ކާޑެއްދޫ އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Loading

Facebook
Twitter
WhatsApp

 

 

 

ގދ ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ.

ފުލުހުން ހާމަކުރިގޮތުގައި މި ބަނގުރާތަކަކީ ކާޑެއްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތަކެކެވެ.

 

 

ފުލުހުން ބުނީ މި ތަކެއްޗަކީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި

ނައްތައިލި ބަނގުރާތެރޭގައި އެކި ބްރޭންޑްތަކުގެ 51 ފުޅި ބަނގުރާ އާއި ފަސް ދަޅު ބިޔަރު ހިމެނޭކަމަށެވެ.

މިތަކެތި ނައްތާލައިފަވަނީ ތިނަދޫ ޕޮލިސްސްޓޭޝަންގެ ގޯތި ތެރޭގައި އިއްޔެ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ހާމަކުރިގޮތުގައި ނައްތައިލި ބަނގުރާތަކަކީ ފެބުރުއަރީ ފަސްވަނަ ދުވަހުން ފެށިގެން މާޗް 29 ވަނަ ދުވަހާއި ހަމައަށް އަތުލަތް ބަނގުރާތަކެވެ.

ބަނގުރާ ނައްތާލުން ތިނަދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް