މިފަހަރު ވޯޓް ދޭންވާނީ ތިލަފަތަކަށް، ރުކަކަށް، ދޮލަގަކަށް ނޫން: އުމަރު

Loading

Facebook
Twitter
WhatsApp

 

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ދޭންވާނީ ތިލަފަތަކަށް، ރުކަކަށް، ދޮލަގަކަށް ނޫން ކަމަށް ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ޑީއެންއޭއިން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖް އިއްވަވަމުން އުމަރު ވިދާޅުވީ ގިނަ މީހުން ވޯޓްދެނީ ކާކުތޯ ބެލުމެއްނެތި ޕާޓީ ބުނާގޮތަށް ކަމަށާ އެ ގޮތްބަދަލު ކުރަން ޖެހޭ ކަމަށެވެ.

”މި ފަހަރު އަޅުގަނޑުމެން ޑީއެންއޭ އިން މި ގޮވާލަނީ ވޯޓް ދެއްވަން ވާނީ ތިލަފަތަކަށް، ރުކަކަށް، ދޮލަގަކަށް ނޫން، މިފަހަރު ވޯޓް ދެއްވަންވާނީ ގައުމަަށް. އެންމެ ހިންގުންތެރި މީހާއަށް. އެންމެ ގާބިލް މީހާއަށް. ފަސްބައި ސާފް މީއާއަށް އެންމެ ރަގަޅަށް ކިޔަވައިގެން ހުރި މީހާއަށް “ އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ  ރަނގަޅު ހިންގުންތެރިކަމުގެ މަށްޗަށް ބިނާވެގެން ނޫނީ ރަށުގެ ކުރި އެރުމެއް ނޯންނާނެ ކަމަށާ ޕާޓީ ބުނާގޮތަށް ވޯޓްދިން ނަމަވެސް ރަށްރަށަށް އޭގެ ސަބަބުން ފައިދާ އެއް ނުވާކަމަށެވެ.

“ ޕާޓީ ބުނާގޮތަށް ރަށް ދަތުރުކޮށްގެން ލިބުނު ފައިދާއެއް މި ވީހާތަނަށް އަޅުގަނޑަށް ފެންނާކަށްނެތް. ރަށްރަށަށް ބައިބައިވެ ރަށުގެ މީހުން ދެކޮޅަށް ދެ ދިދަ ނަގައިގެންތިބެ ދުވާލު ބާރަށް ލަވަޖަހާ ރޭގަނޑު ކަޅުތެޔޮ ޖެހުން ނޫންކަމެއް ފެންނާކަށް ނެތޭ ދެންނެވޭނީ“

ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް ފަށާފައިވާ އިސްލާހީ ހަރަކާތަށް ހިންގުމަށް އިސްކޮށް އުުޅުއްވާ އުމުރު ވިދާޅުވީ ލޯކަލް ކައުންސިލް ނިޒާމަކީ ވަރަށް ބޮޑަށް އިސްލާހުކުރަންޖެހޭ ނިޒާމެއްކަމަށެވެ.

އުމަރު ވިދާޅުވާގޮތުން ސަރުކާރުން ކައުންސިލްތަކަށް ބާރުދިންކަމަށް ބުނި ނަމަވެސް މިހާތަނަށް އެއްވެސް ބާރެއް ދީފައިނުވެއެވެ.

“ ކައުންސިލްތަކަށް ބާރު ދިނީއޭ މިއީ ހުސްދޮގު އެއްވެސް ބާރެއް ހަގީގަތުގައި ނުދޭ އިނގޭތޯ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް ހަމަދީފަ ހުރި ބާރު ހަމަދިނީ“ އުމަރު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ގޯތި ދޫކުރުމުގެ ބާރެވެ. ރަށްރަށުން ގޯތި ދޫކުރެވޭނީ ހައުސިން މިނިސްޓްރީން އެކަމަށް ހުއްދަ ދީގެންނެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖް ނިންމާލަމުން އުމަރު ވިދާޅުވ ޑީއެންއޭގެ ވެރިކަމެއްގައި ލޯކަލް ކައުންސިލްގެ ނިޒާމު ފުރިހަމަކުރާނެ ކަމަށެވެ.

ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވާފައިވާ ބޭފުޅުން ހިމަނައިގެން މިދިޔަ މަހުތެރޭ އުފެއްދި ޑީއެންއޭ އިފްތިތާހު ކުރެއްވުމަށް ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވެފައިވަނީ ޑީއެންއޭ އަކީ އަންނަ ރިޔާސީ އިންތިހާބަށް އުފެއްދި ހަރަކާތެއް ނޫންކަމަށެވެ.

Loading

One Response

  1. އަނެއްކާވެސް ޢުމަރު. އުމަރު މިހާރު 3 ޕާޓީ ހަދައިފި. 2 ޕާޓީގެ ތެރެއިން ބަޢާވާތްކުރަން އުޅެފި. ފެއިލިއަރެއްގެ ގޮތުގައި މީހުން ދެކެނީ. ދައްކާފައި ހުރި ވާހަކަތައް އޯކޭ. ދެން ދުންޏާ. ޢުމަރާ ހެދި ދުންޏާ ސަރުކާރުން އެއިރު އިސްތިޢުފާދިނީ. އެއީ ޢުމަރުބޭނުންވާ ދީނީ ޙުކުމް ތަންފީޒުކުމަށް ދުންޏާއަށް އެއްބަސްނުވެވިގެން ތޮޅެފާ. ދެން މިހާރު ހަމަ އެ މަސާލާގަނޑު އޯކޭ ކޮށްލެވިދާނެތޯ އެއީ ސުވާލަކީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް