ހުރިހާ ރަށަކަށް ބޭނުންވާނެ އެމްބިއުލާންސް ޖޫންމަހާއި ހަމައަށް ހަމަވާނެ: ނަސީމް

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސް މިއަހަރުގެ ޖޫން މަހާއި ހަމައަށް ހަމަވާނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މަކުނުދޫ ދާއިރާގެ ރަށްތަކަށް އެމްބިއުލާސް ލިބިފައި ނުވާތީ އެކަމާ ގުޅެގޮތުން އެ ދާއިރާގެ މެންބަރު މުހައްމަދު ރާއީ  ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ނަސީމް މިއަދު  މަޖިލީހުގައި ވިދާޅުވީ ކުދި ރަށްތަކަށް ބަލަންޖެހޭ ވަރަށް ބެލިފައި ނުވާކަމަށާ ނަމަވެސް މިފަހަރު އެހެން ނުވާނެކަމަށެވެ.

“ އަޅުގަނޑުމެން ހާއްސަގޮތެއްގައި މިހާރު   މިބަލަނީ ކުދިކުދި ރަށްތަކަކީ އެކެހެރި ވެފައި އޮންނަ ރަށްތަކެއް ނޫން ކަމަށް ބަލާ އެ ރަށްރަށަށް ދޭން ޖެހޭ ހިދުމަތްތައް އެހެނިހެން ރަށްރަށެކޭ ވެސް އެއްފަދައިން ދިއުން. މިފަހަރު މި އަންނަ އެމްބިއުލެންސް ޕްރޮގްރާމްގެ އެންމެ މަތީގައި އޮންނާނީ މަކުނުދޫ ދާއިރާ.“ ރާއީއަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ތާވަލް އޮތްގޮތުން އަންނަ މަހުގެ ތެރޭގައި އެންބިއުލާންސްތައް ލިބެން ފަށާނެކަމަށާ ޖޫން އަންނަން ވާއިރަށް ހުރިހާރަށެއްގައި އެމްބިއުލާންސް އޮންނާނެކަމަށެވެ.

“ މި އަހަރުގެ ޖޫން އަންނަންވާއިރަށް އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްބިއުލެންސް އޮންނާނެ“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެންބިއުލާންސް ބޭނުންވާ ރަށްތަކާއި އެންބިއުލާންސް ހަލާކުވެފައިވާ ރަށްތައް ދެނެގަނެވި އެންބިއުލާންސްތައް ލިބުމުން އެރަށްތަކަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އަވަސް ގޮތަކަށް އެންބިއުލާންސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވެސް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވިއެވެ.

Loading

One Response

  1. ސާބަހޭ މިނިސްޓަރު ނަސީމު. ނަމަވެސް އަމީނު ވެންޓިލޭޓަރު ގެންނަށް ހެދިހެން ފުރެންޑް ބަޔަކު ހޯދައިފާ އެޑްވާންސްކޮށް ފުލް ޕޭމަންޓް ނުދެއްވާތި. ޚިޔާނާތާ ދެކޮޅަށް މަސައްކަތް ފަށްޓަވާ! ޝުކުރިއްޔާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް