އުތުރުގެ ރޭޕްކޭސްގަ ވަކި މީހަކަށް ތުހުމަތު ކުރެވޭ ހެކި ލިބިފައެއް ނެތް: ފުލުހުން

Loading

Facebook
Twitter
WhatsApp

 

 

 

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ނުވާތީ ރޭ އެ ރަށުގައި ވަނީ އިހުތިޖާޖު ކޮށްފަ އެވެ.

މައްސަލައާ ގުޅިގެން ސޯޝަން މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކުޑަކުއްޖަކަށް ރޭޕްކުރި ކަމުގެ ތުުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރުމަށް ގޮވާލައި ފުލުހުންގެ އިދާރާގެ ކުރިމަތީގައި ބަޔަކު ނުރުހުން ފާޅުކޮށް ފުލުހުންގެ ގޭޓަށް ހަމާލާ ދީފައިވެއެވެ. އެމީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ނުކުމެ ޕެޕާސްޕްރޭ ޖަހާމަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އުތުރުގެ ރަށެއްގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކަށް މި މަހުގެ ތިން ވަނަ ދުވަހު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހެޅުނު ކަމަށެވެ.

”މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެކި މިހާތަނަށް ތަހުގީގަށް ލިބިފައިއެއް ނުވޭ“ ފުލުހުން މިއަދު ބުންޏެވެ.

އެކުއްޖާގެ އާއިލާ މީހަކު ކިޔައިންގޮތުގައ ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުކުރެވެނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށެވެ. ހާދިސާ ހިނގި ގޮތް އެ ކުއްޖާ މިހާރު ވަނީ އާއިލާ އަށާއި ޖެންޑާ މިނިސްޓްރީއަށް ކިޔައިދީފަ އެވެ.

އެމީހާ ބުނި ގޮތުގައި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވެނީ ރަށުގެ ޓީޗަކަށާއި އިތުރު ބައެއްގެ މަށެްޗަށެވެ. މި ހާދިސާ ހިނގީ އެކުއްޖާ ސުކޫލުގައި ހުއްޓާ ޓީޗަރު އެކުއްޖާ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށް ވެސް އެ މީހާ ބުންނެވެ.

އެ ގެސްޓްހައުސްއަށް އެ ކުއްޖާ ގެންދިޔަ އިރު އެތަނުގައި އިތުރު ތިން މީހުން ތިބި ކަމަށް ކުއްޖާއާއި ހަވާލާދީ އާއިލާއިން ބުނެއެވެ. އެ މީހުން ތިބީ މާސްކު އަޅައި މޫނު ފޮރުވައިގެން ކަމަށް ވުމުން  އެއީ ކޮން ބައެއްކަން ބުނެދޭން އެ ކުއްޖާއަށް ނޭނގޭ ކަމަށް ވެސް އެމީހާ ބުންޏެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ އުރުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 10 ވަނަ ދުވަހު އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންގޮސް ފުލުހުންނާ ގުޅިގެން މި މައްސަލަގައި މަސައްކަތް ކުރަމުން ދާކމަށް ވެސް ޖެންޑާ މިނިސްޓްރީއިން ބުންޏެވެ.

މި ހާދިސާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ މި ހާދިސާ ހިނގި ރަށުގެ މީހުންނާ އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް