ޑރ. އިޔާޒް ސަސްޕެންޑް ކުރި މައްސަލަ ޓްރައިބިއުނަލަށް

Loading

Facebook
Twitter
WhatsApp

 

 

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ސަސްޕެންޑްކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭނާ ހުށައަޅުއްވައިފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ސީނިއާ ލެކްޗަރާ އެކެވެ.

އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު 14 ދުވަހުގެ  މުއްދަތަކަށެވެ.

އިޔާޒް ސަސްޕެންޑް ކޮށްފައިވަނީ ޖަމާއަތުގައި ނަމާދުކުރުން ހުއްޓައިލުމާއި ގައިދުރުކޮށް ނަމާދު ކުރުމާ ދެކޮޅު ހައްދަވާ ގިނަ ޓްވީޓްތަކެއް ކުރައްވަމުން ގެންދަވަނިކޮށެވެ.

ގައިދުރުކޮށް ނަމާދުކުރަން ސަރުކާރުން ނިންމީ ކޮވިޑް-19ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެއެވެ.
ޔުނިވާސިޓީން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އިޔާޒު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ބާއްވަން ނިންމި އެވެ. ނަމަވެސް ޔުނިވާސިޓީން އެދިގެން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ޑރ. އިޔާޒް ފާހަގަކުރެވިފައިވަނީ މި ސަރުކާރަށް ތާއީދު ކުރައްވާ ސަރުކާރުން ކުރަމުންގެނދާ ކަންތައްތައް ދިފާއު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ގައިދުރުކޮށް ނަމާދުކުރަން ސަރުކާރުން ނިންމި ނިންމުމާގުޅިގެން އިޔާޒް އަންނަނީ އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެ ވާހަކަފުޅުތަކާ ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ޑރ އިޔާޒް އަކީ މުނާފިގެއްކަމަށް ވިދާޅުވެ އޭނާ ހައްޔަރުކުރަން ވެސް ގޮވާލައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް