ކާޑެއްދޫ އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

      ގދ ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ. ފުލުހުން ހާމަކުރިގޮތުގައި މި ބަނގުރާތަކަކީ ކާޑެއްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތަކެކެވެ.     ފުލުހުން ބުނީ މި ތަކެއްޗަކީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި ނައްތައިލި ބަނގުރާތެރޭގައި އެކި ބްރޭންޑްތަކުގެ 51 ފުޅި ބަނގުރާ އާއި ފަސް ދަޅު ބިޔަރު ހިމެނޭކަމަށެވެ. މިތަކެތި […]

މިފަހަރު ވޯޓް ދޭންވާނީ ތިލަފަތަކަށް، ރުކަކަށް، ދޮލަގަކަށް ނޫން: އުމަރު

  ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ދޭންވާނީ ތިލަފަތަކަށް، ރުކަކަށް، ދޮލަގަކަށް ނޫން ކަމަށް ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ޑީއެންއޭއިން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖް އިއްވަވަމުން އުމަރު ވިދާޅުވީ ގިނަ މީހުން ވޯޓްދެނީ ކާކުތޯ ބެލުމެއްނެތި ޕާޓީ ބުނާގޮތަށް ކަމަށާ އެ ގޮތްބަދަލު ކުރަން ޖެހޭ ކަމަށެވެ. ”މި […]

އުތުރުގެ ރޭޕްކޭސް: އިހުތިޖާޖުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

  އުތުރު  ރަށެއްގެ ކުޑަ އަންހެންކުއްޖަކަށް ގުރޫޕަކުން ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ގޮވާލާ  ރ. މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރީ 10 މީހުންނެވެ. އެ މީހުން ހައްޔަރުކުރީ ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލައެއްގައި ކޯޓް އަމުރެއްގެ ދަށުން  މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ނުވަ މީހުންގެ ބަންދަށް […]

ލޯފަންކުދިންނަށް ހާއްސަކޮށްގެން ގުރުއާން ހިތުދަސްކޮށްދޭ ކްލާހެއް ތައާރަފްކޮށްފި

  ލޯފަންކުދިންނަށް ހާއްސަކޮށްގެން ގުރުއާން ހިތުދަސްކޮށްދޭ ކްލާހެއް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ތައާރަފްކޮށްފިއެވެ. އިސްލާމިކް ޔުނިވާސިޓީގެ ރަޖިސްޓްރާ އަހުމަދު ރައުފް އަބްދުﷲ ވިދާޅުވީ ލޯފަންކުދިންނަކީ މުޖުތަމައުން ބާކީ ކޮށްފައިވާ ބަޔަކަށް ނުހަދައި އެ ފަރާތްތަކުން އަމިއްލައަށް އާމްދަނީ ހޯދުމުގެ ފެންވަރު މި ކްލާހުން ހޯދައި ދޭނެކަމަށެވެ. “ މި ކްލާސްތައް ނިންމާ ދަރިވަރުން ހާފިޒުން ނުވަތަ އިމާމުން ނުވަތަ ކިޔަވައިދޭ މުދައްރިސުން ކަމުގައި ހެދުން އަޅުގަނޑުމެންގެ މަގުސަދަކީ“ ރައުފް ވިދާޅުވިއެވެ. ރައުފް ވިދާޅުވީ މި ކްލާސް […]

ލައިސަންސް ނެތިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ދިނުމަށް އެދި މަޖިލީހަށް

  ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ހުށަހެޅި މައްސަލައިގައި ލައިސަންސް ނެތިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައި ދިނުމުގެ އިތުރުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުކުރުމުގެ ގާނޫނާ ހިލާފު ވެފައިވާ ފަރާތްތަކަށް ލުއިދިނުމަށް ވެސް ހުށަހަޅާފައި ވެއެވެ. އެ މައްސަލާގައި ބުނެފައި […]

އުތުރުގެ ރޭޕްކޭސް: ލަސްކުރުމެއްނެތި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި

    އުތުރު ރަށެއްގެ 14 އަހަރުގެ އަންހެންކުއްޖަކަށް ގްރޫޕަކުން ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި ތަހުގީގު ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުން ދާނެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހު ތިންވަނަ ދުވަހު އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހު 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. “ މި […]

އުތުރުގެ ރޭޕްކޭސްގަ ވަކި މީހަކަށް ތުހުމަތު ކުރެވޭ ހެކި ލިބިފައެއް ނެތް: ފުލުހުން

      އުތުރުގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ. ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ނުވާތީ ރޭ އެ ރަށުގައި ވަނީ އިހުތިޖާޖު ކޮށްފަ އެވެ. މައްސަލައާ ގުޅިގެން ސޯޝަން މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކުޑަކުއްޖަކަށް ރޭޕްކުރި […]

ގައިދީންނަށް މާއާފު ދިނުމަށް ރައީސަށް ހުށަހެޅުމަށް މަޖިލީހުން ފާސްކޮށްފި

    ކ. . ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ބައެއް ގައިދީންނަށް މައާފުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން ގައިދީންނަށް މައާފުދިނުމަށް ފާސްކުރީ އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ފާހަގަކޮށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވި ޕެޓިޝަނެއްގެ މައްސަލަ ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓަށް މިއަދު ވޯޓަށް އަހައިގެންނެވެ. ގައިދީން ފޮނުވި ޕެޓިޝަނުގައި 220 ގައިދީން ސޮއިކޮށްފައިވާއިރު މި ޕެޓިޝަނުގައި  އައްސޭރި ޖަލާ ބެހޭ ގިނަ […]

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަންހުށަހެޅުމުގެ މުއްދަތު ހާމަކޮށްފި

  މިދިޔަ މަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއުލާންކުރެއްވި، ދިވެހި ދައުލަތަށް ހިދުމަތް ކުރާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހާމަކޮށްފި އެވެ. ރައީސް އޮފީހުން މިއަދު ބުނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީން ނިންމާފައިވާކަމަށެވެ. އިނާމު ދެއްވުމުގައި ކޮމިޓީން ބައްލަވާނެ މައިގަނޑު ކަންކަމުގެ […]

ރައީސް ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލައެއް މަލީހު މަޖިލީހަށް ހުށަހަޅަނީ

  ރައްޔިތުންގެ މަޖިލީހުގެ ރައީސް،  ރައީސް މުހައްމަދު ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ. ނަޝީދު ދެ މުސާރަ ނަންގަވާކަމަށް ވިދާޅުވެ މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ދެން ފޮރުވައިގެން ނޫޅެވޭނެކަމަށާ މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.   “ ’ދެ މުސާރަ ތަކުރު‘ ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ. […]