވިއަނުން ބުނީ މި ދަތުރުތައް ހަފްތާއަކު ތިން ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މޯލްޑިވިއަނުން ކުރިން ކުރަމުންދިޔަ ބޭރުގަމުގެ ދަތުރުތައް ހުއްޓާލަން ޖެހުނެވެ. އެ […]
ހުޅުމާލޭގައި އިތުރު 2000 ފްލެޓް އެޅުމަށް ހަވާލުކޮށްފި

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގެ އިތުރު 2،000 ފްލެޓް އަޅަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން މި ސަރުކާރުގައި އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނި ގޮތުގައި އެ މަޝްރޫއުގައި ހިމެނޭނީ ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން އެޕާޓްމަންޓްތަކެވެ. މި މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ ދެ […]
ޑރ. އިޔާޒް އަކީ މުނާފިގެއްކަމަށް ބުނެ އޭނާ ހައްޔަރުކުރަން އާޒިމް ގޮވާލައްވައިފި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ އިޔާޒް އަކީ މުނާފިގެއްކަމަށް ބުނެ އޭނާ ހައްޔަރުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ. އިޔާޒް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އިޔާޒް އަށް ނިސްބަތްކޮށް އާޒިމް ވިދާޅުވީ އެއީ ދިވެހި މުޖުތަމަމައުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތްކުރައްވާ ފަރާތެއްކަމަށެވެ. “ ދިވެހި […]
ޑރ. އިޔާޒް ސަސްޕެންޑް ކޮށްފި

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން އިއްޔެ ސަސްޕެންޑް ކޮށްފި އެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ސީނިއާ ލެކްޗަރާ އެކެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ. ޑރ. އިޔާޒް ސަސްޕެންޑް ކުރީ އިއްޔެ ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ ކްލާސްތައް ތައްޔާރުވަމުން […]
ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އިންޑިއާގެ ވިސްތާރާ އެއާލައިން ދަތުރުތައް ރާއްޖެ ފަށައިފިއެވެ. ވިސްތާރާ އެއަރލައިނުން އައި ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިއްޔެގައެވެ. މުމްބާއީން އައި މި ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ވިސްތާރާ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ ހޮނިހިރު އާދިއްތަ އަދި ބުދަ ދުވަހުއެވެ. ދެކޮޅު ޓިކެޓްގެ އަގު 227 އަށް ލިބޭ މި ޓިކެޓް ބުކްކުރުމުގެ ފުރުސަތު އެއަރލައިންގެ […]