އުތުރުގެ ރޭޕްކޭސް: އިހުތިޖާޖުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

 

އުތުރު  ރަށެއްގެ ކުޑަ އަންހެންކުއްޖަކަށް ގުރޫޕަކުން ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ގޮވާލާ  ރ. މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރީ 10 މީހުންނެވެ. އެ މީހުން ހައްޔަރުކުރީ ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލައެއްގައި ކޯޓް އަމުރެއްގެ ދަށުން  މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ނުވަ މީހުންގެ ބަންދަށް ހަތް ދުވަސް އަދި އަނެއް މީހާގެ ބަންދަށް ތިން ދުވަސް މަޑުއްވަރީ ކޯޓުން ޖަހައިދީފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

މި މީހުން ދޫކޮށްފައިވަނީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ރ. އުނގޫފާރު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާ އެކު އެވެ.

ކުޑަކުއްޖަކު ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ގޮވާލައި މަޑުއްވަރީގެ ފުލުހުންގެ އިދާރާ ކުރިމަތީގައި ބޭއްވި އިހުތިޖާޖު ހޫނުވެ އާންމުންގެ ބަޔަކުވަނީ ފުލުހުންގެ އިމާރާތަށް ގެއްލުންތަކެއްދީފައެވެ. އަދި އެ ހަމަނުޖެހުމުގައި އާންމުންނާއި ފުލުހުން ކުރިމަތިލުމަކަށް ވެސް ދިޔަ އެވެ.

އެރޭގެ މުޒާހަރާއާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުން އޭރު ބުނީ ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވީ ނަމަވެސް

ކުޑަކުއްޖާ ރޭޕްކުރި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަމަހު 11ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ބުނަނީ މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކުއްޖާ އާއި ހަވާލާދީ އެކުއްޖާގެ އާއިލާއިން ކިޔައިދިން ގޮތުގައި އެކުއްޖާ ސުކޫލަށް ގޮސް ހުއްޓާ ޓީޗަރަކު އޭނާ ގެސްޓް ހައުއަކަށް ގެންގޮސް އިތުރު ބަޔަކާއެކު އޭނާ އަށް ވަނީ ޖިންސީ ގޯނާ ކޮށްފައެވެ. އަދި ޖިންސީ ގޯނާ ކުރިކަން ސިއްރުކުރުމަށް އެކުއްޖާއަށް ވަނީ މަރުގެ އިންޒާރު ދީފައެވެ.

މި މައްސަލައާ ގުޅިގެން ޖެންޑާއިން ބުނީ އެ ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ން ބުނީ މި މައްސަލައިގައި ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުންދާ ގޮތް ގާތުން ބަލަމުންދާ ކަމަށެވެ.

Loading

One Response

  1. ކޮބާ ހޯރަ އިއްބޭ. އޭނާ ހޯދައިފާ ބުނޭތިވާހަކަ. ދެން އެނޫނީ އެމްޑީޕީގެ އިވާގުރޫޕް ސިދާތާ ބޭރުކުރި ގުރޫޕްކައިރީބުނޭ. ކޮބާ ޝެއްޚު އިމްރާނު. އޭނަޔަށްވެސް ކޮންމެވެސް ބާރެއް ލެވިދާނެ. ހޯރަ އިއްބެ ދޫކޮށްލަން ބުނި މީހާކައިރީ ބުނެގެން. މިއީ ހައްތާވެސް ތިކަމުގެ ފަރުވާތަކެވެ. އަޅެ ކޮންމެވެސް މީހަކު ބަލާލަބަލަ. ތެނެކިޔޫ. މަވެސް ބަލާނަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް